ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާކަން މަޝްހޫރު ވިޔަފާރިވެރިޔާ އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑު މެމްބަރު އިބްރާހިމް ނޫރައްދީން ހާމަކޮށްފިއެވެ.

އިބްރާހިމް ނޫރައްދީން އެކަން ހާމަކޮށްފައިވަނީ މީސްމީޑިއާ މަންސައެއް ކަމަށްވާ ޓުވިޓާގައި ހިއްސާކުރި މެސެޖެއްގައެވެ.

އިބްރާހިމް ނޫރައްދީނުގެ އެ މެސެޖުގައި ބުނެފައިވަނީ ރާއްޖެއަށް ބޭނުން ވަނީ އަމާން ކަމާއި ހަމަޖެހުމާއި މަޝްވަރާ ކުރައްވާ އަދި ރޭވުންތެރި، ހަމަޖެހޭ ނިންމުން ނިންމާ ލީޑަރެއް ކަމަށެވެ.

އަދި މި އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެނޑިޑޭޓުން ވެސް އެނގޭތާ 30 އަހަރަށްވުރެ ގިނަ އަހަރު ވެއްޖެ ކަމަށާއި އެބޭފުޅުން ޑިމޮކްރަސީއަށްޓަކައި ކުރި މަސައްކަތުގައި އޭނާއާއި އޭނާގެ އާއިލާއިން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދީފައި ކަމަށް ނޫރައްދީން ވަނީ ވިދާޅުވެފައެވެ.

"[މިއަދު] ރާއްޖެއަށް ބޭނުން ވަނީ އަމާންކަމާއި ހަމަޖެހުމާއި މަޝްވަރާ ކުރައްވާ، ރޭވުންތެރި، ހަމަޖެހޭ ނިންމުން ނިންމާ ލީޑަރެއް. އަޅުގަނޑު މި ހުރީ އިބޫއާއެކު،" އިބްރާހިމް ނޫރައްދީން ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

އިބްރާހިމް ނޫރައްދީނަކީ ރާއްޖޭގައި އެންމެ ފަހުން ވެރިކަން ކުރެއްވި ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ރަސްގެފާނު ހަސަން ނޫރައްދީނުގެ ދަރިކަލުން އަމީރު މުހައްމަދު ނޫރައްދީންގެ ދަރިފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ގޯޔާ

    އިބޫ ސޯލިހުގެ ޅިއަނު އިބޫ ސޯލިހައް ތާއީދު ކުރުން ހައިރާނެއް ނުވޭ. އޭނާގެ ވިޔަފާރިތަކަށް ނުހައްގުން ފައިދާވާނީ އިބޫ ވެރިކަމުގަ ހުރެގެން.

    29
    1
  2. ކަހަބު

    މީނާގެ ދަރިންތައް ވަނީ ރައީސް.އޮފީހުގެ ބޮޑެތި މަގާމުތަކުގަ

    26
    1
  3. ސިއްކަ ނޫރައްދީން

    ތިޔާ މީހާ އިދެގެން އުޅެނީ ސިއްކަ ގެ މީހަކާ. އެގޭ މީހުންގެ ފިރިންނަށް ނޯންނާނެ އިތުރު ޗޮއިސެއް. ތިވެސް ލައްކަ ބައި އެޅޭ ގޮލައެއް. އަދި އެލިސްޓައް ތުރީއޭ ސިޔާމާ ބިގޭ އެޑުކޮއްލާ. ސިއްކަގޭ ޅިޔަން ގުރޫޕު އެއީ ސަރުކާރު ދައްވާ

    24
    2
  4. ދޫނޑިގަން

    މި ސިޔާސީ ގޮތުން ގުރާމެއްގެ ބަރުދަންވެސް ނެތް ސިއްކަ ފަޖުނާގެ ޅިޔަނެއް. ކަލޭ ދޭބަޔަ މަގައް

    20
    1
  5. އުގުރި

    ބޮޑު ލާރީގައި ހުނި ޖަހައިގެން ތިބި ފަގީރުން ދޯ ބޯޑު މެމްބަރު ކަމައް އައްޔަނުކޮށްފައި ތިވަނީ..

    19
    1
  6. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    މިއީ ފަޒްނާ ގެ ދައްތަ ޙަދީޖާ އާއި އިނދެގެން އުޅޭ މީހާ. މިއީ 19 ފުރާނަ މި ބިމަށް ޝަހީދު ކޮށް، ނޮވެމްބަރު ތިނެއް ގެނައި އިރު އެންމެ އިސްކޮށް ހުރި ސިއްކަ އަޙްމަދު މަނިކު އަށް ބަފާ ބެ ކިޔާ މީހެއް. މި ސިއްކަ އަކީ ފަޒްނާ ގެ ބައްޕަ. އިބޫ ގެ ބަފާ ބެ. މި އިބްރާހިމް ނޫރައްދީން އަކީ "ލާދީނީ" ސަބްރާ ގެ ބައްޕަ. "ލާދީނީ" އޭ މިބުނީ މި ސަބްރާ ވަނީ ހުކުރު ޙުތުބާ އަށް މަލާމާތް ކޮށް، ހުތުބާ އަށް "ހޮޓް ބާރ" ކިޔައިގެން ޓްވީޓް ކޮށްފަ. މާތްﷲ އިބޫގެ މި "ލާދީނީ" ބައިގަނޑުން ރާއްޖެ ސަލާމަތް ކޮށްދެއްވަ ވާންދޭވެ!

    36
    2
    • ގޯޔާ

      އާމީން

      11
    • މުބީނު

      ބާރ އަކީ ރާ ބޯ ތަންތަން. ހުކުރު ޙުތުބާ އާއި ބާރ އަކާއި އެއްވަރު ކުރުމަކީ ކުފުރުފުން. މިއީ އިބްރާހިމް ނޫރައްދީން ގެ ދަރި "ލާދީނީ" ސަބްރާ ކުރި ނުބައިވެންވާ ޢަމަލެއް.

  7. Anonymous

    އިބްރާޙިމް ނޫރައްދީން އަކީ އިބޫ ގެ އަންހެނުން ފަޒްނާ ގެ ދައްތަ، ޙަދީޖާ އަޙްމަދު (ޖީދު) ގެ ފިރިމީހާ. މިއީ "ލާދީނީ" ސަބްރާ އިބްރާޙިމް ނޫރައްދީން ގެ ބައްޕަ. މިގައުމުގެ "ލާދީނީ" އެމްޑީ ގްރޫޕުގައިވެސް ހިމެނޭ ސަބުރާ އަކީ ހުކުރު ޙުތުބާ އަށް "ހޮޓްބާރ" އޭ ކިޔައިގެން އިސްލާމްދީނަށް ފުރައްސާރަކުރާ އަންހެނެކެވެ. ސައުދީ އެރެބިއްޔާ ގައި ނޫންނަމަ އިންޑިއާ ގައިވިޔަސް ސަބްރާ ހުކުރު ޙުތުބާ އަށް "ހޮޓްބާރ" އޭ ގޮވާބަލަ. ޥާގޮތް އެނގިދާނެ މި ލާދީނީ އަށް ހިއްވަރުދޭ ގައުމުގައި ކަމެއްނުވިޔަސް، މި އިބްރާހިމް ނޫރައްދީންގެ ބަފާބެ (ސަބްރާގެ ކާފަ) އަކީ 19 މީހުން މި ލޮބުވެތި ފަސްގަނޑުން މަރާލުމުގައި ހިމެނޭ ނޮވެމްބަރު 3 ގެނައި މީހުންގެ އިސް މީހާ ސިއްކަ އަޙްމަދު މަނިކު. ރ.އިބޫގެވެސް ބަފާބެ. ޥައްސަލާމް#

    15
    1
  8. ހަފީޒް

    ނޫރަށްދީނުމެންނަކަށް އެހެންވީމާ ވިޔަފާރީގެ ދާއިރާގަ އެތަކެއް ޒަމާނެއްވީއިރުވެސް އިގްތިސޯދަކީ ކިހިނެތް ތަރައްގީކުރާ އެއްޗެއްކަމާއި އަދި އޭގެ ކުރިއެރުވުމަށް ބޭނުންވަނީ ކޮންކަހަލަ ލީޑާރޝިޕެއްކަން ފަހުމް ނުވިތާ. ބޭރުގައުމުތަކަށް ކިތަންމެ ދަތުރެއްކޮއް މުދާގަތަސް އަދި އިލްމުނެތިއްޔާ ހަގީގަތް ފަހުމެއް ނުވާނެ އަދި ހިކުމަތެެއްވެސް ނޭނގޭނެ ކަން މި ހާމަވަނީ. ބޮލެއް ހުރިއްޔާ ރަނގަޅަށް ސިސްޓަމެޓިކްކޮށް އަޅުވާކިޔާލަބަލަ ރައީސް ޔާމީންގެ 5 އަހަރާއި މި ނިމެމުން އަންނަ ފަސް އަހަރުގެ ދައުރާއި އަދި ގައުމަށް އައި ބަދަލާއި އިގްތިސޯދީ ދާއިރާތަކުގެ ކުރިއެރުމާއި މިނިވަންކަން އޮތް މިންވަރު. ދެންވެސް ނުވިސްނެންޏާ ދެން ބުނާނަވާހަކައެއް ނެތް، ނެތް ބުއްދިއެއް ކިހިނެތްތޯ އެހެންމީހަކަށް ލައިދެވެނީ. ރާއްޖެއަށް މިއަދު ބޭނުންވަނީ ހަގީގަތުގައިވެސް މެކްރޯއިކޮނޮމިކުސް ދަންނަ ސީޒަންޑު މޮޑާރން ބިޒްނަސްމަނުން.

  9. Anonymous

    ތި މަހުޖަނު ރ. އިބޫސާލިހުއާއި ގުޅުމަކީ އެމަނިކުފާނު އެއްވެސް ކަމަކަށް އިތުރު އޮށްޓަރެއް ލާނެކަމެއްކަމަށް ނުބެލެވޭ،، ތިޔައީ ކުރީސުރެންވެސް ގުޅިފައިވާ އާއިލާއެއް ނޫންތޯ،؟؟ ވީއިރު މިމައުލޫމާތު އިއުލާންކުރުމުގެ ބޭނުމެއްވެސް ނެތެއްނޫންތޯ؟؟

    12
  10. ރިޓައަމަންޓު

    މިކަލޭގެ އެއާޕޯޓު ބޯޑުގައި ވަކިހިއްޕައިގެން މުޅި އުމުރު އެހުންނަނީ. މިޔަކީ ރިޓައާ ކުރަން ވެސް ނުޖެހޭ މީހެއްތަ؟

    13
    • ރިޓައަ ކުރަންނުޖެހޭ ބޭފޫޅުން

      65 އަހަރު ވީމަ ރިޓައާ ކުރަން ޖެހޭނީ ނިކަމެތި އާއްމު ރައްޔިތު މީހާ. ކަޑާލާ އެއްލާ ލާނީވެސް އާދައިގެ މީހާ. އެއީ ސޯލިހު އެބުނާ ހަމަހަމަކަމަކީ. އެހެންވީމަ ނޫރައްދީން މުޅި އުމުރު ބޯޑެއްގެ ޗެއާމަންކަމުގައި ހިފާގަނެގެން އެހުންނަނީ. މިކަހަލަ ބޭޅުން ތިބޭނެ ދައުލަތުން މުޅި އުމުރު ކައިބޮއިގެން ދަރިންނަށްވެސް އޭގެ ފައިދާ ހޯދައިގެން.

  11. އިބޫ ނޫރައްދީނު

    ކޮންމެ މީހަކާއި އިނދެގެން އުޅުނަސް ވޯޓުދޭނީ އިބޫ އށް

  12. މުޙައްމަދު

    ބޭފުޅާއަށް މަޖުބޫރުވާނެ ތާއީދު ކުރަން. ނޫސްތަކުގެ ފަލަ ސުރުޚީ އަށް އަރަންވެގެން އެއްޗެކޭ ކިޔާލީ. ތިދެން ކާކު

  13. ޓައްޕު

    މާތް ސާހިބާ އަށް ފުރައްސާރަކުރުން ބަލައެއްނުގަނެވޭނެ ނުގަންނާނަން މާތް ނަބިއްޔާ ފަސްޓް

  14. Dhivehi ކޮރަކަލި

    މާތް ސާހިބާ އަށް ފުރައްސާރަކުރުން ބަލައެއްނުގަނެވޭނެ ނުގަންނާނަން މާތް ނަބިއްޔާ ފަސްޓް

  15. ނަނަނަ

    އެހެން ބަޔަކު ވެރިކަމުގަ ތިބުނަ ނުދީ އަމާންކަން ނަގާލާ ބަޔަކީ އެމްޑީޕީ..

  16. ޙަަަހަ

    މީދެންކޮންކަމެއް ، ބޮޑެތި ކުންފުނިތަކުގެ ވެރިން ވަކިއަތަކަށް ޖެހުނީ ކަމަކުނުދޭ

  17. ޒިންދަގީ

    ތިޔާ ހަމަ ސީދާ ސިއްކަ ފަޒުނާ ސޯލިހަށް ތާއިދުކުރުން ކަހަލަ ކަމެއް. ހީހީހީ ހަލާކު

  18. އއ

    0 ޓޯލްރެންސްގެ ޅިޔަން 0 ވެލއު ހިޔަޅު.

  19. Anonymous

    އަސްލު ވެރިކަން ކުރާ ބަޔަކީ މިމީހުން، މިރާއްޖޭގައި ފައިސާކޮޅެއް ލިބޭ ދޮރެއް ހުރިއްޔާ މިގޭ މީހަކު ހުންނާނެ !