ޝަރީއަތަށް ހާޒިރުނުވެގެން ވީތަނެއް ނޭނގޭކަމަށް ބުނެ އިއުލާނު ކުރީ ބަނދުނާމު ކުރުމަށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ރޯކޮށްލަން ގޮވާލި އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ.

އައްބާސް ޝަރީއަތަށް ބޭނުންވެ ވީތަނެއް ނޭނގޭތީ އޭނާ ހޯދުމަށް ފުލުހުން ވަނީ މިއަދު އިއުލާނުކޮށްފައެވެ.

ޢައްބާސް ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ ފަނާކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މިއަދު 14:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

އޭނާގެ މައްޗަށް މި ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު މީސް މީޑީއާ މަންސާއެއް ކަމަށްވާ "ކްލަބްހައުސް" ގައި އޭނާ ވާހަކަ ދައްކަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީ ކަމަށެވެ.

މީގެ އިތުރުން އޭގެ ޖެހިގެން އައި ދުވަހު ޢައްބާސް ބޭނުންކުރާ ޓުވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓް ކޮށްފައިވާތީ ކަމަށް ވެސް ދައުވާ އުފުލި ސަބަބު ހާމަ ކުރަމުން ޕީޖީން ބުންޏެވެ.

ފުލުހުން ކުރި އިއުލާނާއި ގުޅިގެން އައްބާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ޗެނަލް 13 ގެ ހެނދުނުގެ ޕްރޮގްރާމެއް ނިންމާފައި ނުކުތްތަނާ ފުލުހުން އޭނާ ހައްޔަރުކޮށް ލާއިންސާނީ އަނިޔާކޮށްފައިވާ ކަމަށެވެ.

އެ މައްސަލަތައް އޭނާގެ ފަރާތުން ހިއުމަތް ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައި ކަމަށް އައްބާސް ވަނީ ވިދާޅުވެފައި ވެއެވެ. އަދި ގާނޫނާއި ގަވައިދުގައިވާ ގޮތުގެ މަތިން 30 ދުވަހުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގުކޮށް ރިޕޯޓެއްދޭންޖެހުނު ނަމަވެސް މިއަދާއި ހަމަޔަށް އެ ހައްގު ނިގުޅައިގަނެވިފައި ކަމަށް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"ކްރިމިނަލް ކޯޓުން އަޅުގަނޑު ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ކަނޑައަޅާ ދޫކުރީ 13 ޖެނުއަރީގައި. ޝަރުތަކީ 30 ދުވަހު ތެރޭގައި ފުލުހުން މި މައްސަލަ ތަހުގީގުކޮށް ނިންމުމާއި އެ މުއްދަތުގައި އަޅުގަނޑު ފުހުލުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް. އެ މުއްދަތު ހަމަވީ 13 ފެބްރުއަރީ 2023 އަށް." އައްބާސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އައްބާސް ވިދާޅުވީ އޭނާގެ ބައްޕަގެ ފުރާނައަށް ނުރައްކާވާ އާލާސްކަންފުޅެއްގައި ރާއްޖެއިން ބޭރަށް ފަރުވާ ހޯއްދެއްވުމަށް ދާންޖެހި، އެހީތެރިއެއްގެ ގޮތުގައި ރާއްޖެއިން ފުރީ އޭނާގެ މައްޗަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި މައްސަލައެއް ހުށަހަޅާފައި އޮތް ވަގުތަކު ނޫން ކަމަށެވެ. އޭނާ ރާއްޖެއިން ފުރީ ގާނޫނާއި ގަވާއިދުގެ ތެރޭގައިކަން ސަރުކާރުގެ އިދާރާތަކަށް އެގެން އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި މައްސަލައިފައި އަޅުގަނޑުގެ ދިފާއުގައި ވަކާލާތުކުރަނީ މިއަދާއި ހަމައަށްވެސް ލޯޔަރަކު މެދުވެރިނުކޮށް އަޅުގަނޑު އަމިއްލަޔަށް ކަން ފުލުހުންނަށާއި ޕީޖީއަށް އެނގިތިބެ، އަޅުގަނޑާއި ގުޅޭ ނަންބަރާއި އަޅުގަނޑުގެ އާއިލާގެ މައުލޫމާތު ލިބިތިބެ އަޅުގަނޑު ބަދުނާމުކުރުގެ ބޭނުމުގައި ޝަރީއަތައް ގޮވާ ނުފެނުނު ކަމަށް ހަދައިގެން ސަރުކާރުން ހިންގަމުން ގެންދާ ފިނޑި އަމަލު ކުށްވެރިކުރަން." އައްބާސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އައްބާސް ބަޔާނުގައި ވަނީ މިއަދު ރާއްޖޭގައި މިއޮތް "އިންޑިޔާގެ ގޮނޑި ކޮއްކޮ" ސަރުކާރު އޭނާ ބަދުނާމުކުރުގެ ކެމްޕޭނެއް ހިންގަމުން ގެންދަނީ އިންޑިއާގެ އަޅުވެތި ކުރުމުގެ ސިޔާސަތުތަކާއި ދެކޮޅަށް ދައްކަމުންދާ ހޭލުންތެރި ކުރުވުމުގެ އަޑުކަނޑުވާލުމުގެ ނިޔަތުގައި ކަމަށެވެ.

އައްބާސް އޭނާގެ ބަޔާނުގައި ހާމަކުރައްވާފައިވާ ގޮތުގައި އަންނަ ޖޫން މަހުގެ ދެވަނަ ދުވަހުގައި ރާއްޖެއަށް ވަޑައިގަތުމަށް މަސައްކަތް ދަނީ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބްދޫ

    ބަދުނާމެއްނޫން މަސްހޫރު ކޮށްލީ

    1
    1
  2. ސީޕީ

    ގަޓް ހުރިއްޔާ އާދެ ބަލަ ފުލުސް އޮފީހަށް..

    2
    3
  3. މޯދީ

    އިންޑިޔާއަށް އާދޭ ކަލެއަށް ހުރިހާ ކަމެއް ހިލޭ ކޮއްދޭނަން..

    1
    3
  4. ކެލާ އާރިފް

    ކޮންހާސަރުތަކެއް ދަމާކަށް، އަދިވެސް ދޮގެއްއޮތިއްޔާ ހަދާލާތި، ބައްޕަގެ ބޭސްފަރުވާއަކަށްވެސް ނޫންގޮސްގެންތިއުޅެނީ، ތީހަމަފިލަންވެގެން ދިޔައީ، ފިލި ވަހީދުގެ ތަރުޖަމާނެއްނުންތީ، ފިލަން ވަރަށްރަނގަޅައް ދަސްކޮށްފަހުންނާނީ، އަދިވެސް ޕޯޑިޔަމްތަކުގަ ހަޅޭލަވާ މާގައްޑާ މީހަކަށްހެދިގެންއުޅޭތި، ކަމަކާޖެހުނީމަ މިހާރުތިހުރީ ސައިޒްވެފަ ހަހަހަހަހަހަ

  5. އެއްލޯޖޯބެ

    ކަލޭގެ އަގެއް ހުރި ނަމެއް އޮތް ނަމަދޯ ބަދުނާމު ވާނީވެސް