މުއުމިނެއްގެ ގަޔަށް ދެފަހަރު ކަށި ނުޖެހޭނެ ކަމަށް ވިދާޅުވެ ކުރީގެ ޓްއަރިޒަމް މިނިސްޓަރ މަރިޔަމް ޒުލްފާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ކުރަން ނިންމައިފިއެވެ.

ޒުލްފާ މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ހަނދާންކުރަންވީ ހަމަ އެންމެ ކަތި ފިޔަވަޅަކުން ޕާޓީ މަގުމަތިވެ ހަތް އަހަރު އަނިޔާވެެރި ބިރުވެރި ދުވަސްތައް ތަޖުރިބާކުރަން ޖެހުުނުކަން ކަމަށެވެ. "އެކަން އޯކޭ އެއްނޫން. އެކަން ތަކުރާރުވާކަށްވެސް ނޭދެން. އެއް ހަރަކުން މުޢުމިނެއްގެ ގަޔަށް ދެފަހަރަކު ކަށްޓެއް ނުޖަހާނެ." ޒުލްފާ ވިދާޅުވިއެވެ.

ޒުލްފާ ޓްއަރިޒަމް މިނިސްޓަރ ކަން ކުރެއްވީ ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ނޮވެމްބަރ 07 ވަނަ ދުވަހުން ފެށިގެން 2012 ފެބްރުއަރީ 07 ވަނަ ދުވަހު ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދިނުމާއި ހަމައަށެވެ. ޒުލްފާ އަކީ ރާއްޖޭގެ ޓްއަރިޒަމް މިނިސްޓަރ ކަން މިހާތަނަށް ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއިދު ކުރާކަން ޒުލްފާ އިއުލާން ކުރިއިރު އޭނާ ވަނީ ފަހަކަށް އައިސް ނަޝީދުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ދިނުން އެއީ ނަޝީދު ރަނގަޅަށް ކުރެއްވި ކަމެއް ނޫންކަމަށް ޒުލްފާ ވިދާޅުވެފައި ވެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބު ގާތްވަމުން އަންނައިރު އެމްޑީޕީގައި ކުރިން އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުން ގެންދަވަނީ އެބޭފުޅުން ތާއިދު ކުރައްވާ ކެންޑިޑޭޓް ހާމަކޮށް މީސް މީޑިއާގައި އެންޑޯސް ކުރައްވަމުންނެވެ.

އެމްޑީޕީގެ ހަރަކާތްތަކުން ކުރިން އިސްކޮށް އުޅުއްވި މުއާދް މުހައްމަދު ޒަކީ ވެސް މިއަދު ވަނީ އޭނާ ނަޝީދަށް ތާއިދު ކުރާކަން ހާމަކޮށްފައެވެ. މުއާދް އަކީ ނަޒާކީ ޒަކީގެ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކަށި

    މާ ބޮޑަށް މުއުމިނެއްކަން ދައްކަން އުޅެންޔާ އައުރަ ނުވާކޮއްލަން ވީނު ޒުލްފާ ފުރަތަމަ؟

    49
    2
    • ކިނބޫ

      އޭނަ އިދެގެން އުޅެނީ ކޮންމެސްވެސް ރޯޔަލު ޗޯރު އާއިލާގެ މީހަކަށް ކަމަށްވަނީ އެވާނެތަ ރަގަޅު؟

      • ފަގުޑި

        އެހެންނޫނަސް މި ސިޔާސީ ގޮތުން ގުރާމެއްވެސް ހަމަ ނުވާ މީހެއް.

  2. މުއާޒު

    ބަލަ ޒުލްފާ އަކީ ސޯލިހުގެ ކޮއްކޮ އަކާއި ކައިވެނިކޮށްގެން ހުރި މީހެއް. ވަޒީރުކަންލިބުނީވެސް އެހެންވެ. އެއްވެސް އުރަތްޕެއް ހުރެގެންނެއްނޫން.

    46
    2
    • އައުޓް

      އަސްލުވެސް ކަމެެއްނެތް މީހެއް

  3. ޖަލީލު

    "އެއް ހަރަކުން މުއުމިނެއްގެ ގަޔަށް ދެފަހަރަކު ކަށްޓެއް ނުޖަހާނެ" އޭ ބުނިއިރު، މުއުމިން އަންހެނުންގެ ޢައުރައަކީ ކޮބައިކަން އެނގޭބާ؟

    44
    3
  4. އއ

    ހާދަ މުސްލިމް ވަންތަކަން ހުރި އަންހެނެއްތީ!!!

    29
    1
  5. އަލިމުތް

    ރައީސް ކަހަލަ ގަމާރަކު ވެރިކަމަށް ނެގެނެވިގެން ތިއުޅެނީ ކައްޓޭ ފަޅޮލޭ ކިޔާފަ ކިތަށް ތަނުން ކެވޭނެ ކަމަށްތަ؟

    31
    • ހައްޗޭ

      ދެން ފެއިލްވެ އިސްތިއުފާދިން ނަޝީދުތަ؟

      5
      1
  6. މުބީނު މާރނީ

    ސަރުކާރަށް އެތައް ދުވަހަކު ޙިދުމަތް ކުރެއްވި ފަހުން ޒުލްފާ އަށް މިނިސްޓަރުކަން ލިބިވަޑައިގަތީ. އޭރުގެ ރައީސް ކަމަށްވާ ރައީސް މައުމޫނުގެ ސްޕެޝަލް އެޑްވައިޒަރ އަކަށް ވެސް 5 އަހަރު ހުންނެވި. ޒުލްފާ އަކީ ސްކޫލް ގައި ވެސް ލީޑަރެއް. 3 އޮފީހެއްގެ ޑިރެކްޓަރ ކަން ކުރެއްވި ވަޒީރުކަން ލިބިވަޑައި ގަތުމުގެ ކުރިން. ޒުލްފާ ވަނީ ޤާނޫނީ ދާއިރާއިން މާސްޓަރސް ހައްދަވާ ޕީ.އެޗް.ޑީ ޤާނޫނީ ދާއިރާ އިން ޕީ.އެޗް.ޑީ ހައްދަވާފަ. ވަޒީރުކަން ލިބިވަޑައިގަތުމުގެ ކުރިން އެސް.ޓީ.އޯ ގެ މަތީ މަޤާމެއް އަދާކުރެއްވި. ދެން ތިޔަ ކިޔަނީ ކޮން އުރަތްޕެއްގެ ވާހަކަ؟ ޒުލްފާ އަކީ ރައީސްކަން ކުރައްވާ ފަދަ ޝަޙްސިއްޔަތެއް.

    5
    13
    • ކަމަނަ

      ޢުރައްޕެއްގެ ވާހަކަ ދައްކާ ކަން ނެތިން މުއުމިނެއްގެ ސިފައެއް ބޭރުފުށަކުން ނުފެނޭ އަންނިގޮތަށް ހިނދުކޮޅުވެސް އަންނަ ކަމަށް ބުނާތީ އިވޭ

  7. ނަމަ

    ޒުލްފާ ރައީސް ސޯލިހް ފަޅީގަ ކަށި ނުހުންނަނީތަ އަނެއްކާ

    11
    1
    • ޝާފީ

      ސްޕެޝަލް އެޑްވައިޒަރ އަކީ ޙާއްސަ ލަފާދޭ މުޝީރު

  8. އަހްމަދު

    މުއުމިނަކު އައުރަ ނިވާކޮށް ނޫޅޭނެ. ބޯއިކަޓް ހަދާދެން ނޫޅޭނެ. ދޭއް ކީއްކުރަން ތިންހަތަރުފަހަރުވެސް ތިޔަބައިމީހުންގާ އެއްހަރުން ކަށިޖަހާނެ. އެއީ މުއުމިނުންނަށް ނުވާތީ.

    8
    1
  9. ފިޔަވަޅު

    މީދެން އެވަރު ބައެއްތަ .
    މިމީހުން ތާއީދު ލިބުނީމާ އެއޮތީ ހޮވިފަ ބާއޭ ހިތްއް އަރަ

    10
  10. މަބޭ

    ދާދި ފަހަކުން އައްޑޫގަ އިންޑިއާސިފައިން ތިބެގެން އެކަމާ ނުރުހުންވެ ސޯސަލްމީޑިއާގަ ވަރައްއެކްޓިވްކޮއް އުޅުއްވި މީހާރު އައްޑޫއިން އިންޑިިއާސިފައިން ފޭބީތޯ

    13
    1
  11. ކާލި

    މީނާގެ އަންހެންދަރި ސިފައިންގެ އޮފިސަރެއް

  12. 9854

    ހުރިހާ ބޮޑުން އިބޫއަށް. ހުރިހާ ނިކަމެއްތިން އަންނި ފަޅިއަށް. ސަޅި ނިންމުމެއް

  13. ޙަސަން

    ރަނގަޅު.. މުއުމިނެއް ގަޔަށެވެ. މުއުމިނުންގެ ސިފަތައް ޢެނގޭތަ?

  14. މުބީނު މާރނީ

    (1) ދުނިޔެއަށް އުފަން ކުރެއްވި އެންމެ މާތް އިންސާނާ ގެ ދުޝްމަނުން ނުވަތަ ހޭޓަރުން މަދެއް ނޫން. ތިޔައީ އެފަދަ ހޭޓަރެއް. ހޭޓަރުން ދައްކާނީ އަބަދުވެސް ނެގެޓިވް ވާހަކަ. ތިޔައީ އެފަދަ މީހެއް. (2) ﷲ ކޮންމެ މީހެއްގެ ހިތް ވެސް ބައްލަވާނީ. ތިމާމީހާގެ އުޙުތަށް، ފިލާ އޮވެ އެއްޗެހިޔާނީ މުނާފިޤުން. މުނާފިޤުންނަކީ ރަނގަޅު މީހެއް ކަމަށް ހެދިގެން އުޅޭ މީހުން. ކަލޭ ތިޔަ ފިލާ އޮވެ، ނުބައި ނަމެއްގައި އެއްޗެހި ކިޔަނީ. ޒުލްފާ ޓްވީޓް ކުރެއްވީ އަމިއްލަފުޅު ޓްވީޓަރުން. ނަމާއި ހުރިހާ ވަނަވަރު ޖައްސަވާފަ. ކަލެއަކަށް އެވަރުވެސް ނުވި. ޒުލްފާ އަކީ ޙިދުމަތްތެރިއެއް. (3) ބޭރުފުށުން ޢިޔާޒު ވެސް ޖަހަނީ މޫމިނެއްގެ ފާޑު. އެކަމަކު އޭނާ އުޅެނީ ސިޔާސީ ވެގެން. ކަލެއަށް މޫމިނެއްގެ ފާޑު ޖަހާނީ މުނާފިޤުންގެ ބޭރުފުށުން!!!

    • މުބީނު

      މި ކޮމެންޓް އަކީ މަތީގައިވާ "ކަމަނަ" އަށް ދީފައިވާ ޖަވާބެއް.