ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ނަންތައް އިއުލާން ކުރި ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށްފަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރއިން މުރާޖާ ކޮށްފައިވާ ލިސްޓް އާއްމު ކޮށްފިއެވެ.

މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންގެ ލިސްޓް
މާލޭގައި ރަޖިސްޓްރީ ވެފައިވާ 15 އަހަރު ވެފައިވާ މީހުންގެ ލިސްޓް

އެޗްޑީސީ އިން ދެންމެ ކުރި އިއުލާނެއްގައި ބުނީ މިއަދު އިއުލާން ކުރި ލިސްޓްގައި ސީލައިފް، ޚިޔާ، އަދި ގުޅިފަޅު ކެޓެގަރީގެ އެއްވެސް ފަރާތެއް ނުހިމެނޭނެކަމަށާއި މި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި-އެޕްލިކަންޓް އދި ކޯ-އެޕްލިކަންޓް ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށްދެވެނީ އެންމެ ފޯމަކާއި އެކުއި ކަމަށެވެ. ދެމަފިރިން ވަކިން ފޯމު ހުށާހަޅާފައި ވީނަމަވެސް، އެފަދަ ފަރާތްތަކަށް ދެވޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުސަތު ކަމަށް އިއުލާންގައި ވެއެވެ. އެހެންކަމުން، މި ފަރާތްތަކަށް މިކަން ހައްލުކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމުގައި ވެސް އިއުލާންގައި ވެއެވެ.

ވިނަރެސް ހައުސިންގ މަޝްރޫއުއިން އެޕާރޓްމަންޓް ގަތުމުގެ ދެންކުރިއަށް އޮތް މަރުހަލާއަކި، އާންމު އުސޫލުގެ ދަށުން އަލަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ މާލީ ގާބިލިއްޔަތުކަން ބެލުމަށް ބޭނުންވާ ލިޔެކިޔުންތައް ހާމަކުރުމުގެ މަރުހަލާކަމަށް ވެސް އެޗްޑީސީގެ އިއުލާންގައި ބުނެފައި ވެއެވެ. މި މަރުހަލާ ފުރިހަމަވުމުން ބުކިންގ ނެގުމާއި ވިނަރަސް އެޕޓްމެންޓު އިހްތިޔާރު ކުރުމުގެ ކަންތައް އެޗްޑީސީ އިން ކުރިއަށް ގެންދާނެއެވެ.

މާލީ ގާބިލިއްޔަތުކަން ކަށަވަރު ކުރުމަށް ތާރޑްޕާޓީއެއް މެދުވެރިކޮށް އިވެލުއޭޝަން ކުރިއަށް ގެންދާނެއެވެ. ވިނަރެސް އެޕާޓްމެންޓު ކަށަވަރުވާނީ ހުށަހަޅާފައިވާ ލިޔެކިޔުންތައް ބެލުމަށްފަހު އެޗްޑީސީ އިން މާލި ގާބިލިއްޔަތުކަން ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މާލީ ގާބިލްކަން ފުރިހަމަކަމަށް ތާރޑްޕާޓީ އިވެލުއޭޓަރުން ނިންމުމުންނެވެ.

މިކަމާ ގުޅޭގޮތުން ލިސްޓުގައި ލިމެނޭ ފަރާތްތަކަށް ފޯނުގެ ޒަރީއާއިން މުއާމަލާތް ކުރާނީ އެޗްޑީސީގެ ނަމްބަރު 3353535 އިން ކަމަށާއި އިތުރު އެއްވެސް ނަމްބަރަކުން މިކަމާއި ގުޅޭ ގޮތުން އެއްވެސް މީހަކަށް ފޯނު ނުކުރާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޫސަ

    އަގު ތިރިކުރޭ

  2. އަހްމަދު

    ކިހިނެއްބާ އިސްލާހުކުރީ ، ރިޕީޓް ކޮށް ތަފާތު ޕޮއިންޓްގައި ތިލިސްޓްގައި މީހުން ހިމާފައި ވޭ ، ދެވަނަކަމަކަށް ދެމަރިންނަށްވެސް ފްލެޓް ލިބިފައި އެބަހުރި ، ރަގަޅަށް ޗެކޮކޮއްލުމުން ފެންނާނެ

    14
  3. ނޫސްކިޔާމީހާ

    ކޮބާހޭ ގުޅީފަޅުން ލިބުނު ފްލެޓްގެ ބަދަލުގައި ލިބުނު ފްލެޓް. ޢެމީހުންވެސް ދެއްކީ ހަމަ ލާރި. އެއީ ހިލޭ ދޭއެއްޗެއް ނޫން

    11
    2
  4. ޢޭނަ

    ތީވެސް ސޯޝަލް ހައުސިންގް.ފާހާނާތަކުގެ ޝަވަރު ފާހާނާތަށީތެރެއަށް. ކުޑަދޮރުތަށް ހުޅުވެނީ ކޮޓަރީ ތެރެއަށް.ކޮތަރު ކޮޢްޓަށްވުރެ ކޮޓަރި ކުދި. ތިއީ ގުރާކޮށި. ފަސް އަހަރު ފަހުން ލަގްޒަރީ އެޕާޓްމަންޓް އެއްގެ އަގުގައި ރައްޔިތުމީހާގެ ބޮލުގައި ތިއަޅުވަނީ. މަގޭބަސް އަހާނަމަ އެކަކުވެސް ތިއިން ތަނެއް ނަގާނެ ކަމެއްނެތް.ހުރިހާ ކަމެއްތިދަނީ ސިޔާސީ ކުރަމުން.ހުރިހާ ދުއްޕާނެއް ރައްޔިތު މީހާ އަށް.

    10
  5. އަހުމަދު

    ޝުކުރިއްޔާ ރައީސް ޔާމީން