ބ. އަތޮޅު އޭދަފުށީގައި ދެ ސައިކަލެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، އެރަށުގައި ދެ ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 5:11 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި، މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ދެ މީހުންނަށް އަނިޔާވެގެން އެރަށުގައި ހުންނަ ހޮސްޕިިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ދެ ފިރިހެނުންނަށެވެ.

"އެތަނުން އެކަކުގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ". އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް އެ މީހުންނަށް ލިބުނީ ކޮން ކަހަލަ އަނިޔާތަކެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، މި ދެ މީހުންނަކީވެސް ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ ދެ މީހުން ކަަމަށެވެ.އ ަދި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުފުރާ ބޮޑޭ

    މަޑީ ދުއްވޭލެއް... ސައިކަލް މައްޗަށް އަރާފިއްޔާ ދުނިޔެމަތީ ކަމެއް ނުހުރޭ ، ތިޔަ މީސްމީހުންނަކީ މީހަކު ދައްކާ ވާހަކައެއް ދޭ ނަސޭހަތެއް ގަބޫލު ކުރާ ބައެއްނޫން ..ހުރި ވަރެއް ޖާހާފަ ދުއްވާނެ