އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އައްޑޫ ރައީސް ސޯލިހަށް 70 އިންސައްތަ ވޯޓު ދިނުމަށް އައްޑޫގެ ރައްޔިތުންގެ ކިބައިން އެ ސިޓީގެ މެޔަރު އަލީ ނިޒާރު އެދިލައްވައިފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މެޔަރު ނިޒާރު ވިދާޅުވީ އައްޑޫއިން ރައީސްއަށް 70 އިންސައްތަ ދޭންވާނެ ކަމަށެވެ. އައްޑޫގެ ހުރިހާ ބޭފުޅުން މަސައްކަތް ކުރައްވައިގެން އާއިލާ އަދި ދަންނަ ގާތް ބޭފުޅުންގެ ވޯޓު ރައީސް ސޯލިހަށް ހޯދުމަށް މަސައްކަތް ކުރެއްވުމަށް އެދިލެއްވެވި އެވެ.

"އެތެރޭ މި އިންތިހާބު ނިމިގެންދާންވާނީ އެމްޑީޕީގެ ވެރިކަމަށް ދެމިއޮންނާނެ ގޮތަކަށް. ދެން އަޅުގަނޑުމެންގެ ނަތީޖާ ނެރެވޭ ގޮތަކުން އެމްޑީޕީއަށް ވެރިކަން ނުލިބި ހިނގައިދާނެ. މި އިންތިހާބަކީ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ލިބުމަށް އަޅުގަނޑުމެން ގޮތް ނިންމާ އިންތިހާބު. ކޮންމެ ކޮންމެ ގޮތެއް ނިންމައިގެން ރިޔާސީ އިންތިހާބު އަޅުގަނޑުމެނަށް ނުލިބޭނެ." މެޔަރު ނަޒީރު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން ވާދަވެރި އެހެން ޕާޓީތަކާއިއެކުގައި މަސައްކަތް ކުރުމުގެ ވިސްނުމާއި ފިކުރާއިއެކު ނިކުންނަ ކެނޑިޑޭޓަކަށް ކަމަށް ވެސް މެޔަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ތަޖުރިބާ ކުރެވުނީ ރާއްޖޭގެ އެހެން ފިކުރުތަކާއި އެކު ސަރުކާރާއި ގުޅުގެން ސަރުކާރައި އެކުގައި މަސައްކަތް ކުރެވޭނެކަން. އެ މިސާލު ރައީސް ސޯލިހް ވަނީ ދައްކަވާފައި،" މެޔަރު ވިދާޅުވިއެވެ.

އައްޑޫގެ ތަރައްގީގެ މަސައްކަތްތައް ނިންމުމަށް އަދި އިގްތިސޯދީ ތަރައްގީއަށްޓަކައި ރައީސްއާއިއެކު ހުރިހާ ބޭފުޅުން ވެސް އިތުރަށް މަސައްކަތް ކުރެއްވުމަށް މެޔަރު އިލްތިމާސް ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލާދީނީ އައުޓް

    އިބޫ އައްޑޫއަށް ދިޔައިމަ ތާއީދުކުރަން ނުދާ ބަޔަކު ވޯޓުލާން ދާނެތަ؟ އިބޫއަކަށް ތާއީދެއް ނެތް.

    20
  2. ވަރަށް ވާހަކަމީ

    ނިޒާރު ބުނެގެން ވޯޓްނުލާނެ ފުރަތަމަ އޭނަގެ އަންހިނުންވެސް..

    19
    • ފސ

      ނިޒާރުވެސް ނުލާނަމޭ މަގޭ ކާރީ ބުނެފި. އެކަމަކު ރައީސް ހައްދާލީމަ ނޫންހޭ އޭނާ ވޯޓްހޯދަން މީހުަނަށް ރިސްވަތު ދިނުމާއި ބޯކާލުން ހުއްޓާލާނީ އެހެންވެ ބުނެލިއެއްޗެކޯ

      9
      1
  3. ސދ

    އައްޑޫއިން ރައީސް ސޯލިހަށް 70 އިންސައްތަ ދިނުމަށް މެޔަރު ނިޔާޒު އެދިވަޑައިގަތަސް ރައްޔިތުން ބޭނުންވަނީ ސޯލިހަށް ސައްތައިން ސައްތަ ދިނުމަށެވެ. މިކަމާއި މޭޔަރު ހިތްފަޅައިގެން ދިއަޔަސް އެކަމާއި ކުރާނެ ކަމެއްނެތެވެ. ވޯޓަކީ ސިއްރުއެއްޗެއްކަންވެސް އައްޑޫރައްޔިތުންނަށް ވަނީ އެގިފައެވެ. އެހެންކަމުން ވޯޓްގުނާ ގަޑަށްނަގާއިރު ސޯލިހަށް އޮންނާނީ ރައްޔިތުންގެ ވައުދު ފެނި ފެންކަޅިވެފައެވެ. އަބަދު އައްޑޫމީހުންނަކީ ގަޅިން ކަމަށް ނަހަދާށެވެ. އައްޑޫމީހުން ލައްކަދުވަހު އާދެސާހިބާއޭ ކިޔަކިޔާ ތިބެފީމެވެ. އައްޑޫރައްޔިތުންގެ ހިއުސާސް ރައްޔިތުން މިފަހަރު ސަރުކާރަށް ދައްކާނީ ރިޔާސީ އިންތިހާބުގައި ލާ ސިއްރުވޯޓުންނެވެ.

    13
  4. ލޯބިވާ ވަޠަން

    ނިޒާރު ގެ އަންބޮނޑި ބޮޑުކުރަން އައްޑޫ މީހުން ވޯޓް ދޭންޖެހޭތަ؟ ކޮސްނުގޮވާ ކޮންމެ ވެސް އެހެން ކަމަކާ އުޅޭ. މިސަރުކާރު އައިސް އައްޑޫ މީހުންނަށް ޖެއްސި ހާލު ބަލާބަލަ. އޮތް ދެ ރިޒޯޓް ބަންދު. އެއަރ ޓިކެޓް އަގު އިންތިހާ. ބާނާ މަސްކޮޅު ނުކިރޭ. އިންފްލޭޝަނާ ޓެކްސް އަތް ނުފޯރާ ހިސާބަށް. ޤައުމު އަޅުވެތިކޮށްފި. ދަރަނި އޮތް ހިސާބު އަންދާސާ ވެސް ނުވޭ. ދެން ވޯޓް ދޭންވީ ކަމެއް ބުނެބަލަ.

    10
  5. އހ

    ވޯޓް ކައިރިވީމަ އައްޑޫ ރައްޔިތުން ހައްދަން ފެށީދޯ

    11