މިދިޔަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑްކަޕް 2022 ބެލުމަށް ކުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ކުރެއްވި ދަތުރުފުޅަށް ދައުލަތުން 997،743 ރުފިޔާ ހަރަދުވި ގޮތް ސާފުކޮށްދީފިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ގަތަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެހާ ބޮޑު ހަރަދެއް ހިނގީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ އެހާ ބޮޑު ހަރަދެއް ހިނގި ސަބަބު އޮޅުން ފިލުވާ ދެއްވާފައެވެ.

މިއުވާން ވިދާޅުވީ ރައީސްގެ ދެކަނބަލުން ވޯލްޑް ކަޕް ބެލުމަށް ގަތަށް ކުރެއްވި ދަތުރުފުޅުގައި ޓިކެޓް ނެންގެވީ އަމިއްލަ ފުޅަށް ކަަމަށެވެ. އަދި އެހެން ހުރިހާ ހަރަދެއް ހަމަޖައްސައިދިނީ ގަތަރުން ކަމަށް ވިދާޅުވިއެވެ.

އެ ދަތުރުފުޅުގައިވެސް ރައީސްގެ ސެކިއުރިޓީންނާއި ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ފަރާތްތަކުގެ ޓިކެޓާއި ތިއްބުމުގެ ހަރަދުތައް ހަމަޖެއްސީ ސަރުކާރުން ކަމަށެވެ.

އޭގެ އިތުރުން މިއުވާން ވިދާޅުވީ އެދުވަސްވަރަކީ ވޯލްޑް ކަޕް ދުވަސްވަރަށްވާތީ ހޮޓަލްތަކުގެ އަގުތަކާއި ޓިކެޓުގެ އަގުތައް ހުރީ އާންމުކޮށް ދަތުރުކުރާއިރަށްވުރެ ބޮޑުކޮށް ކަމަށެވެ. އެހެންކަމުން އެ ދަތުރުފުޅަށް ބޮޑު ހަރަދެއް ދިޔައީ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ރިޒާވް ހުސްވަމުންދާ އިރު ވެސް ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްލުމަށް ރައީސް ސޯލިހްގެ ދެކަނބަލުން ގަތަރަށް ވަޑައިގަތުމުން ވަރަށް ގިނަ ބައެއްގެ ފާޑިކިއުންތައް ވެސް އަމާޒުވި އެވެ.

ރައީސް ވޯލްޑް ކަޕް ބައްލަވާލެއްވުމަށް ގަތަރަށް ވަޑައިގަންނެވީ އެ ގައުމުގެ އަމީރު ޝެއިހް ތަމީމް އަލް ސާނީގެ ދައުވަތަކަށެވެ. ރައީސް ވަޑައިގަންނަވަނީ ސެމީ ފައިނަލްގެ މެޗްތައް ބައްލަވާލެއްވުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޥާނުވާ

    ކާކުތަ ދާށޭބުނީ ނުދިޔަނަމަ ބޮޑެއްނުވީސް ދޯ. ރާޢްޖޭގެ ޓީމުކުޅުނުނަމަވެސް އޯކޭ. ކުލިބޮޑޭ ކިއްލި އެކިޔަން.

    51
    • ރައްޔިތުމީހާ

      ބަލަ ރައްޔިތުންގެ ބުރަ މަސައްކަތުން ދައުލަތަށް ދައްކާ ފައިސާ އިން ބޭކާރު ބޮޑު ހަރަދުތައް ކުރިއިރު ގޮތަކަށް އެއްވެސް އެއްޗެއް ނާރާއޭ ކިތައް ބަލިމީހުން އެބަތިބި ބޭސްފަރުވާ ނުކުރެވި

      25
      1
  2. މަބޭ

    ދޮގުމައްޗައްދޮގު ހަދަންހަދައިގެން ތިޔައޮތީ އަތައްގޮވާފަ

    52
  3. ކޮވިޑް

    ބަލަ ކަލޭބުނިންދޯ އެއީ ގަތަރު ސަރުކާރުގެ ދައުވަތެކޭ؟ ހަމަ ސީދާ ރާއްޖެޓީވީ ގަ އުޅުން ގޮތައް ދޮގު ހަބަރު ފަތިރަމުން މިއަދުވެސް ތި ދުވަނީ. މުނާފިގު ވިޔަސް ތީ ފުކެއް ބޮޑުވަރު.

    48
  4. ޖާނޭ

    ކީއްކުރަންހޭ ދިޔައީ. ދައުލަތް ބަނޑުއަޅަނީ އެގޮތް ގޮތަށޭ

    37
  5. ހުސޭނުބޭ

    ވީމާ ހާދަ ހަޔާތްކުޑަ ރައީސެކޭ ތިއީ. ރައްޔިތުން އަނގަޔާ އަތާ ދިމާނުވެގެންއުޅޭއިރު ބައުތުލްމާލުން 1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ވޯލްޑްކަޕް ބަލާލަން ޤަޠަރަށް. ހިންނަވަރު އިބްރާހީމް ހީކުރޭ ބައިތުލްމާލަކީ އޭނާގެ ތަރިކަ މުދާކަމަށް.

    47
  6. ދަރަނި ދަންތުރަ

    މިއުވާނުގެ ކެއުމުގެ ހަރަދު ބޮޑުވީ މާކުންބޭގެ ބަނޑަށްވުރެ ބޮޑު ބަނޑެއް މިއުވާނަށް ލިބިފައިވާތީ ، މިސޮރު މުޅިންވެސް ގޮވަނީ ކޮސް މިއީ ދެބޯ ބުރާންޗެއް

    19
  7. ޖަޑުބެ

    ގައުމު ހިންގަން ހުރީ ކުލަނދު މަދުވާނޭ ބުނާ ބައިޣާގެ މީހެއް އެހެންވެ ކާބަފާން ބުނާހެން ދަތްހުރި ދުވަހު ކާށި ކެވެން އޮތްވަރަކަށް އެސޮރުވެސް ކާނެ

    14
    1
  8. ހޭބައްޔެއްނު

    ހިލޭ ދަތުރެކޭ ސަރުކާރުގެ ހަރަދެއް ނުހިނގާނެޔޭ ކީ ހަނދާން މިވަނީ ކީއްވެބާ؟

    19
  9. Anonymous

    ދައުލަތުން އިބްރާހީމް ހިތްހަމަޖައްސަން މަޖަލަށް ޚަރަދުކުރަންޖެހޭތަ. ޙަޔާތްކުޑަކަމުން ދަތުރު ޚަރަދުގެ ވާހަކަ އެބަދައްކައެއްނު.
    ދޮގުއައްޕަ ދިޔައީ ގަތަރު އަމީރު ބަލާފޮނުވައިގެނޭކީ. ގެންގޮސް މަގުމައްޗަށް އެއްލާލީތަ؟

    16
  10. Anonymous

    ރައްޔިތުންގެ ފައިސާ ތަޅާބުރުވަނީ މިކަލޭގެ އައްޕަގެ ފައިސާހެން. ދިވެހިންނަށް ހަމަ މިގޮތްވެސް ހެޔޮއީތަ؟
    އެހެންގައުމެއްގެ ވެރިމީހާ އަމިއްލަ ކަމެއްގެ ދައުލަތުން ބައިލާރި ނެގިއަސް ލަފުގަ ހިފާ ބުޅާގަނޑެއްހެން ނެރެ ބޭރުކޮށްލާނެ.

    14
  11. ނަސީމާ

    އިބުރާބިމާ ކަލޭ ހޮވިއްޖެއޭ

    10
    1
  12. ޙަަަހަ

    ބަލަ އެވާހަކަ ރައްޔިތުން ގޮވަމުންދަނިކޮށް ދިޔައީ ، ދެން ކޮން ....ކިޔާކަށް

    15
  13. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ޕޮކެޓް މަނީ އަށް ވެސް ޖަހާފަ އޮތީ ވަރަށް ބޮޑު ޢަދަދެއް. ޕޮކެޓް މަނީ އަށް ދިޔަ ޙަރަދަކީ ކޮން ހޮޓަލެއްގެ އަގު ބޮޑުވެގެން މަތިވި ޙަރަދެއް ބާ؟ މިއީ ކަނޑައެޅިގެން ކުރި ވައްކަމެއް. މި ފައިސާ އިބޫ އާއި ފަޒުނާ އަނބުރާ ދޭން ވާނެ.

    15
  14. ކުރިންބުނި އެތި ކެންސަލް

    ކުރިންބުނީ ޤަތަރު އަމީރު ދިންދަޢުވަތަކަށް ހުރިހާ ކަމެއް ހިލޭ އޭ!

  15. ާދަލޭކް

    ރައިޔަތުންގެ ފައިސާ އޭނަގެ އުފަލައްޓަކާ ކަރަދު ކުރާށެ ބުނީ ކާކު .މީހަކު މަޖުބޫރު ކުރީތަ ހަމަ ދާންށޭ ޖެހޭނީ ކިޔާފަ.

  16. ކަނޑުކޮސް

    ތިކެޓް އަގުބޮޑުވީ ގަތްފަހުންތަ؟ ދެން ކޮންމެ މީހަކު ޕޮކެޓްމަނީވެސް ނެގީ ކީއްވެޔޯ؟ ޓިކެޓް އަގުބޮޑުވީމަ ޝަރުތެއް އެއީ؟؟

  17. ކާފު

    އެޤައުމުގެ އަމީރު ދެއްވީ ދައުވަތެއް ނޫންތާ، އެކަމަކު އޭރު ފޮނިކެނޑުނީ ތަފާތުކޮށް. އަހަރެމެންނަށް އެނގިފަ އޮންނަނީ ޤައުމެއްގެ އަމީރު ދައުވަތު ދެއްވާނީ ދެކޮޅު ޓިކެޓާ ހުރުމާ އަދި މެޗު ބަލަން ގެންދިއުމާއި އެކުގާކަމުގާ މިއުޅެނީ އާދައިގެމީހަކަށް ނޫން ދޯ ދައުވަތު ދީގެން އަހަރެމެންގެ ޤައުމުގެ ރައީސް. ނޫނޭ ސާބަސް ރައްޔިތުންނާ ސަމާސަ ތިޔަކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ނޫންތޯ.

  18. ވަރިހަމަ

    ވަރިހަމަތާ އެއޮތީ އަނެތްފަހަރުވެސް ޓިކެޓުފުޅު އަރުވާފައެއްނު.

  19. ބަލާއެއް

    އަމިއްލަ ޖީބުން ދޭބެ އަހަރުން ޖީބާ ނުވެ

  20. ވާނުވާ.

    މީގެ ކުރިންވެސް ކަޕްތައް ބާއްވާ. ރާއްޖޭގައި ވެރިންވެސްތިއްބަވާ. މެޗުބަލަން ރައްޔިތުންގެ ފައިސާ ޚަރަދުކުރާ ވާހަކައެއް އަޑެއް ނީވޭ. ދެން މިވަރު (ނަމުން) ކޮރަޕްޝަނާ ދެކޮޅުބަޔަކު މިކަހަލަ ކަންކަން ކުރީމާ ހުތުރުދޯ؟ ގައިމު އަގުތައްވެސް އޮންނާނީ ކުރިން ނޭނގިއެއްނޫން.