ހަތަރު ރަށެއްގައި އެއާޕޯޓު އަޅަން ބިން ހިއްކަން ހުޅުވާލި ބީލަމަށް ތިން ބީލަމެއް ހުށަހަޅައިފި އެވެ.

ހަތަރު ރަށެއް ހިއްކައިގެން އެއާޕޯޓް އަޅަން ބީލަން ހުޅުވާލީ މިިދިޔަ އަންގާރަ ދުވަހު އެވެ. އެއީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުއްޓެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ހަތަރު ރަށަށް ތިން ބީލަމެއް ހުށަހެޅި ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެ ބީލަންތައް ދިރާސާ ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އެ ރަށްތަކުގައި އެއާޕޯޓް އަޅަން މީގެ ކުރިން ވެސް އެތައް ފަހަރަކު ބީލަމަށް ލައިފައި ވެއެވެ. އެހެން ނަމަވެސް އެ މަޝްރޫއުތައް އަދިވެސް އޮތީ ނުފެށި އެވެ.

އޭގެ ތެރޭގައި ހިމެނޭ ތުޅާދޫގެ އެއާޕޯޓް އަޅަން ދެ ހަފްތާގެ ތެރޭގައި ހަވާލު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި މަހު ކުރީކޮޅު ވިދާޅުވި އެވެ. ނަމަވެސް އަދިވެސް އެކަން ހަވާލެއް ނުކުރެއެވެ.

އެ އެއާޕޯޓްތައް ނުފަށާތީ އެ ދާއިރާގެ މަޖިލިސް މެމްބަރު ވެސް ކިތަންމެ ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެ އެއާޕޯޓްތައް އެޅުމަށް ހޭދަވާނެ ކަމަށް އަންދާޒާކުރާ ފައިސާގެ އަދަދުވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު، ބިލެތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު އަދި ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހޯރަ

    އޭދަފުށި ނެއްތަ؟ ހާދަ ދެރައޭ

    2
    2
  2. ރުފިޔާގެ އަޑު

    ޑޮލަރުން ފައިސާގެ ޢަދަދުތައް ހާމަކުރުން ކޮންކަހަލަ ކަމެއްތޯ ތި ކުރަނީ

  3. ގަލަން ތުނޑު

    ދެން ބޯޓު ދުއްވާނީ ފަންގިވިންނަހެން ދޯ

  4. ހަނދޭއްގިރި

    ދައުލަތުގެ ފައިސާ ވަކިބައެއްގެ މަންފާއަށް ހޭދަކުރުން ގޯސް މިހާރުވެސް ތ-އަތޮޅު ތިމަރަ ފުށީގަ އެއާޕޯޓެއް އޮވޭ ހަފްތާއަކު އެއް ފްލައިޓު ނުބޭއްވޭ އެއާޕޯޓެއް ނެތް ކިތަންމެ އަތޮޅެއް އެބައޮތް ވޯޓުލާ އިރު މިކަހަލަ ކަންކަމަށް ރައްޔަތުން ވިސްނަވާ

  5. އާދަނު

    ޚިޔާލީ ފޮލާ! ރައްޔިތުްނަނަށް ދައްކާ ހުވަފެން! ވޯޓަށް ޖަހާ ފިލި!@ ބުއްދި ޚަރާބު މީހުންގެ ގަޅިހެއްދުން

  6. ހަކުރުބޭ

    ކަޑަޖެހުން