ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ރޯކޮށްލަން ގޮވާލި މައްސަލައިގައި ހައްޔަރު ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި އައްބާސް އާދިލް ރިޒާގެ ޝަރީއަތް މާދަމާ ފަށަން ތާވަލްކޮށްފިއެވެ.

އައްބާސްގެ މައްޗަށް ދައުވާ ކުރީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާއެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 11 އަށެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު މީސްމީޑީއާ މަންސާއެއް ކަމަށްވާ "ކްލަބްހައުސް" ގައި އޭނާ ވާހަކަ ދައްކަމުން ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއެވެ.

މީގެ އިތުރުން އޭގެ ޖެހިގެން އައި ދުވަހު ޢައްބާސް ޢާދިލް ރިޒާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.

ޕީޖީން ކޮށްފައިވާ ދައުވާ އައްބާސްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެއް އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އިންޑިއާ ހައިކޮމިޝަން ހުޅުޖެހުމަށް ގޮވާލި މައްސަލައިގައި އައްބާސް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހައްޔަރު ކޮށްފައެވެ. އަދި މައްސަލަ ތަހުގީގުކޮށް ނިމުމުން ވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަތްދޮޅި އާދަނު

    މިހާރުމާދިގުލާތިދަނީ، ތިސަރީޢަތް ދެއިރު ބާއްވައިގެންވެސް ވީހާވެސް އަވަހަކަށް ހުކުމްކޮށް ހައްގުއަދަބުދޭންޖެހޭ، ތިސަރީއަތަކީ މިފަދަދެންތިބި މީހުންނަށް އިބުރަތަކަށް ވާންޖެހޭ، އަނގަ އޮތޭކިޔާފަ، މީހުންގެތެރޭ ތިމާމީ މާމޮޅު މީހެކޭ، ގަޓްމީހެކޭ، ބިރުކުޑަމީހެކޭކިޔާ ފޮނިކަނޑަން ބޭނުންހާވާހަކައެއް ނުދެއްކޭނެކަމާ އަދި ހާއްސަކޮށް މީހުންނާ ތަކެއްޗައް ގެއްލުންދޭންގޮވުމަކީ އެއްވެސްވަރަކަށް ބަލައިގަނެވޭނެކަމެއްނޫން

    4
    12
  2. Anonymous

    ކޮބާ އައްބާސް، ތިބޭފުޅާއަށް މިހާރު ވިސްނިއްޖެތަ؟ ތިބޭފުޅާގެ ދިފާޢުގައި ޔާމީނު އައިތަ؟ ތިބޭފުޅާގެ ދިފާޢުގައި މައުމޫނު އައިތަ؟

    3
    7
  3. މުދި މުދި

    ހަމަ ފަށަންވީ އަވަސް ކުރަންވީ ތިއުޅޭޖަމީލުގެ ޝަރީއތްވެސް ފަށަންވީ

    3
    4
  4. އަލީ.

    މިސަރުކާރަށް ނިސްބަތް އެމްޑީޕީ މީހުން ކިތައްނޭއްގާނީ ޢަމަލް ހިންގިތޯ؟ މިހާރު ވެރިކަމުގައި މިއޮތް ސަރުކާރު މައުމޫނު އާ ޔާމީންގެ ވެރިކަމުގައި ކިތައް ފިތުނަ ވެރިވާހަކަ ރައްޔިތުންގެ ތެރޭގައި ދެއްކިތޯ. ކިތައްތަންތަނުގެ ރޯކުރިތޯ؟ ކިތައްމާރާ މާރީ ހިންގަން ހިތްވަރު ދިންތޯ؟ ކިތައްމާލެ ތެރެއިން ތަޅާނެ ކުދީން ކޮޅު ހޯދަން ހިތްވަރު ދިންތޯ.ކިތައްސިފައިންނާ ޕޮލިހުންނަށް އަނިޔާކުރުމަށް ގޮވިތޯ.ކިތައް ދިވެހިރާއްޖޭގެ ރައްޔިތުން އެއެއްޗަކަށް އެބަޔެއްގެ ދިރިއުޅުން ބަރޯސާކޮށްގެން އޮތް ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވިތޯ؟ މިއިންއެއްވެސް މީހަކަށް ޙައްޤު އަދަބުނުލިބޭ. މިހާރު ޕީޕީ އެމަށް ނިސްބަތް ވާމީހަކު ވީމަ ބިރުން ރިޔާސީ އިންތިޚާބް ކައިރިވާތީ. ޝަރިޢަތް އެބަކުރޭ. ޝަރީޢަތް ކޮށްފަ ޖަލަށް ލާން އެއުޅެނީ.ޕީޕީއެމްގެރިޔާސީ ކެންޑީޑޭޓަށް ވެސް ހަދަނީ އެގޮތަށް . މިއަށް ވުރެ މާބޮޑެތިކަންތައް މިސަރުކާރުން އެބަކުރޭ.ނުބަލާ ނުބެލޭ. ބަލަންވެސް ނުކެރޭ. ހާދަ ހެއްވައޭ.ވެރިކަން ނުލިބިގެން އުޅުނުއިރު ްެމްޑީޕީ ދެއްކި އެއްވެސް ވާހަކައެއް ވެރިކަން ލިބުމުން އެގޮތަކަށް ނުވޭ.މިއީ ސިޔާސީ ކަމަކަށް ކުރާކަމެއްކަން މެންދުރުގެ އިރުފަދައިން އެބައެނގޭ.

  5. ޙޮބޭ

    އަދިވެސް ރައީސުލް ޖުމުހޫރިއްޔާގެ ތަރުުޖަމާނަކަށްވާން ހިތުހުރިހާ އެއްޗެއްކިޔާ! ހުންނާނީ ތަރުޖަމާކުރެވިފައޭ ނިކަން ރަނގަޅަށް. އަޑުގަދަ މީހާ ރުއްގިނަވާ އުސޫލުން ކަންކަމާ މެދު ދެކެންޏާ ވާނީތިހެން. ތިފާޑުގެ ޝަރީޢަތްތައް ރާޖޭގަ ހަލުއިކަމާއެކު ހިންގާ ހުކުމްކޮށް އަދަބުދޭންވި! އޭރުން ތަނުގެ ހަމަޖެހުމަށް ކުރިއެރުން ލިބިގެން ދާނެ.

    1
    4