ފެނަށް ޖެހިގެން އުޅުނު ގދ. ހޯނޑެއްދޫއަށް 20 ޓަނުގެ ފެން ފެނަކަ އިން ފޮނުވައިފިއެވެ.

ހޯނޑެއްދޫއަށް ވާރޭ ނުވެހޭތާ ގިނަ ދުވަސްވެ ރައްޔިތުން ބޯފެން ރައްކާކުރާ ތާނގީތަކުން ވެސް ފެން އެއްކޮށް ހުސްވެ އެރަށް އޮތީ ފެނަށް ޖެހިފައެވެ.

ހޯނޑެއްދޫ ތަމްސީލު ކުރައްވާ މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ، ހޯނޑެއްދޫ ބޯފެނަށް ޖެހުމުން މާރޗު މަހުން ފެށިގެން ސަރުކާރުގައި އާއި ފެނަކައިގެ އެހީއަށް ކައުންސިލުން އެދުނު ކަމަށެވެ. އެހެން ނަމަވެސް ދިނީ ބީރު ކަންފަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ ބޯފެން ފޮރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހޯނޑެއްދޫ ކައުންސިލުން ހުޅުވާވެސްލިއެވެ.

ނަމަވެސް ހޯނޑެއްދޫގެ ކައުންސިލް މެމްބަރަކު "ވަގުތަށް" ވިދާޅުވީ ފެނަކައިން އިއްޔެ 20 ޓަނުގެ ފެން ފޯރުކޮށްދީފައިވާ ކަމަށާއި އެއާއެކު ފެނުގެ މައްސަލައަށް މިހާރު ހައްލެއް ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރުން ފެން ހަދިޔާ ކުރަން ހުޅުވާލުމުން ހެޔޮ އެދޭ ފަރާތްތަކުންވެސް ފެން ދީފައި ކަމަށާއި އަދި އެ ފެންތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މި ދުވަސްކޮޅަކީ ރާއްޖެއަށް ވަރަށް ހޫނު ދުވަސްކޮޅެކެވެ. ހޫނު މޫސުމުގައި ގިނައިރު ވަންދެން ވާރޭ ނުވެހުމުގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްރަކަށް ބޯފެން ލިބުމުގެ ދަތިތަކާއި ކުރިމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރީ

    ހޯޑެއްދޫގަ ހަރާންކަންތައްކުރާ މީހުން ގިނަވީމަވެސް ދަތި އުނދަގޫ ދުވަސް ތަކަކާއި ކުރިމަތިލާން ޖެހިދާނެ ނަފުސު އިސްލާހުކޮށް ދުވާ ދަންނަވާ މިއީ ހައްލު