ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލައިގައި ދިވެހި ކަނޑުގެ ސަރަހައްދު ގަތީ އިންޑިއާ އިން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މޮރިޝަސް އާއި ރާއްޖޭގެ އިމުގެ މައްސަލައިގައި ކޯލިޝަން ހަދާފައިވާ އިދިކޮޅު އިއްތިހާދުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ޗާގޮސްއަކީ ކާކުގެ ތަނެއް ކަން ޔަގީންނުކުރެވިގެން ނޫޅޭ ކަމަށެވެ. އެ އިއްތިހާދުން ކަންބޮޑުވަނީ މި ސަރުކާރުން ދިވެހި ކަނޑުން ބައެއް ދޫކޮށްލުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ދެން އުފެދޭ ސަރުކާރަކުން ކަނޑުން ދޫކޮށްލި ބައި އަނބުރާ ހޯދާނެ ކަމަށާއި ރައީސްއަކަށް ހުންނަވާ ބޭފުޅުން އެފަދަ ކަންކަން ނިންމެވުން މިއީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން މަޖިލީހުގެ އެއްވެސް މަޝްވަރާއެއް ނެތި ކަނޑުން ބައެއް ދޫކޮށްލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

" ރައީސް އަކީ ގާނޫނުގެ ދަށުން ވަކި ބާރުތަކެއް ލިބިފައިވާ ބޭފުޅެއް. އެ މަނިކުފާނު ނިންމެވި ނިންމެވުމަކީ ޣައިރު ގާނޫނީ ނިންމެވުމެއް. އެ ނިންމުން އަނބުރާ ލެވޭނެ. ދިވެހި މަސްވެރިން ނިކުމެ އެ ކަނޑުން މަސް ބާނަބާނާ ތިއްބާ އެ ސަރަހައްދު ދޫކޮށްލެވޭކަށް ނޯންނާނެ.އެ ކަނޑު ދޫކޮށްލުމަށް ފަހު އެ ކަނޑުގެ ލައިސެންސް ލިބިގެންދާނީ އެހެން ފަރާތްތަކަށް އެމީހުން އައިސް ނެޓް ޖަހައިގެން މަސްވެރިކަން ކުރީމަ ރާއްޖޭގެ މަސްވެރިކަމަށް އާދަޔާ ހިލާފު ބޮޑު ގެއްލުމެއް ލިބޭނެ. ގާތް ގަނޑަކަށް 10 އަހަރު ފާއިތުވާއިރު ރާއްޖޭގެ މަސްވެރިކަމަށް ބޮޑު އަސަރެއް ކޮށްގެންދާ ތަން ފެންނާނެ." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންގެ ސްޓޭންޑަކީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެއް ނޫނެ ކަމަށެވެ. އެއީ މޮރިޝަސްގެ ތަނެއް ކަމަށް ގަބޫލްކުރާ ދުވަހުން ފެށިގެން ރޯނުދަމަށް އެމީހުން ހިނގައިގަންނާނެތީ ކަމަށް ވިދާޅުވިއެވެ. އެ ރޯނު ދެމިޔަ ނުދިނުމަށް ހުރިހާ ސަރުކާރުންވެސް ބުނަމުން ދިޔައީ އެއީ މޮރިޝަސްގެ ތަނެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ރައީސް ސޯލިހް ފޮނުވި ސިޓީއަކުން އެ ސްޓޭންޑް ބަދަލު ކުރެއްވީ ކަމަށް ވިދާޅުވިއެވެ.

" ކަނޑުގެ ސަރަހައްދު ދިވެހި ސަރުކާރުން ވިއްކާލީ. އެ ސަރަހައްދު ގަތީ މޮރިޝަސްއަކުން ނޫން އިންޑިއާއިން ގަތީ. މީގެ ފަހަތުގައި އޮތީ އިންޑިއާ. އެކަން އެނގެނީ މޮރިޝަސްގެ ފޮރިން މިނިސްޓަރު އިޓޮލޮސްގެ ނިންމުމާއި ގުޅިގެން އެންމެ ފުރަތަމަ ވެސް ޝުކުރު އަދާކުރީ އިންޑިއާއަށް ކަމަށްވާތީ." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އދ ގެ އާންމު މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތީ ކަނޑުގެ ސަރަހައްދު ވިއްކާލައިގެން ކަމަށެވެ. އެ ޑީލްގެ ދަށުން ލިބުނު ނަގުދު ފައިސާގެ އަދަދު އެނގޭނީ ދެން އަންނަ ސަރުކާރަކުން އެކަން ރަނގަޅަށް ބެލުމުން ކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރާއްޖެތެރެ

    ސިޔާސީ ބައެއް މީހުން އިންޑިޔާގެ ހަދިޔާ ދޮލަގު ހިފީމަ ބައެއް ކަންކަން ދިވެހިންނަ އޮޅުވާލަނީ. އިންޑިޔާ ރާއްޖޭން ބާލަން ޖެހޭ.

    34
    5
  2. ޝޮކްތެރަޕީ

    މި ސަރުކާރުގެ ފީކަޅާ ސިޔާސަތުގެ ސަބަބުން ދިވެހިން ބާކީވެ އިންޑިޔާ މީހުން ދިވެހިންގެ ވަޒީފާތަ ފޭރި ގަންނަނީ. ދިވެހިންގެ ވިޔަފާރިތަ ފޭރިގަންނަނީ.

    36
    5
  3. ފަލަސްތީން

    މި ސަރުކާރައް ވޯޓް ދޭމީހުންނަކީ ގައްދާރުން

    35
    7
  4. ދަތްނެތްކުއްޖާ

    ސަހަރޯ! އެ ވިއްކާލީ ކަނޑުގެ ބައެއްތާ! ދެން ވިއްކާލާނެ ކަމަށް ލަފާ ކުރެވެނީ މުޅި ޤައުމުގާ ތިބި ރައްޔިތުން.

    33
    6
  5. އަމޯ

    އެކަންކުރިމީހަކު ވަގުތުން ހަށްޔަރުކޮށް ޖަލަށްލުމަށް ގޮވާލަން ހަގީގީ ގައްދާރުންނަކީ އެކީ.

    4
    1
  6. ކަހަނބު

    މިހާރުވެސް ސޯލިބެއާ އިންޑިއާއިން އަޅުވާއަނދުން ބަލާލަބަލަ ކޮޗިންފެރީ ނަމުގަ ހުސްކޮންޓޭނަރ ހިފައިގެން ރާއްޖެ ބަނދަރުގަ ބޯޓު އޮވެފަ 6 ކޮންޓެއިނަރ ބާލާފަ އަނެއްދުވަހު އިންޑިއާއަށް ފުރަނީ މިއީ ރަށްޔަތުންގެ ލޮލުގައަޅުވާ އަނދުނެއް މިވެރިކަން މިދަނީ މަކަރާހީހީލަތް ހަދަމުން ހުރިހާކަމަކުން އޮޅުވާލަމުން.

    3
    1
  7. އިބްރާހީމް

    ސުވާލަކީ ރާއްޖެ އިން ހޭ މައްސަލަ ލީ؟ މައްސަލަ ލުމުގެ ކުރިން ހޭ ނުވަތަ ފަހުން ހޭ ރައީސް ގެ ސިޓީ ފުޅު ފޮނުވީ؟

    3
    2
  8. ސަސް

    ސިޔާސީ މީހުން އަބަދުވެސް ތެދު ދޮގަށް ދޮގު ތެދައް ހަދާނެ. މޮރިޝަސް ތަނެކޭ ބުނެފިއްޔާ ވިއަކާލީ އިގިރޭސިންގެ ތަނެކޭ ބުނެފިއްޔާ އިސްތިއުމާރީ އަށް ތާއީދު ކުރީ. ރަގަޅު އެއްކަމެއް ނޯންނާނެ.

    3
    4
  9. ލޮލް

    ތަންދޮރު އޮޅުންނުފިލާ ޖާހިލު ގަމާރުން ހަމައެކަނި ސުރުހީ ކިޔާފައި އެއްޗެހިއެއްޗެއްސަށް ކޮމެންޓު ކުރާތީ ދެރައީ.

  10. ދަންނަ

    ދިވެހިނަނަކީ އެއިރަކު ތަޅާބެރަކަށް ނަށާ ބައެއް އުޅޭ ގައުމެއް، ސިޔާސީ ގޮތުން.. އެއްފަހަރު އިންޑިޔާ އައުޓް އަނެއްފަހަރު ޗާގޯސް އިން.... ކިޔާ ބޮޑުވެއްޖެ ކަމެއް.. ހަނގުރާމަ އިއުލާންކޮށް ބިންފޭރޭ ހިސާބަށް ވާހަތައް ދިޔައިމަ ދެން ބޮޑުވަރު. ނިދާ ހޭލާފަ އޮސްޓްރޭލިޔާ އަކީ މިގައުމުގެ ތަނެކޭ ބުނީމަ އެ ގަބޫލު ކޮށްް ވާނުވާނޭގި ހިތުހުރި ގޮތަކަށް ވާހަކަ ދެއްކުމަކީ މިއަދު ހިތާމަ ހުރިކަންކަން. މިރާއްޖޭގެ އަތޮޅުތައް އެއޮތީ ލިޔެފަ .. ހ އިން ސ އަށް. މިއަދު އުފަން ވެގެން އުޅޭ ތަނެއް ނޫން ތިބުނާ ޗާގޯސް އާއި މަލިކަކީ.. މިރޭ ނިދާ ހޭލާފަ ބުނާނެ މަލިކަކީ ދިވެހިން ގެ ތަނެކޭ. އެތަން ހޯދާނަމޭ.. އިންޑިޔާ އާއި ޕާކިސްތާން އަކީވެސް ދިވެހިންގެ ތަނެކޭ... މިއީ ސިޔާސީ ވާހަކަ ތަކަށްވުރެ މާ ސީރިއަސް ވާހަކަ،،،،... ހޭ އަރާ ދިވެހިންނޭ...

  11. ދިވެހި މުސްކުޅިން

    ބަލަނގަ ކަލޯމެންނޭ ފޯޅަވަހި ގެއްލުވާލީ ކުރީގެ މީހުން ހަމަ އެހެންމެ މަލިކުވެސް ގެއްލުވާލީ. މިހާރު ފޯޅަވައްސޭ ކިޔާފަ އެ އުޅެނީ އެތަނުގައި އުޅުނު ގައިރުމުސްލިމުންނާ މި ރާއްޖެ މަސްހުނިކުރަން ބޭނުން ބައެއް