ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ މެލޭރިއާ ޖެހިފައި ހުރި މީހަކު ފެނިއްޖެއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ ބައްޔަށް ފައްސިވެފައި ވަނީ އިންޑިއާގެ މީހެކެވެ. އެމީހާއަކީ މި އަހަރުގެ ތެރޭގައި މަސައްކަތް ކުރުމަށް ރާއްޖެ އައިސް އުޅޭ މީހެއް ކަން ވެސް އެނގިފައިވެއެވެ.
މެލޭރިއާގެ ވޭދަނައެއް ރާއްޖެ އިން ފެނުނު ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ކަށަވަރުކޮށްދެއެވެ. އެމީހާ މި ބައްޔަށް ފައްސިވީ މިދިޔަ ހަފްތާގައި ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
އެޗްޕީއޭގެ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ އެމީހާގެ ގައިން ބަލިހުރިކަން ދެނެގަނެވުމާއެކު އޭނާ އެކަހެރިކޮށް މިހާރުވެސް އަމަލުކުރަމުންދާ ޕްރޮޓޮކޯލްއާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށެވެ. އެހެންކަމުން މި ވަގުތަށް އޭނާގެ ކިބައިން ބަލި ފެތުރުމުގެ ފުރުސަތެއް ނެތް ކަމަށް އޭނާ ވިދާލުވިއެވެ.
އެޗްޕީއޭ އިން ބުނީ ރާއްޖެއިން ބޭރުން މެލޭރިއާ ޖެހިފައި ތިބި މީހުން ރާއްޖެ އައިސްގެން ފައްސި ވޭދަނަތައް މީގެކުރިން ވެސް ފެނިފައިވާ ކަމަށެވެ.
އަދި އޮންނަ އުސޫލުގެ ތެރެއިން އެމީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށްދާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ. މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށްވާ މެލޭރިއާ ރާއްޖޭގައި ފެތުރުމުގެ ފުރުސަތު ނެތް ކަމަށް ވެސް އެޗްޕީއޭ އިން ޔަގީންކަން ދެއެވެ.
މެލޭރިއާއަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށް ކަނޑައެޅީ 2015 ގައެވެ.
މި ދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާއި އާއި ވައިރަލް ހުން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ކޮވިޑް ޖެހޭ މީހުންނާއި އެ ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.
މެލޭރިއާ ރާއްޖެއިން ފެނުނު އިރު ރާއްޖެއިން ނައްތާލި އެހެން ބައްޔެއް ކަމަށްވާ ހިމަބިހީގެ ދެ ވޭދަނަ އެއް ވެސް މި ރޯދަ މަހު ވަނީ ރާއްޖެއިން ފެނިފައެވެ. ނަމަވެސް އެ ބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އައުވާނު ގައުމަކަށް ގެންގުޅެނީ ތިއިން އެއްވެސް ބައްޔެއް ނައްތާލެވިފައެއްނެތް ގައުމެއް. ޢެހެންވީމައެހެން ބަލިތައްފެނުންވެސް ގާތް. ޙިމަބިހި ފެނިފަ ގިނަ ގިނަދުވަސްނުވެ މެލޭރިޔާ، ކީއްކުރާނީ
ހެޔޮނުވާނެ ބުނީމަ ގަބޫލުކޮށްބަލަ އައްޑުއަށް ގެންސްގެން އުޅޭ ބިދޭސީ މަގު ހަދާ މީހުންނަކަށް ރަނގަޅު ބޭސްފަރުވާއެއްނުލިބޭ އަދި އެމީހުން މިތަނަށް އަންނައިރު ތިބިހާލެއްވެސް ބަލާނުލާ.
މެލޭރިޔާ ފަތުރާ މަދިރި ރާޢްޖޭ ގައި އުޅޭތޯ ނަސީމު ބައްލަވާ ދެއްވާ، އެމަދިރި ވަނީ އޭރު ގެ ޕަބްލިކު ހެލްތުން ނައްތާ ލާފައި،މަދިރިއެއް ނައްތާލުމަކީ ބަޔަކު ކުރި ބުރަ މަސައްކަތެއް.
ވޯޓުން ވައްކަން ކޮށްގެން ވެރިކަން ފޭރިގަތް ލާދީނީ ސަރުކާރެއްގަ ރައްޔިތުންނަށް ނުލިބޭނެ ނިކަމެތި ކަމެއްނޯންނާނެ
މާލަސްވުމުގެ ކުރިން ރަނގަޅު މުސްލިމުންނަށް ވާން ހިނގަމާ އެންމެ ފުރަތަމަ ހުރިހާ ދިވެހިންވެސް!
ބުރާންޗަކައް މިނިސްޓަރް ކަންދިނީމަވާނީމިހެން އެއްވަރެއްގެ ދެރޯނުނުއެދުރުން ވެރިކަމުގަތިބީވެސް ކޮތަޅު ސަރުކާރެއް ނޫއިގްތިސާދުގަދޫވާނީކޮތަޅައް.
މިއީ ބަލާޔާ މުސީބާތުގެ ސަރުކާރެއް ، ﷲ ނަހީކުރެއްވި ކަންތައްތައް މިގައުމުގައި އާއްމުވެއްޖެ މިރޯދަމަހުވެސް ރޯދަނުހިފާ މަގުމަތީ ކާއިރުވެސް ސަރުކާރުން ފިޔަވަޅެއް ނާޅާ ފުލުހުން ކުރަންޖެހޭ ކަމަކީ އިސްޓިކާޖެހުމާއި ވެހިކަލްތައް ޗެކްކުރުން ، ދިވެހިން ނޮޅާކެއުން
ޑެންގޫގެ ވާހަކަ ވެސް ނެތެއްނު... ރަށްރަށު ސްކޫލު ކުދިންނަށްވެސް ޖެހެނީ.. ކ
ކޮންގްރެޖުލޭޝަން ހެލްތު މިނިސްޓަރު ނަސީމް.
ހިމަބިހި.. މެލޭރިޔާ..
ކޯވިޑް.. ފާޑުފާޑުގެ ރޯގާ...
ކިހިނެއްތަ މިވަނީ...
ދިވެހިންގެ ބުރަ މަސައްކަތުން ނައްތާލެވުނު ހުރިހާ ބައްޔެއް މިހާރު އެބަ ފެނޭ. ގައުމުގެ ލީޑާޝިޕްގެ ދޯދިޔާ ކަމުން. އެމް.ޑީ.ޕީ އަށް ވޯޓެއްދޭން ހަމަ ހެޔޮ ނުވާނެ.