މަތީ ތައުލީމް ދިނުމަށް ދެމުންގެންދާ އެހީ އަކީ ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ގާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމެންޓެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕާއި، ހައި އެޗީވާސް ސްކޮލާޝިޕް ހާސިލް ކުރާ ދަރިވަރުންނަށް އެކަމުގެ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރަސްމީ ތައުލީމުގެ މުޅި ތާރީހަށް ބަލާއިރުވެސް، މަތީ ތައުލީމު ހާސިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނެތްހާ ގިނަ ފުރުސަތުތައް މިހާރު އޮތް ކަމަށެވެ. އަދި މީގެ ކުރިން ބޭރު ގައުމުތަކުން ސްކޮލަރޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ދިވެހި ދަރިވަރުންނަށް ބޭރު ގައުމުތަކުން މިހާރު ސްކޮލަރޝިޕްތައް ލިބޭ ކަމަށްވެސް ވިދާޅުވިއެވެ.

"ފުދުންތެރިކަން ނެތް އާއިލާތަކުގެ ދަރިވަރުން މަތީ ސާނަވީގައި ރަނގަޅު ނަތީޖާ ހޯދިޔަސް، އިތުރަށް ކިޔެވުމުގެ ފުރުސަތު، މީގެ ކުރިން އޮތީ ވަރަށް ހަނިކޮށް. އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކަށްވީ އެ ތަފާތުތައް ނައްތައިލުން. މިއަދު ދިވެހި ކޮންމެ ދަރިވަރަކަށް އެ ފުރުސަތު އެބައޮތް. އަޅުގަނޑުމެން ތައާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ދަރިންނަށް މަތީ ތައުލީމު ދިނުމަށްޓަކައި ރާއްޖޭގައި މިހާތަނަށް ފެށި އެންމެ ބޭނުންތެރި ޕްރޮގްރާމް. އަދި، ދަރިންނަށް ކިޔަވައިދީގެން އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ގޮތުންވެސް ރާއްޖޭގައި މިހާތަނަށް ހިންގަމުން އަންނަ، ނަތީޖާ އެންމެ ރަނގަޅު ޕްރޮގްރާމް،". ރައީސް ވިދާޅުވިއެވެ.

ހައި އެޗީވާސް ސްކޮލާޝިޕް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައިސް އޮފީސް

އޭގެ އިތުރުން، ރައީސް ވިދާޅުވީ، ލޯނު އެހީގެ ދަށުން މަތީ ތައުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތުތައް ވެސް ކުރިއާ އަޅައި ބަލާއިރު، މިހާރު ވަރަށް ބޮޑުތަން އިތުރުކުރެވިފައިވާ ކަމަށެވެ. އެގޮތުން މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 6 ފަހަރަކު ވަނީ ހުޅުވައިލެވުނުއިރު، އެ 6 ފުރުސަތުގައި ކުރިމަތިލި، 1986 ދަރިވަރަކަށް މިހާރު ލޯނުގެ އެހީ ދެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"މި ދެންނެވި 1986 ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކިޔެވުން މިހާރު ނިންމައިފި. އަދި މިހާރުވެސް 831 ދަރިވަރުން އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުން އެބަގެންދޭ. އަދި ބައެއް ދަރިވަރުން މިހާރު ތިބީ ކިޔެވުން ފަށަންވެސް ވެފައި".

އެގޮތަށް ވިދާޅުވަމުން ރައީސް ފާހަގަކުރެއްވީ ކުދިންނަށް ކިޔަވައިދިނުމަށް، އަދި މަތީ ތައުލީމާއި ތަމްރީނު ހޯދައިދިނުމަށް، ސަރުކާރުން މިދޭ އެހީތަކަކީ، ދައުލަތުން ކުރާ ހަރަދުތަކުގެ ވާހަކައަށެވެ. އެގޮތުން އެއީ އޭގެ އަންދާޒާ މުގާބިލު ވަރަށް ބޮޑު، އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ގާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމެންޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މަތީ ތައުލީމަށޭ ކިޔާފައިދޭ ފައިސާއަކީ ސީދާ ބުރުމާ ގާސިމު އިތުރަށް މުއްސަނދިކުރަން ވިލާ ކޮލެޖަށް ދޭ ހަރާން ފައިސާ. މަތީ ތައުލީމަށް ހެޔޮ ގޮތުގައި ހޭދަކުރާނަމަ ފައިސާ ދޭނީ މިރާއްޖޭގެ ސަރުކާރުގެ ދެ ޔުނިވަރސިޓީގެ ކޯސްތަކުގައި ކިޔަވަން. އެހެން ތަނަކަށް ފައިސާ ދޭންވާނީ އެ ދެ ޔުނިވަރސިޓީގައި ނެތް ކޯސްތަކުގައި ކިޔަވަން. ކިނބުލަށް އެނގިއްޖެތަ؟

  2. އަބްދުﷲ ސާހިދު

    ފުރަތަމަ ކަލޭ އިބޫ ކިޔަވަންވީ ތިޔަ ލޯން ނަގައިގެން ، އިންޑިޔާ ބަސް ، ދިވެހިބަހުން ލިޔެފައި ހުންނަ އިނގިރޭސި ބަސްތައް ޖަލްސާ ތަކުގައި ކިޔަން އުނދަގޫހެން ހީވާ ބަަސްތައް ހޯދައިން ގެން

  3. ޑައެލޯގް

    ދުރާލާ ވިސްނާނަމަ އެވަރަށް ލޯނެއްނުނަގާނެއެވެ. އެކަން އިބޫވެސް ބުނެފަވެއެވެ. ޔާމީނު އިރުގައި އިބޫބުނީ ޔާމީނު ލޯނުނަގައި ދަރުވައިފިއެވެ. އެކަމަކު އެއަށްވުރެ 10 ގުނައިތުރަށް އިބޫނަގައިފިއެވެ. ދުރާލާވިސްނާވަރުގެ ބޮލުގެ ތެތްކަމެއް ކިނބުލެއްގައި ނުހުންނާނެއެވެ.

  4. Anonymous

    އިލްމުވެރި ޕްރޮފެސަރުން ފެންވަރުގެ ވެރިންނަށް އެނގޭނެ ތިކަންކަން. ދިވެހިރާއްޖޭގެ ވެރިއަކަށް ހުންނެވީ ދުނިޔެއިން ބޭރުން ކިޔަވައިވިދާޅުވެފައި ހުންނެވި ބޭފުޅެއް. ނިކަން މޮޅުވާނެ.