ލ.އަތޮޅުގައި ތިން ކޯޒްވޭއެއް އަޅައި ފަސް ރަށެއް ގުޅާލުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލު ކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފަރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ.

މި މަޝްރޫއުގެ ދަށު ހިތަދޫ، މެންދޫ އަދި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލާނެ އެވެ. މި މަޝްރޫއުގެ ދަށުން 390 މީޓަރަށް ރިވެންޓްމެންޓް ޖެހުމާއި ހިތަދޫން މެންދޫއަށް ބްރިޖް އެޅުމާއި މެންދޫއިން ކުނަހަންދޫއަށް ބްރިޖް އެޅުމާއި 714 މީޓަރަށް މަގު ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.

މި މަސައްކަތް ނިންމަން ޖެހެނީ 500 ދުވަހުގެ ތެރޭގަ އެވެ. މިއީ 81،222،471.36 ރުފިޔާގެ މަޝްރޫއެކެވެ.

އޭގެ އިތުރުން ކަލައިދޫ އާއި ދަނބިދޫ ވެސް ކޯޒްވޭއަކުން ގުޅާލާނެ އެވެ.

މި މަޝްރޫގެ ދަށުން 271 މީޓަރަށް ރިވެޓްމެންޓް ޖެހުމާއި ކަލައިދޫއިން ދަބިދޫއަށް ތިން ބްރިޖް އެޅުމާއި 85 މީޓަރަށް މަގު ހެދުމުގެ މަސައްކަތް ހިމެނެ އެވެ.

އެމްޓީސީސީއާއި މި މަޝްރޫއު ހަވާލުކުރީ 550 ދުވަހުގެ ތެރޭގައި ނިންމާށެވެ. މިއީ 155،941،090.92 ރުފިޔާގެ މަޝްރޫއެކެވެ.

ހިތަދޫ، މެންދޫ އަދި ކުނަހަންދޫ ގުޅުވާލުމާއި ކަލައިދޫ އާއި ދަނބިދޫ ގުޅުވާލުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ދަޅަފަށެއް އެބަ ދައްކާތާ! 4 އަހަރު ނިމިގެންދިޔައިރު ރޭކާވެސް ނުލާހުރިކަންކަން މިހިރަ ފާޅުވަނީ! ދަޅަދެއްކިޔަސް ރައްޔިތުން ދެން ނުގުޑާނެ! ޢިމްރާނުގެ ޕޮލިސީކަންނޭގެ މިކަލޭގެ މި ހިންގަނީ! ދުވަސްކޮޅަކުން އަލުން ވަޅުޖަހާނެ! ރައްޔިތުން މިތިބީ ހޭލާހެއްޔެވެ؟

    19
    1
  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ކޯޒްވޭ އަޅާ ގަތާލިޔަސް އަހަރުމެން މިތިބީ ރައީސް ޔާމީނުގެ ދިފާއުގަ ކެނެރީގެ ނަޝީދު ފަހަތުގައެވެ.

    13
    2
  3. އަހްމަދު

    ދެކޮމެންޑު ގުޅާލިހެން ތިޔަރައްތައްވެސް މިފަހަރުގުޅާލާނެ އެމްޑީޕީކުދިން ނުކުމެ ނަޝީދުއައް ވޯޓުއަޅާ ފޮށިތައްފުރާލާ

    11
    1
  4. މަބޭ

    ތިޔަގޮތައް 2 ކޮމަންޑުވެސް ގުޅާލީ ބިއްލޫރި ބްރިޖަކުން އެމްޑީޕީއައްއިންގޭ ދިވެހިންނަކީ ޖަހާހާބެރަކައް ނަށާބައެއްކަން

    21
    2
    • ކިނބޫ

      ސަތޭކައިގެ ކޮމެންޓެއް

      11
      1
  5. ޢަލީ

    މިފަަހަރު ސޭކުސްތާންގެ ރައްޔިތުންނަށް އޮތީ ދައުރުނިމެން 3 ދުވަހަށްވީމަ ކޯޒްވޭ އެޅުމުގެ މަޝްރޫތަކާއި ގޭދޮށު މަސްފެކްޓުރީ އެޅުމުގެ މަޝްރޫއާއި ޓާޝަރީ ހިސްޕިޓަލްއެޅުމުގެ މަޝްރޫތަކުގެ މުބާރާތެެކެވެ.

  6. ޢަލީ

    ކޯޒްވޭ އެޅުމަކީ އެެހީ ހިއްކުން. އެކަން ކުރެވިދާނެ 10 ދުވަހުންވެސް.އެކަމަކު ކޯޒްވޭމަތީގައި ދަތުރުކުރެވޭނެ ސޭފް މަގުތަކެއް 2 ދުވަހަކުން ނުނިމޭނެ. ދެން ގޮސް ޑުރެޖަރުގަނޑުން ފަސްކޮޅެއް އަޅާފަ ލޯޑަރުން ގުޅުވާލާ.

  7. ލ.މީހެއް

    ހިތަދޫ، މެންދޫ އަދި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އެއްވެސް މަންފާއެއް ހިތަދޫ، އަދި ކުނަހަންދޫގެ އެއްވެސް ރައްޔިތަކަށް ވާނެތަ... ؟؟ އެހެން މި ބުނެލީ އެ ދެ ރަށުންކުރެ އެއްވެސް އެއްރަށެއްގެ މީހުން އަނެއް ރަށެއްގެ މީހުންގެ ކިބައިން ހޯދާ އިޤްތިޞާދީ އަދި އިޖްތިމާޢީ އެއްވެސް މަންފާއެއް ނޯންނާތީ... އިޤްތިޞާދީ އެއްވެސް މަންފާއެއް ނުކުރާ ބޭކާރު ކަމެއްތީ!

  8. ގަބުޅިބާދަލާ

    ނަންވާނީ މައުމޫނު. ވޯޓަށް ކަޑަޖަހާތީ ޖޯކުޖެހިމިުހންގެ ހާލުމާބޮޑު.މައުމޫނަށްހަޖޫޖަހާފަމިމީހުން މިކުރަނީ ވަކިތަފާތުކަމެއްތަ.ލަދުކޮބައިތޭ.ފެއިލްޑޑސްޓޭޓް.

  9. ނާމް

    މިދުވަސްކޮޅަކީ ވޯޓަށްޓަކައި ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަމުންދާ ދުވަސްވަރެކެވެ. ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓް ހޯދާއިރު ބައިތުލްމާލަށް ކަތާވަރަށް ނޫނީ ކަންތައް ނުވާނެކަން ރައްޔިތުންނަށް އެނގެންޖެހޭނެ.މިރާއްޖޭގެ ބައިތުލްމާލުގައި ތިކުރާވަރެއްނެތް. ރައްޔިތުން މޮޔަނަހައްދާ.ކުރީފަހަރުތަކުގައި ވެސް ވެރިކަމަށް އަންނަނަްވެގެން ކަޑަ ޖެހިކަޑަޖެހުންތައް އަދިވެސް އެތިބީ ތިބި ތަންތާގައި.