ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ދިމާކޮށް ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ކުރަމުން އަންނަ މުޒާހަރާ މިއަދު ވެސް ފަށައިފިއެވެ.

ޕީޕީއެމްގެ ބައެއް ސަޕޯޓަރުން މިއަދު މުޒާހަރާ ފަށާފައިވަނީ ހިތަދޫގައި ހުންނަ އައްޑޫ ނޭޗަރ ޕާކާއި ދިމާލުގައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ސޯލިހު ނޭޗަރ ޕާކަށް ވަޑައިގަތް ވަގުތު އެމަނިކުފާނުގެ އިސްތިއުފާއަށާއި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ.

ރައީސް ނޭޗަރ ޕާކަށް ވަޑައިގެންފައިވަނީ މެންދުރުގެ ފަރިއްކޮޅަށެވެ.

ޕީޕީއެމްގެ ސަޕޯޓަރުން ކުރަމުން އަންނަ މުޒާހަރާ އިއްޔ ވެސް ފޭދޫގައި ކޮށްފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލާފައެވެ. އިއްޔެގެ މުޒާހަރާގައ ވެސް ސަޕޯޓަރުން ދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ރައީސް ސޯލިހު އިސްތިއުފާ ދިނުމަށް ގޮވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއްޖެތެރެ

    އައްޑޫގަ އިންޑިޔާ ސިފައިންގެ މަރުކޮޒަކައް ހެދިޔަދީގެން ނުވާނެ. އައްޑޫ ރައްޔިތުން ނިކުންނަންޖެހޭ.

    7
    2
  2. އައްޑޫ ކޫދަ.

    އައްޑޫ ސިޓީ މިހިގަނީ ތަރައްޤީ ކެރާ. އައްޑޫ އެވިޔެސް ތާކި އިންޑިޔާގެ ސިފައިޔަކާ މެންނެތާ. އައްޑޫއެއްވިއެސް ބާކިޔެ ނިހިގަތާ ނުކުނަކައް. ވ.ސަލާމް...