ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް މާހެފުންތައް ބާއްވާ ފަރާތްތަކަށް ކުޑިގިރި ޕިކްނިކް އައިލޭންޑުން ހާއްސަ މެނޫއަކާއި އެކީ އެފުރުސަތު ހުޅުވާލައިފިއެވެ.

މާލެ އަތޮޅުގައި ހުޅުވި ކުޑަގިރި އަކީ ޕިކްނިކް ހަދަން މިހާރު ވެސް ގިނަ ބަޔަކު އަންނަ ތަނެކެވެ. ކޮންމެ ދުވަހަކު ގޮތަކަށް އެތަނަށް މީހުން ދަތުރު ކުރާއިރު، ކުރިއަށް އޮތް ރަމަޟާން މަހާއި ގުޅިގެން ކުޑަގިރިން ވަނީ މާހެފުމަށް ހާއްސަ މެނޫއެއް ތައްޔާރުކޮށް ދައްކާލާފައެވެ.

16 ބާވަތެއްގެ ކެއުމާއި ބުއިން ކުޑަގިރިން ތައްޔާރު ކުރި މެނޫގައި ހުރިއިރު، ކޮންމެ މީހަކަށް ނެގުމަށް ހަމަޖެހިފައިވަނީ 165 ރުފިޔާ ކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ކުޑަގިރިން ބުނީ، އެކަމާއި ބެހޭ އިތުރު މައުލޫމާތު 3356454 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.

ދިގު އިންތިޒާރަކަށްފަހު މާޅޭން ލޯންޗުން ފުރައިގެން 15 ވަރަކަށް މިނެޓުން ދެވޭ ކުޑަގިރި ހުޅުވާފައިވަނީ މިދިޔަ މަހުގެ 11 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޯލޭ

    ތިޔަ މެނޫގަ އަލަމްގިރީގެ ބައިތަކެއް ހިމެނޭތަ އަނެއްކާ

  2. ނަގުލު ފިއްތި

    ދިގު އިންތިޒާރަކަށް ފަހު އަލަމްގިރި ފާޅުވީމާ ކުޑަގިރި މިހުޅުވުނީ.

  3. ކުރިކީލަ

    ތި ރެސްޓޯރަންޓް އެމީހުންނަށް ހިންގަން ދީފަ ތިހިރީ ކޮރަޕްޝަނުން ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް،