ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިންގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރޯދަވީއްލުމެއް ދެއްވައިފިއެވެ.

ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުގެ ހަރަކާތްތަކަކާއެކު ބޭއްވި މި ރޯދަވީއްލުން ބާއްވަވާފައި ވަނީ މިއަދު މުލީއާގޭގައެވެ.

ރައީސް އޮފީހުން އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މިއަދުގެ ރޯދަ ވީއްލުމުގައި އެކުދިން ވަނީ ރައީސް އާއި އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ. އެގޮތުން ބައެއް ކުދިން ރައީސް އާއި އެކީ ރާޒުވާ ކުޅޭ މަންޒަރު ފެނިގެން ދާއިރު، އަނެއްބައި ކުދިން މެޑަމް ފަޒްނާއާއި އެކީ އެކި ކުޅިވަރުތައް ކުޅޭ މަންޒަރު ފެނިގެން ދެއެވެ.

މި ރޯދަ ވީއްލުމުގައި ރާޒުވާގެ އިތުރުން ކެރަމް އާއި ކުލަ ޖެއްސުމާއި، ޕެއިންޓް ކުރުން ފަދަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ރޯދަވީއްލުމުގައި، ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީ އާއި ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝިހާބާއި އެ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސަސްގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ވޭތުވި ހަތަރު އަހަރު ތިޔަދެމީހުން ތިބީ ޔިޔަމަގާމަކު ނޫންތަ ؟ ކީއްވެ ފިޔަވަތީ ކުދިންނަށް ރޯދަވިއްލުން ނުދިނީ ސޯލިބޭ ފަގީރުކަމުންތަ ؟ ވޯޓުލާ ދުވަސް ކައިރިވީމަ ފަޔަށް ހިނިއަރައިގެން ތެޅެނީދޯ ، ސޯލިބޭއަށް ވޯޓު ނުދޭނަން ގައުމަށް ގައްދާރުވި ބޮޑު ގައްދާރެއް ތިއީ ސޯލިބޭ އައުޓް

    12
    1
  2. ފަލަސްތިން

    މިހާ ކަޑަ ސަރުކާރެއް ނުދެކެން އިންޑިޔާ އައުޓް

    9
    1
  3. Anonymous

    ތިހެން އުޅުނަސް މިހާރު ހިޔެއްނުވޭ ވޯޓެއް ލިބިދާނެހެން.

  4. ދުންތަރި

    ރައީސް ދެކަނބަލުން ރޯދަ ވިއްލުން ދެއްވީ އެބޭފުޅުންގެ އަމިއްލަ ފައިސާއިން ޚަރަދުކޮށްގެންތޯ؟ ނުވަތަ ސަރުކާރުގެ ފައިސާ ޚަރަދުކޮށްގެން އެބޭފުޅުންގެ ނަމުގައި ރޯދަވިއްލުމެއް ދެއްވީތޯ؟
    ވީމާ، އަޅުގަނޑުގެ ނަޒަރުގައި މިޚަބަރުގެ ހެޑިންގައި އޮންނަންޖެހޭނީ "ފިޔަވަތީގެ ހުރިހާ މީހުންނަށް ސަރުކާރުގެ ޚަރަދުގައި ރައީސްގެ ދެކަނބަލުންގެ ނަމުގައި ރޯދަވިއްލުމެއް ދެއްވައިފި" މިހެން.