ބ. އަތޮޅު އޭދަފުށީގައި ދެ ސައިކަލެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހާލު ސިރިއަސްވި ޒުވާނާ މާލެ ފޮނުވާލައިފިއެވެ.

އެރަށުގައި ބަނދަރު ސަރަހައްދުގައި ދެ ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވަނީ މިއަދު ހަވީރުއެވެ.

އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 5:11 ހާއިރު އެވެ..

ފުލުހުން ވިދާޅުވިގޮތުގައި، މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ދެ މީހުންނަށް އަނިޔާވެގެން އެރަށުގައި ހުންނަ ހޮސްޕިިޓަލަށް ގެންދިޔައެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ދެ ފިރިހެނުންނަށެވެ.

"އެތަނުން އެކަކުގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ". އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު"އަށް މައުލޫމާތު ލިބިފައިވާގޮތުގައި، މި އެކްސިޑެންޓްގައި ހާލު ސީރިއަސްވި ޒުވާނާ މިހާރު ވަނީ މާލެ ފޮނުވަައިލާފައެވެ.

އޭނާއަށް ލިބިފައި ވަނީ ކޮން ކަހަލަ އަނިޔާތަކެއް ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޝަފާގު އިބްރާ

    ތާރު އެޅުމުގެ ނަތީޖާއަކީ މުށެއް ހަމަނުވާ ރަށަކަސް ސްޕީޑް އިންތިހާއަށް ބާރުވެ މިފަދަ ނުރައްކާތެރި ހާދިސާތައްއިތުރުވުން.