ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދިވެހި ރައްޔިތުންނަށް ހިޔާނާތްތެރިވެވަޑައި ނުގަންނަވާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނާ ރައީސް ސޯލިހު ބައްދަލު ކުރެއްވުމަށް މިރޭ، ހިތަދޫ ސިޓީ ސްކެއާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ރައީސް ސޯލިހާ އެކީ ވަރަށް ގާތުން މަސައްކަތް ކުރެއްވިފައިވާ ކަމަށާއި ނަމަވެސް މިއަދު ބައެއް ފަރާތްތަކުން އެމަނިކުފާނުގެ ބޮލުގައި އެކި ކަހަލަ ތުހުމަތުތައް އަޅުވަމުން އަންނަ ކަމަށެވެ.

ނިޒާރު ވިދާޅުވީ، ކައިރިން މަސައްކަތް ކޮށްފައިވާ ބޭފުޅަކަށްވާތީ ރައީސް ސޯލިހް ރާއްޖޭގެ ރައްޔިތުންނަށް ހިޔާނާތްތެރިވެވަޑައި ނުގަންނަވާނެ ކަމަށާއި އެކަމާ ދޭތެރޭ އެއްވެސް ސުވާލެއް ވެސް ނުއުފެދޭ ކަމަށެވެ.

"ހުރިހާ ކަމެއް ތަޖުރިބާ ކުރައްވަން ޖެހުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ރައީސެއް ރާއްޖޭގެ ރައްޔިތުންނަށް ހިޔާނާތްތެރިވެވަޑައި ނުގަންނަވާނެ. އެއަކު ޝައްކެއް އަޅުގަނޑެއް ނުކުރަން. އަދި ރައީސް އާއި އެކި ތިއްބެވި ގާތް އެއްވެސް ބޭފުޅަކު އެއަކަށް ޝައްކެއް ނުކުރައްވާނެ"

ނިޒާރު ވިދާޅުވީ، މީޑިއާތަކުން ދައްކާ ވާހަކަތަކަކީ ރާއްޖޭގެ ސިޔާސީ މަސްރަހުން ކުރިއަރަން ވެގެން ދައްކާ ވާހަކަތަކެއް ކަމަށާއި އެފަދަ ފިތުނަވެރި ވާހަކަތަކުގައި ޖެހުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ސުލްހަ މަސަލަސްކަމާއި އެކީ މި ތަޖުރިބާ ކުރެވުނު ފަސް އަހަރު އިތުރަށް ދަމާލައިފިނަމަ، ރާއްޖެ އެއްކޮށް ސުލްހަ ކުރެވޭނެ ކަމަށް ވެސް މި ޖަލްސާގައި ނިޒާރު ވަނީ ވިދާޅުވެފައެވެ. އަދި ރައީސްއަށް ކޮންމެ ފަދަ ތުހުމަތެއް ކުރެއްވި ނަމަވެސް އެމަނިކުފާނު ހުންނަވާނީ އަޑު އައްސަވައިގެން ކަމަށާއި އެކަމަކާއި ގުޅިގެން އެއްވެސް ކަހަލަ ރައްދެއް ވެސް ނުދެއްވާނެ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކާފަބޭ2020

    އެންމެ 35 ވީމަ ދެންހަމަ😆😆😆😆😆😆😆😆😆😆

  2. ޗާގޯސް ބޮޑު ކަތީބު

    ނިޒާރު ގެ ވާހަކަ އަށް މި ރަށު ރައްޔިތުން ގެ ފުލްތާއިދު އޮތް ވާހަކަ ދަންނަވަން

    3
    11
  3. ހުސެން

    ކަނޑު ސިއްރު ސިޓީއަކުން ވިއްކުން ހިޔާނާތެއް ނުވާނަމަ ކަލޭ ހިޔާނާތުގެ މާނަ ދަސްކުރަން ކޯހެއް ހަދަން ފެނޭ .އެއީ ބޮޑޫ ގައްދާރެއް .މައްކާރެއް .ރައްޔިތުން ފެލައިގެން ވައްކަން ކުރާ މީހެއް .މި ކަހަލަ ޙާއިނުންނަށް ސަނާ މިކިޔަނީ ރީލޯޑް ލިބޭވަރުން ދޯ މޮޔަރ

    14
  4. އެައްގޮތަކަސް

    އިންޑިޔާއަށް ރާއްޖެ ވިއްކާލާ ކަންޑު ފޯޅަވައްސައް ވިއްކާލި.
    އެވެސް ދެން ބުނޭ ޔާމީނޭ

    13
    1
  5. ސޯޓް

    އަމިއްލަ ސޯޓް ބޭލޭ އިރުވެސް ދިފާއު ކޮއްފަ ބަހައްޓާ

    17
    1
  6. އަލީ

    އޯލްރެޑީ ވެއްޖެއޭ....ކަނޑު ވިއްކާލާފަ ގޮސް މިހާރު އައްޑޫ ރައްޔތިުން އެ ހައްދަނީ..

    13
    1
  7. ކަޅުސޮރު

    އެކަމަކު ކިހެނެއް ތިޔަކަން ބަޔަކު ޤަބޫލުކުރާނީ މިސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އެބުނަނީ ރައްޔިތުންގެ ފައިސާއިން ތިރީސްހަތްމިލިއަންރުފިޔާ ނަގައި ކަޅުދަބަހުގަގެންދިޔަވާހަކަ އަދިއެވެސް އެއްވެސް ހައިސިއްޔަތެއްނެތި ދެންކީކޭބާބުނާނީ

    11
    1
  8. އަހްމަދު

    ކަލޭ ބުނީމާ އަހަރުމެން ވީ ޤަބޫލު ކުރަންތަ! ރައްޔިތުން ގެ މަޖްލީހަށް ހޮވީމާ ހިޔާނާތްތެރިވި މީހަކު ދައްކާ ވާހަކަ ޤަބޫލު ކުރާނެ މީހަކު އުޅެނެހެނެއް ހީއެއްނުވޭ!!!

    14
    1
  9. އަހަރެންގެ ވަގުތު

    ނުކުޅެދޭ މީހުންނަނަށް ޚިޔާނަޓް ތެރިވެއްޖެ، އެމީހުންގެ ބަދު ދުޢާ ލިބޭނެ

    12
    1
  10. ޗާގޯސް

    މޭޔަރުވެސް ތިޔައީ ޣައްދާރެއް....

    13
    2
  11. ހުސޭނުބޭ

    ތި ބުނަނީ ކަޅު ދަބަހެއްގައި 35 މިލިއަން ޚިޔާނާތް އުފުލި ޗޯރެއްގެ ވާހަކަ!

  12. މުގުރާން

    ކިތަންމެ އަޑަށްބާރުލާފަ ބުންޏަސް ދިވެހިގައުމަށް ޣައްދާރު ނުވާކަމަކަށް ނުވާނެ އެއްކަމެއް ދެކަމެއް ނޫނޭ ނިޒާރޫ އެގުރިމެންޓެއް ހެދިޔަސް ފެންނަނީ ޣައްދާރުވާ ތަނޭ އެދުންވެރިކަމާއިގެން ސިކުނޑި ކަނުވީމަ ކަލެއަށް ނުފެންނަނީ !!!

  13. އިސްޢާފް ސަލީމް

    އަޑުއަހާ ކަލޭ!
    1. 5 އަހަރު ނުވަނިސް 3 ފަހަރު ފައިސާ ޗާޕްކޮށް އެފައިސާ މަނިޓަރީއަށް ނުވައްދާ
    2. 900 އަހަރަށްވުރެ ގިނަދުވަސް އިސްލާމްދީންމަތީ އޮތްާއްޖޭގެ ދީން ބަދަލުކުރުމަށް ކުރިމަސައްކަތުގެ ތެރޭގައި ހިމެނޭ އެންމެން އަރިހުގައި ބޮޑުވަޒީފާގައި
    3. ބޮޑު ތިޖޫރީގައި ހުރި 900 މިލިޔަން ޑޮލަރު ގާތްމީހުނަށް ބަދަލަކާ ނުލައި ބަދަލުދީ ތިރިއަރުވައިލުން
    4. އެތައްޒަމާނެއްސުރެ އެއްވެސް ބޭރުގެ ބަޔަކަށް ބާރު ނުފޯރުވުނު މި ދިވެހި ޤަވްމު ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލާ އަޅުވެތިކަމަށް މަގުފަހިކުރުން
    5. ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ބައެއް ޤާނޫނުތަކާ ޚިލާފަށް ބޭރުގެ ބާރަކަށް ވިއްކައިލުން
    6. ވޯޓުންނާ މަކަރުލައިގެން ހޯދި ވެރިކަން އަންގާނުލާ އެހެންމީހަކަށް ޙަވާލުކޮށްފައި އުންވެސްއަޅާނުލާ ހުރުން
    7 މަސްވެރިން ބާނާ މަސްކޮޅު ކިރޭގޮތެއް ނެތި ފައިސާދިނުމުގައިވެސް ދަތިކުރުން
    8. ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނީ ހުވައި އުވައިލުން
    މިހެންގޮސް ބައިވަރު

  14. ޔަވްމިއްޔާ

    އޯއި ނިޒާރޫ! ކަރަ ލޫދާގެންއޭވަރަށް ކިތައްމި ވަރަކަށް ރިތިފެއި ތަ އަޑަލެވިޔަސް حقيقة ވޭޱެއި حقيقة އަށް! ލިޔެފައި އޮތް އެއްޗެއް ބަލައިގެން ނޫނިއްޔާ - ދިވެހިބަހުގެ އެންމެ ޖުމުލައެއްވެސް ބުނަން ނޭނގޭ - ނިޒާރުމެންގެ ރައީސު ވިދާ(ގޯ)ޅުވީ " ވޭތުވެދިޔަ 65 އަހަރުގެތެރޭގައި އެއްވެސް ކަމެއް ކޮށްދެވިފައި އޮތްނަމަ މިއަދު މިހުރިހާ ކަމެއް މިއަތޮޅުގައި افتتاح ކުރަން ނުޖެހޭނެ" ކަމަށެވެ!! 😨
    ހަމަ އެ ރައީސު މިއަތޮޅުގައި ބިންހިއްކުމުގެ مشروع އެއް افتتاح ކުރުމަށް އިއްޔެ މިއަތޮޅުގައި ބޭއްވި جلسة އަކަށް އިޝާރާތް ކުރައްވަމުން - މިއަދު ސަރުކާރުގެ (ނުފޫޒުގެދަށުން ހިންގާ) މީޑިޔާާއެއްގެ ހެނދުނުގެ ޕްރޮޕަގަންޑާގައި ވިދާ(ގޯ)ޅުވީ " ވޭތުވެދިޔަ 50 އަހަރުގެ ތެރޭ އައްޑުއަތޮޅުގައި ބިންހިއްކުމުގެ މަސައްކަތެއް ކޮށްފައި ނުވޭ" އެވެ. ނަމަވެސް މިއީ - ކަނޑައެޅިގެން - ހައްތަހާވެސް ބޮޑެތި ދޮގު ކަމަށް (10 އަހަރުން މަތީގެ) ކޮންމެ ދިވެހި ރައްޔިތަކު ހެކިވާނެކަމީ މެނުރު އިރު ފަދައިން ކަށަވަރު يقين ކަމެކެވެ. مجرب 😜

  15. މާމީ

    ބީތާއެއް ތަ

  16. ސޯލޭ

    އޭނައަކީ ރަތްލާޖެހި ޗޯރެއް ސާފުވެއްޖެތަ ނިޒާރޫ

  17. ނާދިރާތަ

    މި ސޮރަށް ފިރުޢައުނާއި ހާމަނުވެސް އޯކޭ

  18. އަބްދޫ

    ދުނިޔޭގެ ގައުމުތަކުން ހަނގުރާމަ މިކުރަނީ އިތުރު ބިން ހޯދުމަށާި ލިބިގަތުމަށް .ރާއްޖެއިން ފޯޅުވެއްސަކީ ރާއްބަޔެކޭ ނުބުންޏަސް މޮރިސަސްގެ ތަނެއްނޫނޭ ބުނަމުން އައުމާއި ޖޯގްރަފިކަލް ގޮތުން ރާއްޖެ ސަރަހައްދު ހިމެނޭ ބައެއްގާ އޮތްތަނަކަށް ވުމުން ނާއި އިންވަކިކުރަން ވާހަކަ ނުދެއްކުމަކީ އެއީ ރާއްޖެ ބައެކޭ ބުނުން . އަދި އެތަން 16 ވަނަ ގަރުނުންފެށިގެނވެސް މިއޮންނަނީ ބޮޑުބާރެއްގެ އަތްދަށުގަ އެ ބާރުތަކުންވެސް ރާއްޖެއާއި ފޯޅުވެއްސާއިދެމެދުގެ އިމުގެ ވާހަކަ ނުދައްކާ އެމީހުންވެސް ގަބޫލުކުރޭ ރާއްޖޭގެ ބައެއްކަމަށް. މިހެން އޮއްވާ ގާނޫނުއަސަސީއާއި ގާނޫނާއި ހިލާފު ސިއްރު ސިޓީއެއް މޮރިސަސްއަށް ފޮނުވުމަށްފަހު ނކުރިން ބުނަމުންއައިގޮތް ބަަލުކޮށް މޮރިސަސްގެތަނެކޭ ބުނި އިރު ފޯޅުވެހި އޮތީ ރާއްޖޭގެ ބޯޑަރު ކަމަށް ކިޔާ ސަރަހައްދު ފުށުއަރާފަ 500 ކިލޯމީޓަރުހާ ކައިރީގަ މޮރިސަސް މިއޮތީ ފޯޅުވެއްސާއި 1500 ކިލޯމީތަރުގެ ދުރުމިނުގަ .މޮރިސަސްގެ ބަޔަކަށް ވާންޖެހޭ ސަބަބެއްނެތް . އެތަނަކީ މިހާރު މީހުން ދިރިއުޅޭ ތަނެއްނޫން.އެތަނުގެ މަސއްކަތު މީހުންގެގޮތުގަ ފަރަންސޭސިން މަސައްކަތު މީހުންގެނައީ ސައުތު އިންޑިޔާ އިންނާއި އެފްރިކާ އިން .އެތަނަކީ އައްޑޫގެ މަސްވެސް ގޮސްއުޅޭ މަސްބާނައިގެން މަސްކައްކާ ހިއްކަން ވެސް އުޅުނުތަނެއް. ވީއިރު ސިއްރު ސިޓީއެއް ފޮނުވުމުގެ ބޭނުމަކީ ކޮބާ ؟ލޯބީގެ ސިޓީއެއްނަމަ އެއީ ޕާސަނަލް ކަމެއް އެކަމަކު ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ފަދަ ސިޓީއެއް ރައްޔިތުންގެ މަޖިލީހަށް ވެސް ސިއްރުން ފޮނުވުމަކީ ގޯހެއް.އަދި ފޯލުވެއްސަކީ މޮރިސަސްގެ ބަޔެކޭ ބުނުމަކީ ވެސް ކަނޑައެޅުގެން ހެދި ބޮޑުގޯހެއް. މިކަމުގަ ފޮރުވިފައިވާ އަޑިއެއްވާނެ.އަދި މިތަން މިދިނީ އިންޑިޔާ އަށް ކަމަށް ވެސް ތުހުމަތު ކުރެވޭ.