އާރބަންކޯއިން ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނެއް ގާއިމުކޮށް ނިންމައިފިއެވެ.

މި ޕާކިންގ ޒޯމް ގާއިމް ކޮށްފައި ވަނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯނެވެ/ އަދި ވަރަށް އަވަހަށް މި ޒޯނުން ކާރު ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫ ކުރަން ފަށާނެއެވެ.

އަރބަންކޯއިން ބުނީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްޕާޓް ޕާކިންގގައި ވަރަށް ހާއްސަ ތަފާތު ކަންކަން ހުންނާނެ ކަަމާށެވެ. އެގޮތުން، ޕާކިން ޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓަރ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެއެވެ. މިގޮތަށް ހުށިޔާރުކަމާއި އެކުގައި އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެންމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އަދި މެޝިން ލާރނިންގ (އެމްއެލް) ބޭނުން ކުރެވޭނެއެވެ. މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެއެވެ. މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައްވީސް ގަޑި އިރު ސީ.ސީ.ޓީ.ވީ ކެމެރާ މެދުވެރިކޮށް މޮނިޓަރ ކުރަމުންގެންދާނެއެވެ.

ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިންގ ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެއެވެ. އަދި ކުރު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ވަނީ ތައްޔާރު ކުރެވިފައެވެ. މި އެޕްލިކޭޝަންގެ ސަބަބުން ކުރުމުއްދަތަކަށް ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެކަމަށް އަރބަންކޯއިން ފާހަގަކުރިއެވެ.

މީގެ އިތުރަށްވެސް އަރބަންކޯއިން ބުނީ އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެ ކަމަށެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވުމުގެ އިތުރަށް ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕް ގެ ޒަރީއާއިން ފެންނާނެކަމުގައި އަރބަންކޯއިން ބުންޏެވެ.

ފިތުރޯނު ޕާކިންގ ޒޯނަކީ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިންގ ޒޯންތައް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ތައާރަފު ކުރެވި ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެންދާނެ ކަމަށް އާރބަންކޯއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެކޮއިގެގެ

    ތިޔަތަނުގަ ޕާކުކުރާ ވެހިކަލް ތަކުގެ ސަލާމަތީ ކަން ތައްތަކަކީ ކޮބާބާ މިހެން މިބުނީ ހަތަރުފަރާތުން ތިތަން ފެންނަންއޮންނަހެން ހީވާތީ އެހެންތަންތަނުގަވެސް ކެމެރާހުރޭ

  2. އަހްމަދު

    ބަލަކޮބައިތަމިހާރު ކުރިންހެދި ޕާކިން ބިލްޑިންގް އެތަން އެއްކޮށް ވިއްކާނިމުނީތަ؟

  3. މޮޔަމީހާ

    ތި ވެސްރުފިޔާ ނަގަން ރަގަޅު ކަމެއް، މީހުންނަށް ރަގަޅު އަމުދަނީ ނުލިބޭ އިރު ކާއެއްޗިސް އުޅެނީ އަތްނުފޯރާފަށުގަ، ކުޑަ އެއްރަށަކަށް ގައުުމުގެ އާބާދީ ޖަމާކޮށް ގެން ، ރައިޔިތުން ފެލަނީ! އާދައިގެ ފުށްޕާހަން ކޮތަޅަކަށް 2ރފ ސާބަހޭ!

  4. އާދަނާ

    ދެބެރިއާ އަޅާފަމިކިޔަނީ ޒަމާނީފެންވަރުގެ ޕާކިންޒޯނެކޭ! އިންޑިޔާއިން އުފެއްދި ޒަމާނީ ޕާކިންޒޯނެއްދޯ!

  5. އަބްދޫ

    ދުނިޔޭގެ އެހެން ގައުމުތަކުގަ ހުންނަހެން ޕާކް ކުރުމަށާއި ރެސިޑެންޓް ހިމެނޭ ފުރިހަމަ ބިލްޑިންގަ އަޅާބަލަ . ބިންމަތީ ކުރަހާފަ ސްމާޓްއޭ ޒަމާނީއޭ ކިޔާ ކެމެރާ ބެހެއްޓިޔަކަސް އެއީ ޒަމާނީ އެއް ނޫން . ވަކިސަރަހައްދެއްގެ މަގުމަތި ހުސްކުރުމަށްތަކާ ޓާގެޓް ކޮށް ބިލްޑިންގެއް އިމާރާތް ކޮށް ޕާކްކުރަންފެށީމަ އެއަށް ޒަމާނީ ކިއިދާނެ. ސްމާޓް އޭ ވެސް ކިއިދާނެ. މަގުމަތި ކުރަހާފަ ވަދެނިކުމެހަދަން ހުރަސް ހުއްޓަސް ޒަމާނީ ނުކިޔޭނެ. މިގައުމުގަ ޕާކްކުރަން ފެށީއްސުރަ ޕާކްކުރުމަކަށް ބަދަލެއްނާދޭ ، ދެން ޒަމާނީއޭ ސްމާޓް އޭ ކިޔަކަސް މީހުން ޒަމާނީ ވާނެތަ؟