މާލެ އިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ދ. މާއެނބޫދޫ / ފަރިމާވިލާ، ޙަސަން ރަމީޒް (34އ) އެވެ.

މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ޙަސަން ރަމީޒްގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ އޭނާ ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލެ އިން ކަމަށެވެ.

އޭނާ ފެނިފައިވާއިރު ހާލު ރަނގަޅުކަމަށާއި އާއިލާއާ ހަވާލުކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.