ރާހުލް އާއި އާތިޔާ ޝެޓީގެ ކައިވެނި މިއަދު ހަވީރު އޮންނާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފިއެވެ.

ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ ތަރިން ކައިވެނި ކުރާނީ ސުނިލް ޝެޓީގެ ކަންޑާލާ ބަގޮލޯގައެވެ. ކައިވެންޏަށް އެ ތަން ރީތިކޮށްފައިވާ ބައެއް މަންޒަރުތައް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ދެ ތަރިން ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ޖަހާއިރުއެވެ. އަދި ކައިވެންޏަށް ފަހުގައި 6:30 ގައި އެ މީހުން ޕަޕަރާޒީންނާ ބައްދަލުކުރާނެއެވެ.

އަދި އޭގެ ފަހުން މިރޭ އާއިލާ އާއި ރަހުމަތްތެރިނާއިއެކުގައި ބޮޑު ޕާޓީއެއް އޮންނާނެ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ކައިވެންޏަށް ފަހު އާތިޔާ އާއި ރާހުލް ދިރިއުޅުން ބަދަލުކުރާނީ މުމްބާއީގެ ޕްލަސް ޕާލީގައި ހުންނަ ސަންދު ޕެލަސް ނަމަކަށް ކިޔާ އިމާރާތަކަށެވެ. އެ އިމާރާތުގެ ފިނިޝިންގ މަސައްކަތް އަދިވެސް މުޅިން ނުނިމޭ ކަމަށް ވެއެވެ.

މި ދެ ފަންނާނުން ރައްޓެހިވެގެން އުޅޭތާ ތިން އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާއިރު، އެ ދެމީހުންގެ ގުޅުން ރަސްމީކޮށް ހާމަކުރީ އަހަން ޝެޓީގެ ފުރަތަމަ ފިލްމު "ތާޑާޕް" ޕްރިމިއަރ ކުރި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އސސ

    ސައި އޮވޭތަ