ގދ. ހޯނޑެއްދޫ ފެނަށް ޖެހި ސަރުކާރުގެ އެހީ ނުލިބުމުން އެ ރަށަށް ފެން ހަދިޔާ ކުރުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލައިފިއެވެ.

ހޯނޑެއްދޫއަށް ވާރޭ ނުވެހާތާ ގިނަ ދުވަސްވެ ރައްޔިތުން ބޯފެން ރައްކާކުރާ ތާންގީންތަކުން ވެސް ފެން އެއްކޮށް ހުސްވެ އެރަށް މިހާރު ވަނީ ފެނަށް ޖެހިފައެވެ.

ހޯނޑެއްދޫ ތަމްސީލު ކުރައްވާ މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ، ހޯނޑެއްދޫ ބޯފެނަށް ޖެހުމުން މާރޗު މަހުން ފެށިގެން ސަރުކާރުގައި އާއި ފެނަކައިގައި ކައިރިން އެހީއަށް ކައުންސިލުން އެދުނު ކަމަށެވެ. އެހެން ނަމަވެސް ދިނީ ބީރު ކަންފަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ ހޯނޑެއްދޫ ކައުންސިލުން މިހާރު ވަނީ ބޯފެން ފޮރުކޮށްދޭ ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ. އަދި ކައުންސިލާ ގުޅައިގެން އެކަން ކުރެވޭނެ ކަމަށް ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފެން ހުސްވުމުގެ ސަބަބުން ރައްޔިތުންނަށް އެތައް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ހޯނޑެއްދޫ ކައުންސިލުން ވަނީ ފާޙަގަ ކޮށްފައެވެ.

މި ދުވަސްކޮޅަކީ ރާއްޖެއަށް ވަރަށް ހޫނު ދުވަސްކޮޅެކެވެ. ހޫނު މޫސުމުގައި ގިނައިރު ވަންދެން ވާރޭ ނުވެހުމުގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްރަކަށް ބޯފެން ލިބުމުގެ ދަތިތަކާއި ކުރިމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    މި ސަރުކާރުން އެއްވެސް ރަށެއް ބާކީއެއް ނުކުރާނެޔޭ ކިޔާއަޑުއަހަން. އެކަމަކު ހޯޑެއްދޫ ތިއޮތީ ބާކީކޮށްލާފަ!

  2. ޅިޔަނުބެ

    ދެން ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތެއްނު

  3. ރަޔާން

    ފެން ނުދިނަސް ވޯޓު ދޭތި އަދިވެސް ހެވިފަ ތިބެގެން.

    10
  4. Anonymous

    ވަޅު ބަހައްޓައިގެން ފެން ނަގާބަލަ. ވާރޭ ވެހޭއިރު ފެން ނަގާބަލަ. މޫދު ލޮނުން އާވި އަރުވައިގެން ފެން ނަގާބަލަ. ހޯނޑެއްދޫ މީހުންނަކީ ހާދަހާ ކަންނެތް ބަޔެކޭ ދޯ. އަމިއްލައަށް ފެންފޮދެއް ނަގައިގެން ރައްކާކުރަން ވެސް ބޭނުންނުވާ ބަޔެއް ދޯ.

    5
    4
  5. ޗުކި އާދަނު

    ފޭލިވެއްޖެ ރައްއިތުމީހާ ފެލަނީ ބަދަރު މަގުހެދުން ކަރަންޓް ބަދަރު ހެދުން މިވަރުން ވެސް މިޖީލް ފެލަންޖެހޭތަ އަދިމިއުޅެނީ ޑިމޮކުރަސީ ޅަފަތުގަޔޯ މިވަރުން ދަނީނަމަ މިއަނަޖީލް ކޮލަޓީކޮން ހަށިވިއްކުން އެކަށީގެންވޭ އޭރުން ބުނާނެ ޑިމޮކުރަސީ ފައްކާވީޔޭ

  6. މުހައްމަދު

    ތިފިރުޝާނަކީ ފިތުނައުފައްދަން ލާމަސީލު މީހެއް އެހެންރައްތަކަށްވެސް ފެން ހުސްވީމަ ސަރުކާރުން ފެން ފޯރުކޮށްދޭއިރު ކީއްވެ ތިރަށަށް ފެން ނުގެންދަންވީ

    1
    4
  7. ކޮރަލް

    ޑިސާސްޓަރ އަށް ގުޅާ ބަލާށެވެ.

  8. Anonymous

    ސަރުކާރުގައި ފެނަށް އެދެން އޮންނަ އުސުލުގެ ތެރެއިން ތިޔަ ކައުންސިލަށް މަސައްކަތް ނުކުރެވޭ ކަން އެއީ ކައުންސިލްގެ ތަންްދޮރުކުޑަކަން ކަމަށް ފެނޭ.
    . ފެން ފޯރުކޮށްދޭ މުއައްސަސާއަކީ ކޮބައިކަން ހޯނޑެއްދޫ ތަމްސީލު ކުރައްވާ މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އަށްވެސް ބުނެނުދެވޭ.
    އެއީ ފެނަކައެއް ނޫން.!