ފުޓްބޯޅަ ދަނޑު އެޅުން ލަސްވުމުން ގދ. ނަޑެއްލާ ޒުވާނުން ނިކުމެ ދަނޑުއެޅުމަށް ހަމަޖެހިފައިވާ ބިމުގައި ރުއް އިންދައިފި އެވެ.

ނަޑެއްލާ ކައުންސިލްގެ ނައިބު ރައީސް ފައިސަލް ނަޖީބް "ވަގުތަށް" ވިދާޅުވީ ޒުވާނުން ނިކުމެ ފުޓްބޯޅަ ދަނޑުގައި ރުއް އިންދާފައިވަނީ ބުރާސްފަތި ދުވަހުގައި ކަމަށެވެ.

ޒުވާނުން އެތަނުގައި ރުއް އިންދީ ރަށުގައި ފުޓްބޯޅަ ދަނޑެއް އަޅައިދޭނެ ކަމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދާ ދީފައި ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

" ވަރަށް ގިނަ އަހަރުވެއްޖެ މިހާރު މި ރަށުގައި ފުޓްބޯޅަ ދަނޑެއް އަޅައިދޭނެ ކަމަށް ސަރުކާރުން ވައުދުވިތާ. ނަމަވެސް މިހާރު ސަރުކާރުގައި ދައުރު މިއޮތް ނިމެނީ އެކަމު އެ ވައުދެއް އަދި ފުއްދާދެވިފައެއް ނެތް. އެހެންވެ ޒުވާނުން ނިކުމެ ރުއް އިންދީ." ފައިސަލް ވިދާޅުވި އެވެ.

ފުޓްބޯޅަ ދަނޑުގެ މަސައްކަތް ލަސްވެފައިވާ މައްސަލައިގައި ކައުންސިލްގެ ފަރާތުން ސަރުކާރާއި އެތައް ފަހަރަކު މަޝްވަރާ ކުރި ކަމަށް ފައިސަލް ވިދާޅުވި އެވެ.

ޔޫތް މިނިސްޓްރީއާ ހަވާލާދީ ނަޑެއްލާ ކައުންސިލުން ވިދާޅުވީ، އެ މަސައްކަތް މިހާރު އޮތީ ކޮންޓްރެކްޓަރާއި ހަވާލު ކުރުމުގެ މަރުހަލާގައި ކަމަށެވެ.

ފުޓްބޯޅަ ދަނޑު އެޅުމަށް ކަނޑައަޅާފައިވާ ބިމުގައި އެ ރަށުގެ ޒުވާނުން އިންދި ރުއްތައް އަދިވެސް ނުގަނަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގިނާ

    ރުއްތައް ބޮޑުވީމަ ދެންދނޑުހަދާ ރުއްތައް ނުކަނޑާ، އުފެދޭނެ މޮޅުކުޅުންތެރިން ރުއްތަކު ތެރޭގަ ކުޅެންފެށީމަ. އެކަމަކު ފުރަތަމަ ކޮޅު ކަށިމަތިން ހަންދިއުއް އެކަށީގެންވޭ އޮޅިގެން ރުކުގަ އަޅާލެވޭ ފަހަރު.

    3
    1
  2. Anonymous

    މިއީތަ ޗޯރު މަހޭ "ކުޅިވަރު މިނިސްޓަރު" ހުރިޔާ ރަށަކަށް ހަމަހަމަކޮށް އިންގިލާބެއް ގެނެސްފައިވާ ވީދާޅުވާ އިންގިލާބަކީ :-
    ( ފުޓްބޯޅަ ދަނޑު އެޅުން ލަސްވުމުން ނަޑެއްލާ ޒުވާނުން ނިކުމެ ރުއް އިންދައިފި)

    3
    1
  3. މަރީ

    ތީވަކި ދެރަގޮތެއްނޫ ރުކުންވެސް އެއްޗެއްލިބިދާނެ ދެރުއްދޭރޭގަވެސް ބޯޅަކުޅެންވީ

  4. ފަންސާސް

    ރާއްޖެތެރޭމީހުން ކިޔަނީ މިހެންވެ….

  5. ރައްޔިތުމީހާ

    ތިތާގަ ރުއް އިންދިލޭ މާމަދު. ހީވަނީ ހަބަރަށް އަރުވަން ޖަހާފަ ހުރި ރުއް ކޮޅެއްހެން