ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު އިސްލާހު ކުރުމަށް ކޮންސަލްޓެންޓެއް ހޯދަން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިއުލާން ކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ގެންނަން ޖެހޭ އިސްލާހުތަކާއި ގުޅޭ ގޮތުން ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ.

ގާނޫނު އިސްލާހު ކުރަން ކޮންސަލްޓެންޓަކު ހޯދަން އޭޕްރީލް މަހު ވެސް އިއުލާން ކުރިއެވެ. ނަމަވެސް އަލުން އަނެއްކާވެސް ކޮންސަލްޓެންޓަކު ހޯދަން އިއުލާން ކުރީ މައުލޫމާތު ޝީޓަށް ބަދަލު އައިސްފައި ވުމުން ކަމަށް ޖެންޑަރ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަސާސީ ހައްގުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއްނެތި ލިއްބައިދިނުމާއި އެއްހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށް ހިމާޔަތް ކުރުމާއި ސަރުކާރުގެ ސިޔާސަތުތައް ކަނދައެޅުމާއި އެހެން މީހުންނާއި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމާއި އެފަދަ މީހުންނަށް ލިބެން ޖެހޭ ހާއްސަ ރައްކާތެރިކަމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކާއި ހަމަތައް ކަނޑައަޅާފައި އޮންނަ ގާނޫނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާއިރު ދާދިފަހުން ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ގިންތިކޮށް، އެލަވަންސްތައް ބޮޑުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ތިޔަ ކަން ކުރެވޭ ވަރު މީހެއް މިއޮށް ބޮޑު ބިޔަ ސަރުކާރު ތެރޭގަ ނެތީ ތޯ! ނިކަން ވަރުވަރުން މަޤާމުތައް ބަހާނަގާ

  2. ޖުލާ

    މަސައްކަތްކުރުވާފަ ލާރިދޭން ޖެހުނީމަ ލަސްކޮށް ދަންމާ ހަދާ ސަރުކާރަކަށް ކާކު ތިކަހަލަ މަސައްކަތެއް ކޮށްދޭނީ، ދޯ؟

  3. ސިޔާމާ

    ތިވެސް ދެނީ ވަރަށް ބޭއިންސާފުން ، ހިތުގެ ބަލި ހުންނަ މީހަކް ލީބޭ އެއްޗެއް ނޫން ތީކީ އެއް ، ޓައިނީ ހާރޓްސް ކުދިންނަށް