މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުޖުއާނާ އަމިއްލަ ގޭގައި ހައްދައިގެން އުޅުނު މީހަކު މާލެ އިން ހައްޔަރުކޮށްފިއެވެ.

އެމައްސަލައިގައި ހޮނިހިރު ދުވަހު ހައްޔަރު ކޮށްފައި ވަނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ ގަލޮޅުގެ ގެއެއް ކައިރީ މަރުޖުއާނާ ގަހެއް ކަމަށް ތުހުމަތު ކުރެވޭ ގަހެއް ހުރުމުން ފުލުހުން އެގަސް ކައިރީ ތިއްބާ އެތަނަށް މީހަކު އައިސް އެއީ އޭނާގެ ގަހެއް ކަމަށް އެއްބަސްވި ކަމަށެވެ.

އަދި ގޭގެ ބެލްކަނީގައި ވެސް މަރުޖުއާނާ ގަސްތައް ހުންނާނެ ކަމަށް ބުނެ ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނި ކަމަށް ކޯޓު އަމުރުގައި ވެއެވެ. އޭނާ ވަނީ ބަލައި ފާސް ކުރުމަށް ފުލުހުންނަށް އެއްބާރުލުން ދޭނެ ކަމަށް ސޮއިކޮށް ފޯމްގައި އިނގިލީގެ ނިޝާން ވެސް ޖަހާފައެވެ. ނަމަވެސް ފަހުން ކޯޓުގައި އޭނާ ބުނީ ބަލައި ފާސްކުރަން އޭނާ ހުއްދަ ނުދޭ ކަމަށެވެ.

އޭނާ ވަނީ ފުލުހުން އޭނާ އަށް އަނިޔާ ކުރިކަމަށާއި ބަލައި ފާސްކުރި ތަނުގައި ހުރި ތަކެއްޗަށް ވެސް ފުލުހުން ގެއްލުން ދިން ކަމަށް ކޯޓުގައި ބުނެފައެވެ. ނަމަވެސް ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކަށް ބިނާކޮށް ފަނޑިޔާރު ނިންމެވީ އޭނާ ހައްޔަރު ކޮށްފައި ވަނީ އިޖުރާއަތުތަކާއި އެއްގޮތައް ކަމަށެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ ރާއްޖޭގެ އެކި ރަށްރަށުން މަރުޖުއާނާ ގަސްތައް އަތުލައިގަނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާޒާ

    މީހަކު މަރާފާހެކިހޯދައި ފުލުހުން ކޯޓަށް ހެކިހުށަހެޅިޔަސް ކޯޓަށް އޯކޭވާނެ. ފުލުހުން އަނިޔާކުރާކަމާ ގަދަކަމުން އިގްރާރުކުރުވާކަމީ އެންމެން ދަންނަކަމެއް. ފުލުހުން އިޖްރާއަތު ފުރިހަމަކުރަން ހުށަހެޅި ލިޔުމުގައިވާހާ ރީތިކޮށް އެކަން ހިނގިކަމަށް ގަބޫލްކުރަން ވަރަށް ދަތި.

  2. ކިސް

    ތިގޭގަ އެކަނިތަ ހުރީ މާލޭގައި ގަސްއިންދާ ހުރިހާ ގެއެއް ފާސްކުރަން އެބަޖެހޭ.