ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލުތައް ޑްރާފްޓްކުރުމުގެ ގާބިލު ކަމެއް ބަންޑާރަ ނައިބު ރިފްއަތު އިބްރާހިމްގެ ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލިސް ހުޅުވުމާއި އަދި މަޖިލިސް ކުރިއަށް ގެންދިއުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮންމެ ދައުރަކަށް ވެސް ލެޖިސްލޭޓިވް އެޖެންޑާއެއް ލިބޭ ކަމަށާއި އަދި ހާއްސަކޮށް ސަރުކާރުން ފޮނުވާ ލެޖިސްލޭޓިވް އެޖެންޑާއެއް އޮންނާނެ ކަމަށެވެ.

ނަމަވެސް މަޖިލީހަށް ހުށަހަޅާ ބިލުތަކަށް ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ މި 2019 ގައި ފުށު އަރައިގެން އަޅުގަނޑު ވަނީ ދޫކޮށްލައިފައި. ބަންޑާރަ ނައިބު ވިދާާޅުވީ ބަންޑާރަ ނައިބޭ ބިލުތައް ޑްރާފްޓް ކުރައްވާނީ. މަޖިލީހަކުން ނޫނޭ އަދި ޕާޓީއަކުން ވެސް ނޫނޭ. ނަމަވެސް މަޖިލީހުގައި ބޮޑު ސިންގާ ކެޕޭސިޓީއެއް އެބައޮތް ބިލް ޑްރާާފްޓް ކުރުމުގެ ބަންޑާރަ ނައިބުގެ ހަގީގަތުގައި ނުވެސް ނެތް އެ ކެޕޭސިޓީ." ނަޝީދު ވިދާޅުވިއެވެ.

"އަދި ޑްރާފްޓު ކުރައްވައިގެން ގެންނަވާއިރުގައި ވެސް އެތައް ފަހަރަކު މިއިން ކޮންމެ ބިލެއް އެތައް ގޮތަކަށް އެބަ ހަދަން ޖެހޭ. އަދި އެކި އެކި ކޮމިޓީތަކުގައި ބިލުތައް އެބަ ބަހައްޓަން ޖެހޭ، މި ކުރިއަށް ނުގެންދެވިގެން ބިލް ޑްރާފްޓުކޮށްފައި އޮތް ގޮތުގެ ސަބަބުން،" ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް މަޖިލީހުގެ ކޮންޓްރޯލް ނެންގެވުމުގެ ބޭނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ނިޒާމް ގަޑުބަޑުކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މިހިރީ މިގައުމުގެ ބަންޑާރަ ނާއިބުގެ ފެންވަރ، ގައުމުގެ އެއްމެ ހަރުދަނާވާންޖެހޭ އެއްމުވައްސަސާގެ ކާލަތު ރ މަޖިލިސް ރައީސުގެ ދުލުން އެވިދާޅުވީ ހަގީގަތް، ދެން އަދުލު އިންސާފޭ ނުކިޔަމާ!!

    14
    3
  2. Anonymous

    މިހިރީ މިގައުމުގެ ބަންޑާރަ ނާއިބުގެ ފެންވަރ، ގައުމުގެ އެއްމެ ހަރުދަނާވާންޖެހޭ އެއްމުވައްސަސާގެ ކާލަތު ރ މަޖިލިސް ރައީސުގެ ދުލުން އެވިދާޅުވީ ހަގީގަތް، ދެން އަދުލު އިންސާފޭ ނުކިޔަމާ!! ރޯނުއެދުރު ސަރުކާރު އުތެ؟؟

    16
    2
  3. ބޭވަފާ

    ރައީސް ނަޝީދު މި ބުނުއްވީ ހަމަ ހަގީީގީ ތެދުވާހަކައެއް، މިއީ ނެތް ފެންވަރު އަނގައިން ދައްކައިގެން ކާން ދިންމީހާ އަތުގަ ދަތް އެޅިބައި ގަނޑެއް ، މީނަޔާ ރިސޯޓް ކުދިން ނައިޓައް ފޮނުވިމީހާޔާ، ލަދުގެ ކަންފުޅެއްވެސް ނެތް މިބައިގަޑުގެ، މި މީހުން ހަމަ ބިމައް ތިރިވާތަން ބަލަން ވަރައްބޭނުން

    16
  4. ހުސޭނުބޭ

    ކަލޭެމންގެ އަމިއްލަ ސަރުކާރަށް އަމިއްލައަށް ތި މަލާމާތްކުރާނެ. ނަޝީދު ބުނާނެ ކޮންމެވެސް އެއްޗަކަށް ފައިން އެރޭވާހަކަ. މިހާރު ތިއޮތީ އެހެން ވެފައި

    12
    1
  5. އަންނަނީ

    ހިންނަވަރު 100 ހައުސިންގް ޔުނިޓްސް ނިމިއްޖެތޭ ފެށިއްޖެ އަންނަނީ އަންނަނީ އަންނަނީ އަންނަނީ ގިރާވަރު ފަޅު ހިއްކަން ފެށިއްޖެތޭ ޖިންނިން ތަކެއް އަލިހުރަސް ކަނޑުގެ އަޑިން ފަސް ނަގައިގެން އައިސް ގިރާވަރު ހިއްކަން އަންނަނީ އަންނަނީ އަންނަނީ އަންނަނީ ގިރާވަރުން ގޯތި ދޭން ގިރާވަރު ކަނޑުން ދެޔޯ އަރައިގެން އަންނަނީ އަންނަނީ އަންނަނީ އަންނަނީ....

    10
  6. މޫ ކައޮ

    ވަރަށް ރަނގަޅު ވާހަކައެއް