ފުލުހުންގެ ޚިދުމަތުގެ ފުރަތަމަ އަންހެން މާލިމީ، ސީނިއަރ ސަރޖަންޓް ސަންފާ އިބްރާހީމް ދީދީގެ ކާމިޔާބީ ފާހަގަކޮށް އަގުވަޒަންކުރަން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
އެކަމަށްޓަކައި ފުވައްމުލައް ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، ކޮމިޝަންޑު އޮފިސަރުން އަދި ފުވައްމުލައް ސިޓީ މޭޔަރ އިސްމާއީލް ރަފީޤް އާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
އެ ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންދޭ ހަނދާނީ ފިލާ، ސައުތު ޕޮލިސް ރީޖަންގެ ފަރާތުންދޭ ހަނދާނީ ލިޔުން، ފުވައްމުލައް ސިޓީ ކައުންސިލުންދޭ ހަނދާނީ ފިލާ އަދި ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހަނދާނީ ފިލާ ސަންފާ އިބްރާހީމް ދީދީއަށް ދީފައިވެއެވެ.
ފުވައްމުލައް ޕޮލިސް ސްޓޭޝަނުގެ ސީނިއަރ ސަރޖަންޓް ސަންފާ އިބްރާހީމް ދީދީއަކީ އިންޖީނުލީ ކަނޑުގެ އުޅަނދު ފަހަރު ދުއްވުމުގެ ލައިންސަންސް ހޯދައި، މާސިންގާ ކަނޑުތަކަށް ފުލުހުންގެ ޚިދުމަތުގައި ނުކުތް ފުރަތަމަ އަންހެން މާލިމީއެވެ.
![](https://vaguthu.mv/wp-content/uploads/2023/01/14-19a19044e8.jpg)
ސީނިއަރ ސަރޖަންޓް ސަންފާ އިބްރާހީމް ވަނީ 2022 ޖޫން 12 އިން 29 އަށް ކުރިއަށް ގެންދިޔަ ބޭސިކް ސީމެންޝިޕް ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށް ކަނޑު އުޅަނދު ދުއްވުމުގެ ލައިސަން ހޯދާފައެވެ.
މެރިން ޕޮލިހާއި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަދި ޖަޕާން ސަރުކާރު ގުޅިގެން ފުލުހުންނަށް ކުރިއަށްގެންދާ ބޭސިކް ސީމެންޝިޕް ކޯހަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ކަނޑުމަތީގެ އަމަލީ ހަރަކާތްތަކާއެކު ކުރިއަށް ގެންދާ ކޯހެކެވެ. އެގޮތުން، މެރިޓައިމް ލޯ، މެރިޓައިމް ބޯޑިންގ، މެރިޓައިމް ނެވިގޭޝަން، ބޯޓު ހޭންޑްލިންގ، ސަވައިވަލް އެންޑް ރެސްކިއު، އަދި ވެސަލް ޕޭސްޓިންގ ފަދަ ބައިތައް އުނގަންނައިދެއެވެ.
ސަންފާ އިބުރާީމް ދީދީގެ ކާމިޔާބީއަށް ހޫނު މަރުޙަބާއެއް ދަންނަވަން. ކަމަނާ ދިވެހި އަންހެނުން ފަޚުރުވެރިކުރުވައިފީމު. މާތްﷲ ކަމަނާއަށް އިތުރު ކާމިޔާބީތައްޙާޞިލްކުރުމުގެ ހެޔޮ ތަޥްފީޤު މިންވަރުކުރައްވައި މުސްތަޤްބަލް ރޯޝަންކުރައްވާށި. ޢާމީން...
ކިހާ ވަރަކުންދާނެބާ! ތިކަހަލަ ތާކުންތާކު ނުޖެހޭ މީސްމީހުން ހޮވަިގެން ގައުމުގެ އެއްވެސް ހަރުދަނާ ޕޮލިސިން އެއްނެތް، އަޅުގަޑުމެން އަބަދުވެސް މިއުޅެންޖެހެނީ ބޮރުވެރިކަމެއްގަ!، ރާއްޖޭގެ މިނިވަން މުވައްސަސާ އެކޭ ކިޔާފަ ބޮޑު ޕޮލިޓިކަލް ހާޔެއް ތީ!