ނ. މާފަރު އެއާޕޯޓް ސަރަހައްދުން ފެނުނު މިނިކާވަގު ހޯދުމަށް ކުރަމުން އަންނަ އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އިތުރު ސިފައިން އެރަށަށް ފޮނުވުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

މާފަރު އެއާޕޯޓް ސަރަހައްދުން މިނިކާވަގެއް ކަހަލަ ޖަނަވާރެއް ދަތުރު ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް މިއަދު ވަނީ އާންމުވެފައެވެ.

އެވީޑިއޯއާއި ގުޅިގެން ރަށު ކައުންސިލުން ބުނެފައިވަނީ ފެނުނު ޖަނަވާރު ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެސޮރުގެ އެއްވެސް ހިލަމެއް ފެނިފައި ނުވާ ކަމަށެވެ.

އެކަމާއި ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، މިވަގުތު ވެސް އެސަރަހައްދުން ފެނުނު ޖަނަވާރު ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށާއި އެ އޮޕަރޭޝަން މާދަމާ ހެނދުނު އިތުރަށް ފުޅާކޮށް ކުރިއަށް ގެންދާނެ ކަމަށެވެ.

"މާދަމާ ހެނދުނު މާފިލާފުށިން ދާ ސިފައިންނާއި އެކީ އޮޕަރޭޝަން އިތުރަށް ފުޅާ ކުރާނެ" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލިކޮ

    ތިއޮތީ ދެބޯގެރި ދުއްވާފަ. ދެން ގޯތި ވާހަކަ ނުދައްކާތި

    17
    1
  2. ފީކުކުޅު

    ގޯތީގެ ވާހަކަ އޮއްބާލަން ސްޓަންޓްޖައްސަނީ؟

    24
    2
  3. އަވަށުމީހުން

    އެއީ ގެރިއެއް ނޫނީ ބަކަށްޓެއް.. މީހުންތައް ބިރުން ފިއްކަޑުވާލާފަ ބޮޑު ވައްކަމެއް ކުރަން އެއުޅެނީ..

    30
    1
  4. Anonymous

    ތީ ބޮޑުބުހުތާން މިނިކާވަގެއް!!! ތިވަގު އައީ ރައީސް ޔާމީން ހުޅުމާލޭގަ ހިއްކިބިން އެއްވެސް އިންސާފެއްނެތި ބަހާހުސްކުރާތީ އެއަޑު ކާލަންއާވަގެއްތީ .

    27
    3
  5. Anonymous

    ބުޅާ ފޮޓޯ ނެގޭ ގޮތަކުންވެސް ހީވެދާނެ މިނިކާ ވަގެއްކަހަލަ ބޮޑު ޖަނަވާރެއްހެން ވެސް !

    5
    1
  6. މަންތިރި

    އެއީ ޗޯރޭއަށް ގެރިމޯދީ ސާހަބު ފޮނުވި ޢީދު ހަދިޔާއެއް ކަމަށަވަނީ

    6
    1
  7. މޮޔަ

    މިނިކާވަގެއް ކަމެއް ކިހިނެއް އިނގެނީ؟
    ޔަގީން ނުވަނީސް މިނިކާވަގެކޯ🤣🤣