މި ސަރުކާރުން ހަދާ އެންމެ ކްލާސްރޫމަކަށް ކުރާ ހަރަދަކީ ހަތަރު ފަސް ކޮޓަރީގެ ގެއެއް ހަދާނިންމޭހާ ބޮޑު އަގެއް ކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެެއެވެ.

ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެވެސް މެމްބަރެއް ނުވަތަ ސަރުކާރު ބޮޑެއްގެ ކުންފުންޏަކަށް ކޮންޓްރެކްޓް ދީގެން ހަދާ އެންމެ ކްލާސްރޫމަކަށް ޖެހޭ އަގަކީ، ހަތަރު ފަސް ކޮޓަރީގެ ގެއެއް ހަދާނިންމޭހާ ބޮޑު އަގަކަށްވީމާ އެކަމާއި މެދު ރައްޔިތުން ވިސްނާލަންޖެހޭ ކަމަށެވެ.

"ކޮންމެވެސް މެމްބަރެއް ނުވަތަ ސަރުކާރު ބޮޑެއްގެ ކުންފުންޏަކަށް ކޮންޓްރެކްޓް ދީގެން ހަދާ އެންމެ ކްލާސްރޫމަކަށް ޖެހޭ އަގަކީ، ހަތަރު ފަސް ކޮޓަރީގެ ގެއެއް ހަދާނިންމޭހާ ބޮޑު އަގަކަށްވީމާ، މިވާއެއްޗަކާ މެދު ރައްޔިތުން ވިސްނާލަންޖެހެއެވެ. އަގު އަދާކުރަނީ ރައްޔިތުންގެ ޖީބުން ވިއްޔާއެވެ." ވައްޑެ ވިދާޅުވިއެވެ.

ސަރުކާރުގެ މަޝްރޫއުތައް ސަރުކާރަށް ތާއިދު ކުރާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ނުފޫޒު ގަދަ މަގާމުތަކުގައި ތިބި މީހުންގެ މަސްލަހަތު އޮންނަ ކުންފުނިތަކާއި ހަވާލު ކުރާކަމުގެ ތުހުމަތު ވަރަށް ބޮޑެވެ.

މިސަރުކާރުން ކްލާސް ރޫމެއް އަޅަނީ ފަސް ކޮޓަރީގެ ގެއެއް ހެދޭނެ އަގުގައި ކަމަށް ވައްޑެ ވިދާޅުވިއިރު ސަރުކާރުން ހާމަކުރާ މައުލޫމަތައް ބަލާއިރު ވެސް ކްލާސް ރޫމަކަށް ލައްކައެއްގައި ރުފިޔާ ސަރުކާރުން ހޭދަކުރެއެވެ. ސްކޫލެއްގައި ފަސް ވަރަކަށް ކްލާސް ރޫމް އަޅާނަމަ އެމަޝްރޫއުގެ އަގު ފަސްލައްކަ ރުފިޔާއަށް އަރައެވެ.

ސަރުކާރު ހިންގާ އެމްޑީޕީން ވަކިވެ މިހާރު ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ވައްޑެ މިސަރުކާރުން ކްލާސް ރޫމެއް އަޅަނީ ފަސް ކޮޓަރީގެ ގެއެއް ހެދޭނެ އަގުގައި ކަމަށް ވިދާޅުވެ ކުރެއްވި ތުހުމަތައް ސަރުކާރުގެ ފަރާތުން އެއްވެސް ބޭފުޅަކު ރައްދުދެއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަމަސްތޭ

    ހަޖަމް ނުވަނީ ދޯ ރެބަން ކަނޑާ ވަރުން ހަހަހަހަ އަށްނި ޕުރައިމަރީން ފެއިލްވި ހިސާބުންދޯ ތި ހުރިހާ އެއްޗެއްތި ކިޔަނީ

    2
    4
  2. Anonymous

    ތަކެތީގެ އަގު ބޮޑުވުމުން ސަރުކާރުން ހަރަދު ކުރަން ޖެހޭވަރުވެސް ބޮޑުވީމަ އެހެންވަނީ އަދި ކާނވެސް ބައެއް އަޅަން ޖެހޭނުން އެވަރުކަމެއް ކުރާއިރު ބަނޑުވެސް ހައިވާނުން.