މަގުމަތިން ދިޔަ ކުޑަކުއްޖެއްގެ ކަންފަތް މަތީގައި ޖެހި ފުލުހަކު 18،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުން ކުށްވެރިވެ، ޖޫރިމަނާ ކުރީ ލ. ހިތަދޫ، ޕޫނަމް، ނަޝީދު މުހައްމަދެވެ.

އެ ހުކުމް އޭނާގެ މައްޗަށް ކުރީ އޮގަސްޓް 30، 2016 ގައި ކުއްޖާގެ ވާތް ފަރާތު ކަންފަތް މަތީގައި ނަޝީދު ޖެހުމުންނެވެ. މި ހާދިސާގައި އެމީހާއަށް އަނިޔާވެފައިވާ ކަން ހާދިސާއާ ގުޅިގެން ތައްޔާރުކޮށްފައިވާ މެޑިކޯ ލީގަލް ރިޕޯޓުން ވެސް އެނގެން އޮވެއެވެ.

މި ދައުވާ އަށް ނަޝީދު ވަނީ އިންކާރުކޮށްފައެވެ. އެހެންވެ، ދައުލަތުން ވަނީ މި މައްސަލަ ސާބިތު ކުރުމަށް ހެއްކާއި ގަރީނާ ހުށަހަޅައިފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ކުރެއްވި ހުކުމްގައި ފުރަތަމަ ނިންމާފައި ވަނީ ނަޝީދު ތިން މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށެވެ. އެކަމަކު، ގާނޫނުލްއުގޫބާތުގެ ދަށުން އަދަބު ބަދަލުކޮށް 18،000ރ. އިން ޖޫރިމަނާ ކުރަން ހުކުމް ކުރިއެވެ.

އެގޮތަށް ނިންމީ އޭނާއަކީ ވަޒީފާއެއްގައި ހުރި މީހަކަށް ވާތީ އާއި އޭނާގެ މައްޗަށް ކުރިން އެހެން ކުށެއް ސާބިތުވެފައި ނުވުމުގެ އިތުރުން ދައުލަތުން އެކަމަށް ދެކޮޅު ހަދާފައި ނުވާތީއެވެ.

އަދި މި ފައިސާ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށް ހުކުމްގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަރާމް ހުކުމް

    އަޅެ ގާޒީތިނީ އެއްޗެއް ދިރުވާލާފަތަ މީރާއަށް ތިޔަފައިސާ ދިނީމާ ކޮބާތަ އަނިޔާ ލިބުނު މީހާއަށް ލިބޭ ބަދަލަކީ؟

    26
    1
    • ދައުވާ

      ގާޒީ ޖޫރިމަނާއަކުން އެ ނިންމާލީ މައްސަލާގެ ޒާތަށް ބަލާފަ

  2. އަހަރެން

    ހާދަ އަވަހަށް ނިންމާލި މައްސަލަ އެކޭ .. 2016 ކަމެެއް 2023 ގަ

    21
  3. ދޮންއަބުދުއްރަހްމާން

    ދިވެހިރާއްޖޭގެ އިންސާފު އޮންނަނީ އަނިޔާ ލިބޭ މީހާއަށް ލިބޭ އެއްޗެއް ގޮތަށް ނޫން. ދައުލަތަށް ލިބޭ އެއްޗެއް ގޮތަށް .ދައުލަތުން ދައުވާ ކުރަނީވެސް.. ދައުލަތުގެ އިދާރާއަކަށް ޖޫރިމަނާ ދައްކަން ޖެހެނީވެސް. މިފަހަރު އަނިޔާ ދިނީ ދައުލަތުން ، މައްސަލަ ތަޙްޤީޤު ކުރީ ދައުލަތުން ، ދައުލަތުން ދައުވާކުރީ ، ހުކުމް ކުރީ ދައުލަތުން ، ޖޫރިމަނާވެސް ދައުލަތަށް . އަނިޔާ ލިބުނު ކުއްޖާ އަށް ލިބުނު ފައިދާއެއް ނެތް..

  4. ޖަވާދު

    އިިންސާފުވެރި އަދުލުގެ ނިޒާމެއް އޮތް ނަމަ ފުލުހުންގެ ދެބައިކުޅަ އެއްބައި މިހާރު ތިބޭނީ ޖުރުމަނާ ވެފަ

    8
    1
  5. Anonymous

    ޙަޤީޤަތުގައި މިކުށުގެ އަދަބު ކަނޑައެޅިގޮތް ކަމަކު ނުދެ. ކަމެއް ޒިންމާ އެމައްޗަށް ޙަވާލުވެފަ ރައްކާތެރިކަން ދޭންޖެހޭ ފަރާތަކުން އެފަދަ ޢަމަލެއް ކުރީމާ ކޮންމެވެސް ވަރެއްގެ ޖަލު އަދަބެއް ދޭންޖެހޭ. ނުވަތަ އެހެން އަދަބެއް ދޭންޖެހޭ. ޖޫރިމަނާކުރި ނަމަވެސް ކުށް ސާބިތިވެފައިވާތީ. ފުލުހުންގެ ކޯޑާއި ޚިލާފްވެފައިވާތީ ސުލޫކީ ފިޔަވަޅެއް އަޅަންޖެހޭ. ނޫންނަމަ މީހުން ހިފާ ހައްޔަރުކުރުމުގެ ތެރޭގައި ކޮންމެ ފަދަ އަނިޔާދިނަސް އަންނާނީ ޖޫރިމަނާކަން އެނގޭތީ މިފަދަ ޢަމަލުތައް ހިތްވަރަކަށް ލިބިގެންދާނެ

    2
    1
  6. އަޅުޕޮލިހެއް

    ޕޮލިހެއް ކަންފަތް މަތީ ޖެހިނަމަ ވެސް ހަމަ 18000ރ އިން ނިމޭނެ ތަ؟

  7. ކޮތަރު

    ގައިގަ އަތްލާ މާރާމާރީ ހިންގައިގެން ނުވާނެ. އެފަދަ ކަމެއް ކޮށްފިނަމަ އެކަމަކަށް ކަނށައެޅިފައިވާ ހައްގު އަދަބު ދެވެންޖެހޭނެ. ވަޒީފާއެއްގަ ހުރީމައޭ ކިޔާފަ ބުރަކަށީގަ ފިރުމާލާފަ -/5 ރުފިޔާ. އަތުލާފަ ދޫކޮށްލެވިގެން ނުވާނެ. އެކަމަކުވެސް ސުވާލެއް އެބަ އުފެދޭ. އެކުއްޖާ ގައިގަ ޖެހީ އެއްވެސް ކަމެއް ނުކޮށް ހަމަ ރީރިކޮށް ހިނގާލާފަ ދަނިކޮށް ބާވައޭ.

  8. އިސްގާޟީ

    ކްރިމިނަލް ކޯޓައަކީ މިހާރު ސަރުކާރު ހިންގަވަން ލާފައިވާ ޕަޕެޓުން ތަކެއް ތިބި ތަނެއް. ނާސިގަނޑަށް ރުފިޔާކޮޅެއް ލާނެ ފަރާތެއް ނެތުމުން ރައްޔިތުމީހާ ފެލައިގެން ނަމަވެސް ދައުލަތް ހިންގޭތޯ ބަލާބަލަ!