ތޫނު އެއްޗަކުން ހަމަލާދީ ސ. މަރަދޫފޭދޫ، ބްލޫސްޓަރ، އަހުމަދު ޝުއައިބު މަރާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އޭނާގެ ކޮއްކޮ ހުސެއިން މަވާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފިއެވެ.

މަވާޒް އިއްޔެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމުން ހައްޔަރުކޮށް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރީ މިއަދު އެވެ.

ފުލުހުން ވިދާޅުވީ މަވާޒްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން މިއަދު ވަނީ އަމުރު ކޮށްފައި ކަމަށެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގޯޔާ

    ދީނުގަ އޮންނަ ހުކުން އަވަސް ކުރަންޖެހޭ. އެތައް ދުވަސްތަކެއް ބަންދުގަ ބަހައްޓާފަ، މަރަށް ހުކުމް ކުރިޔަސް އެތައް މަރުހަލާއެއް ކަޑައްތުކޮއްލަ ކޮއްލާ އަހަރުތައް ވޭތުވާތަން ފެންނަނީ. އިންސާފު ނުލިބޭ

  2. ސާބަސް އަޙައްމާ ...

    ވެރިކަމުގަ ތިބި މީހުންނަށް ތިގޮތް ހަމަ އޯކޭތޯ؟ މިފަދަ މީހުންނަށް ދޭނެ އަދަބު ދީނުގަ ގުރުއާނާއި ހަދީސްގަ އަދި ގާނޫނުގަ އޮއްވާ އެކަންނުކޮށް، އަޅުގަނޑުމެން އަތުން ޓެކްސް ނަގައިގެން ތީގެކޮންމެ ކުއްވެރިއަކަށް -/20000ރ ޚަރަދުކޮށްފަ ތިޔަ ހިންގަނީ ވެރިކަންތޯ؟ ތިއަށްވުރެ މާ ރަނގަޅުވާނެ "ރީފަ" ދަނޑިން ތެޅިޔަސް...