ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިން ގެންދިއުމަށް ރައީސް އޮފީހުން އެއްވެސް ޚަރަދެއްކޮށްފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ބުނެފިއެވެ.

މިއުވާން މިފަދައިން ވިދާޅުވެފައިވަނީ ބައެއް ނޫސްތަކުގައި މިފަދަ ވާހަކަތައް ދައްކަމުންދާތީ އެކަން ދޮގުކުރައްވަމުންނެވެ.

ރައީސްގެ ދަތުރުފުޅުގައި ބައެއް ނޫސްވެރިން ބައިވެރިވެފައިވާތީ މީޑިއާތަކުން ވަނީ ރައީސް އޮފީހުން ހަރަދު ކޮށްގެން ބައެއް މީޑިއާތަކުގެ ނޫސްވެރިން ބައިވެރިކޮށްފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.

އެކަމާއި ގުޅިގެން މިއުވާން ކުރެއްވި ޓުވިޓެއްގައި ބުނެފައިވަނީ އެއީ "ކަނޑައެޅިގެން ދޮގު ހަބަރެއް" ކަމަށާއި އެފަދަ ހަރަދެއް ރައީސް އޮފީހުން ކޮށްފައި ނުވާ ކަމަށެވެ.

"ރައީސް އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި ނޫސްވެރިން ގެންދިއުމަށް ރައީސް އޮފީހުން އެއްވެސް ހަރަދެއް ނުކުރޭ" މިއުވާން ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

ރައީސް އައްޑޫ އަށް ކުރައްވާ ދަތުރުފުޅުގައި އާދީއްތަ ވިލޭރޭ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑު ލޯ އެންފޯސްމަންޓުގެ 34 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެޑައިގަންނަވާނެއެވެ.

ރައީސް ސޯލިހްގެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ނަމަވެސް މިދަތުރުފުޅުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ކެމްޕޭން ބައްދަލުވުންތައް ބާއްވަވާ، އެމްޑީޕީގެ މެންބަރުންނާއި ވެސް ބައްދަލުކުރައްވާފައިވެއެވެ. ރައީސް އެންމެ ފަހުން އައްޑޫ އަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗް މަހުގައިއެވެ.

ރައީސް ސޯލިހް ވަނީ މީގެ ކުރިން ޕްރައިމަރީގެ ކެމްޕޭނަށް ނ.އަތޮޅާއި ރ.އަތޮޅާއި ބ.އަތޮޅު އަދި ޅ.އަތޮޅަށް ވެސް ވަޑައިގެންފައެވެ.

ރައީސް ނަޝީދު ވެސް ޕްރައިމަރީގެ ކެމްޕޭނަށް މި މަހުގެ 23 ވަނަ ދުވަހު އައްޑޫއަށް ވަޑައިގަތުމަށް ވަނީ ތާވަލް ކޮށްފައެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދު

    މިއުވާން ބުނިއްޔާ ތީވެސް ދޮގެއް. ތާއީދުނެތީމަ މާލެއިން އެތައްބަޔަކު ގޮވައިގެން ދިޔައީ. އައްޑޫ ރައްޔިތުން ކުރީ އިބޫއާއި ދެކޮޅަށް މުޒާހަރާ.

  2. ދިސްވޭ

    މަމެންގެ ހުރިހާ ރަމަލު ތަކުން ދައްކައިފިއޭ ކެނެރީގެ ނަޝީދު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރާނެ ކަން ރައީސް އިބޫ ފެކްޝަންގެ ޓީމް ޕެކް ކުރަންވީއޭ ގެއަށް ކަނޑާލަން ކެނެރީގެ ނަޝީދު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރާ ދުވަހުން ފެށިގެން މިހާރު އޮތް ކެބިނެޓް އެއްކޮށް ޖެހޭނީ ގެއަށް ކަނޑާލަން ސީދާ ކަން ކުރެވޭ ފެންވަރުގެ ގަޓް ހުރި މީހުން ލާނީ ކެބިނެޓަށް ދެން ކެބިނެޓަށް ލާނީ މާލޭގައި ތިބި ތަންދޮރު ދަންނަ މާލޭގައި ގެދޮރު ހުރި ގަދަރުވެރިން އެއިރުން ރައްޔިތުންނަށް ފައިދާ އެއް ވެގެންދާނީ...

  3. އަލިމުތް

    ނޯޓު ކޮށްފިން. ވެރިކަން ބަދަލުވީމަ ތެދު ދޮގު ބަލާނީ. ބަލާފަ ކަލޭމެން ކުރާ ކަހަލަ ދައުވާ ކުރާނީ.

  4. ސޯލޭ

    ކަލޭމެން ހަދާނެތަ ތެދެއް އަހަރު ފެށީ ރައްޔިތުންފެލައިގެން އެފައިސާ ތަޅާބުރުވަމުން ވެރިން މިއޮއްދުވެނަގަނީ ރައްޔިތުން ގުނބޯ ހައްދަމުން މިވަރުހެ ހަޔާތްކުޑަ ވެރިއެއް ދިވެހި ތާރިހުގަވެސް ނުފެންނާނެ

  5. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    މުޑުދާރު މިކަހަލަ ހުރިހާ ކަމެއް އިބޫ ލަދެއް ނެތި އެބަކުރެވެ! ސަރުކާރު ދަތުރެކޭ ކިޔާފަ އިބޫގެ ފޫބުޑުން ގެންދިޔަ އެންމެނަށް މަތިންދާ ބޯޓުން ޓިކެޓް ގަތީ ކޮން ތާކުންތޯ ބަލާ ސާފު ކުރާނަމެވެ. ސަރުކާރު ބަދަލުވީމާ މި ޝަރިއްޔަތް އިރާދަ ކުރެއްވިއްޔާ ބަލާނަމެވެ. މިހިރީ އަހަރުމެންގެ ޖީބުން އިބޫ ކުރާ ވައްކަމެވެ. ސަރުކާރު ދަތުރެއްވިއްޔާ އިބޫ ކެމްޕޭނު ކޮށްގެން ނުވާނެއެވެ.

    • މުބީނު

      އެމް.ޑީ.ޕީ ވެރިކަމަށް އައީ މިކަހަލަ ކަންކަން ނުކުރާނަމޭ ކިޔާފަ.