ހުޅުމާލޭގެ އާއްމު ތަނެއްގައި ދެ މީހަކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

އެމްވީ ކްރައިސިސް އިން އާއްމުކޮށްފައިވާ އެ ވީޑިއޯގައި ބުނެފައި ވަނީ، ހުޅުމާލޭގެ އާއްމު ތަންތަނުގައި ބަދުއަޙްލާގީ އަމަލުތަކާއި ޖިންސީ ގުޅުން ހިންގުން އާއްމު ކަމަކަށް ވެއްޖެ ކަމަށެވެ.

އެ ވީޑިއޯއާ އާ ގުޅިގެން ފުލުުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މީސް މީޑިއާގައި ދައުރުވަމުންދާ، އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަމަލެއް އާއްމު ތަނެއްގައި ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިއާއެކު އެ މައްސަލަ ފުލުހުން ބަލަމުންދާ ކަަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބޯހަލާކު

    އެތަނަކާ އެކަށީގެންނުވާ އަދަދުން މީހުން ތޮތްޖެއްސުމުގެ ނަތީޖާ ތިފެންނަނީ، ،

    27
    11
    • އައްޔަ

      އެޔޯ އަނެއްކާ. އަހަރެމެން އަހަނީ ތަންތަން ފަޅުވީމައޭ އެކަހަލަ ކަންކަން ހިނގަނީ.

      4
      1
  2. އާދަނާ

    މިވެރިކަމުގަ ދީނާހިލާފްކަންކަން އިންތިހާއަށް، މީހުންއުޅެން ހަމައެއްލަމައެއްނެތް، އުޅޭނެގޮތަކަށް އުޅެންވީ، ސަރުކާރު ނުރުހޭބަޔަކަށްނޫން އެހެންބަޔަކަށް ފިޔަވަޅެއްނޭޅެ، އަދުލުއިންސާފެއްނެތް، ވައްކަމާއި ކަރަޕްޝަން ސަރުކާރުތެރޭ އިންތިހާއަށް، އެކަމަކުވެސް ގައުމު އިންޑިޔާގެ އަޅުވެތިކަގަ، ރާއްޖޭގެ މަސްކަނޑުން ބޮޑުބައެއް އިންޑިޔާގެ އެދުމަށް ވިއްކާފަ ކެމްޕެއިނަށް ތައްޔާރުވަމުންދަނީ!

    41
    6
  3. ކޮރަލް

    އެހެން މީހަކަށް ފެނުނީމަ ފުލުހުންނަށް ފެންނާނެ އެވެ. ކެމެރާ ހުއްޓަސް ނުފެންނާނެ އެވެ.

    40
    2
  4. ބަލަ

    ކޮންމެވެސް ތާކު ތިބެގެން އެކަން ވެސް ކުރަން ޖެހޭނެއެއްނު؟ ފުލުހުންނަކާ ކޮން ބެހޭ ކަމެއް؟

    14
    36
  5. ދަރަނި ދަންތުރަ

    ރައީސުލްޖުމްހޫރިއްޔާ އަކަށް ހުރީ ފާހިސް އަމަލުތަކަށް ދެވިހިފާފައިވާ މީހެއް ، ހޯމްމިނިސްޓަރަކަށް ހުރީ ދީނީ ތައުލީމް ހާސިލްކުރަންއުޅެ އެކަން ނުވުމުން އިބިލީސް ކައިރިން ދަރިވަރުވި ލާދީނީ ޖާހިލެއް ، އިސްލާމިކު މިނިސްޓަރަކަށް ހުރީ ދެކަންފަތާ ދެލޯ ހުރިކަން އިހުސާސް ނުވާ ބުރާންޗެއް ވީމާ ގައުމުގައި ތިޔަފަދަ ކިތަށްމެ ކަމެއް ހިގާނެ ، އިންޑިޔާ މީހަކު ނަމަ ގާނޫނު ނުހިގާނެ ، ސޯލިބޭ އަށް ވޯޓު ދިން މީހުން ބާރަށް އަތްޖަހާ

    55
    7
  6. ޒާންބެ

    އޭގެން ފެންނަ މަންޒަރުގެ އެހެން ރައުޔު އެއް މަ ބުނަންތަ! މަށަށް ވިސްނެނީ ޑްރަގް ކަހަލަ ޝައްކު ކުރެވޭ އެއްޗެއް ބޯ ތަން ބަޔަކު ރެކޯޑް ކުރާކަން އެމީހުނަށް އެނގުމުން އޮޅުވާލްން އަންހެން ކުންޖާޑާންސް އެއް ކޮށްލަނީ. ތަސްވީރު ބަލާނީ ތަސްވީރު ކިޔާހެން.

    1
    1
  7. ސުނާ

    ރައްޔިތުން މިފަދަ ކަންކަން ތަހައްމަލް ކުރާތީ އެކަންއެހިނގަނީ. މިތާގަ މިޒާތުގެ ކަންކަމަކީ މުޖުތަމައު ހަލާކުކޮއްލާފަދަ ނުބައި ހަރާމް ފިތުނަވެރި ކަންކަން ކަމުގައި ގަބޫލުކޮއްއެކަން އިޚްލާސަތެރިކަމާއި އެކު ގައުމީ އަދި ދީނީ ހެވަށް އެދިގެން ހުއްޓުވަން އުޅޭނެ ވެރިޔެއް އަދި މުއައްސަސާއެއް ނެތެވެ. ފުލުހުންނަކީ ހަމައެކަނި ސަރުކާރު ބަލަހައްޓަން ތިބޭބަޔަކު ކަމުގައި ވެ އެތިބެނީ ވިކިފައެވެ. ހޯމް މިނިސްޓަރަށް ނުބައި ކަންކަން ނަހީ ކުރުމާއި ހެޔޮކަންކަމަށް ގޮވާލުމަކީ ވާޖިބެއްކަން އިނގޭއިރު އަދި އެވާޖިބު އޭނާގެ މައްޗަށް މިއަދު ބޮޑުކަން އިނގޭއިރު އޭނާގެ ފަރާތުންވެސް މިފަދަ ކަންކަމުގައި އެކަށީގެންވާވަރުގެ ފިޔަވަޅުއަޅާ ތަނެއް ނުވަަތައެކަމާ ދެކޮޅަށް ވަކާލާތު ކުރާތަނެއް ނުފެނެއެވެ. މިފަދަކަންކަން ހުއްޓުވޭނީ ދެން ރައްޔިތުން ނިކުމެއް މިފަދަ އަމަލުތަށް ކުރަން ތިއްބާގޮސް އެކަން ކުރާމީހުންގެ ޒަމާން ދުއްވާލާގެންނެވެ. އެގޮތަށް ރައްޔިތުނއ ހިއްވަރާއިއެކު މަސައްކަތް ކުރަންފަށާއިރަށް މިބާވަތުގެކަންކަނަ އިސާހިތަކު ހުއްޓިގެން ހިނގައިދާނެއެވެ. މިނޫން ހައްލެއް މިއަދަކު ލިބޭކަށެއް ނެތެެވެ.

  8. ޝާފް

    ފުލުހުންނަށް މުޅިންވެސް އަންނާނީ ސަމާލުކަމަށް. އެއްވެސް ކަމެއް ހައްލެ ނުކުރެވޭނެ ފުލުހުންނަކަށް. މުސާރަ ނަގައިގެން ޕޮލްކޯ ހިންގޭނީ.

  9. ާްއަލީ

    ހަމަ ތިކަހަލަ މަންޒަރު ދިވެހި ފިލްމު އިންޑަސްޓްރީ އިން ނެރުނަސް އޯކޭ

  10. Anonymous

    ބަލަން ތިބޭތި. މަގުމަތީގައި ޒިނޭކުރާތަން ވެސް އަދި ފެންނާނެ. ކީއްވެ؟ އަހަރެމެން ބޭނުންވަނީ ފައިސާ. ފައިސާ ލިބޭނަމަ ގެދޮރަށް ކާފިރުން ގެނެސްގެން ކާފިރުންނާއެކު ބިރަކާނުލައި މަޖާކުރަން އަހަރެމެން މިތިބީ. ދެން ކީކޭ ކިޔާކަށްތަ؟ އެބަޔަކު އަމިއްލައަށް ކުރިކަމެއް އެބަޔެއްގެ ތެރޭގައި އޮންނާނީ.