ޖަމިއްޔަތުއްސަލަފް އުވާލަން ޔޫތު މިނިސްޓްރީ އިން އިއުލާންކޮށްފިއެވެ.

އަންގާރަ ދުވަހު ޔޫތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސަލަފް ޖަމިއްޔާ ހިމެނޭހެން 1989 ޖަމިއްޔާއެއް އުވާލަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، އުވާލަން ނިންމި ޖަމިއްޔާތަކަކީ މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާ ޖަމިއްޔާތަށް ކަމަށެވެ. އަދި އެޖަމިއްޔާތަކަކީ ހިންގާ ކޮމެޓީ ވެސް ރަޖިސްޓްރީ ކޮށްފައި ނުވާ ޖަމިއްޔާތައް ކަމަށް ވަނީ ބުނެފައެވެ.

މި ޖަމްޢިއްޔާތަކުގެ ތެރެއިން އެ ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި ޤާނޫނު ނަންބަރުގެ 70 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް އޮންނާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މިތާރީހާއި ހަމައަށް ލިޔުމުން ހުށަނާޅާ ޖަމއިއްޔާތަކުގެ ނަންތައް އުނިކުރެވޭނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސަލަފް ޖަމިއްޔާއަކީ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ތިބޭ ޖަމިއްޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސަލަފަށް ތާއީދު

    މިއީ ހަމަ ޖަރީމާއެއް. ގައުމު އެމްޑީއެން އުވާލާށޭ ގޮވަގޮވަ އޮއްވަ އެ ޖަމިއްޔާ އުވާނުލަން މި ސާރުކާރުން ކިހާ ވަރެއް ދެއްކި. އަދި އުވާލީ ވެސް ނަމަކަށް. ލާދީނީ ނުލަފާ ބައިގަޑު ނޫނީ ސަލަފް ރޫޅެން ނޭދޭނެ

    20
  2. ތޯތޯ

    ސަލަފަކީ ކޮންމެހެންވެސް އޮންނަންޖެހޭ ޖަމިއްޔާއެއް. ލާދީނީ ބައިގަޑުގެ ސަބަބުން މިގައުމުގެ ބަރަކާތް ކެނޑި ދުނިޔެއާއި އާޚިރަތުގައި ކަންކަމަށް ބިރުހީވެފައިވާ މި ދަނޑިވަޅުގަ ސަލަފް ކަހަލަ ޖަމާއަތްތައް ވަރަށް މުހިންމު

    21
  3. ސަޕޯޓް

    ގަބޫލުކުރިއަސް ނުކުރިއަސް ސަލަފަކީ މިގައުމަށް ލައްވަވާފައިވާ ރަހުމަތެއް. އެމީހުން އިބޫ ނުބައޭވެސް ކުރިން ބުނި. މިހާރު ރައްޔިތުންނަށް ރޭކާލީ. ސަލަފުގެ އަޑު ކަނޑުވާލައިގެން ނުވާނެ

    17
  4. ކަލޯ

    ޖަމިއްޔާއާ ނުލާ ޖަމިއްޔާގެ ނަންވެސް ނުލާ ހަމަ އެތާނގަ ޖެއްސެޔޭ! އުވާލިޔަސް ނުލިޔަސް އުހުއްވަތްތެރިކަމާ، ރައްޔިތުކަން ގެންދެވޭތަ؟؟ މޮޔަ ކަންކަން ކުރާ ސަރުކާރު!!

    14
  5. ޟނ

    ވެއްޓެނީ....ވެއްޓެނީ...ގާކޮޅުގާ ގާ ދުރު

    24
    2
  6. ހޯހޯ

    ތިކަން އަވަހަށް ނިންމާލާ. މާލަސްވެއްޖެ.

    6
    23
  7. ދަރަނި ދަންތުރަ

    މަހޭ އާއެކު ޑޮލަރު ވިޔަފާރި ނުކުރާ ސޯލިބޭ އަށް ސަނާ ނުކިޔާ ޖަމިއްޔާތަށް އުވާލަނެ ، އެކަމަކު މަހޭ މެން އެކުސްޕަޔާވާން ކައިރިވެއްޖެ

    27
    1
    • Anonymous

      ތިޔައޮތީ އިބްރާހިމް މުޙައްމަދު ސާލިހު ހޮވިފާ.
      ރާއްޖޭގެ ތާރީޚު ދިރާސާކުރާ ޒުވާނެއްގެ ހައިސިއްޔަތުން ރާއްޖެ އިސްލާމްވެގެން މިވީ އަށް ޤަރުނަށް ވުރެ ދިގު ތާރީޚުގައި، ޖަމިއްޔަތުއް ސަލަފަށް ވުރެން ބޮޑަށް ދިވެހީންނަށް ދީން އުނގަންނައިދީ އިސްލާމްދީނުގެ ސައްޙަ މަޢުލޫމާތު އެކި މައުޟޫތަކުގާ އުނގަންނައިދިނުމަށް ދުލާއި ގަލަމުން މަސައްކަތްކުރެއްްވި އެއްވެސް މަދަނީ ޖަމިއްޔާއެއް ނެތް ކަމަށް އަޅުގަނޑު އިޢުތިރާފްވަން.
      އަދި އެ ޖަމިއްޔާ އުވާލަން ސަރުކާރުން ނިންމި ނިންމުމަށް އަޅުގަނޑު މި ސަރުކާރު ބަދުނާމުކޮށް ބަދުނާމުގެ ބަސް ރައްދުކުރަން. އަދި މިފަދަ ލާދިނީ ވެރިކަމެއް ވެއްޓި ހެޔޮލަފާ ޢަދުލުވެރި ވެރީން މި ޤައުމަށް ދެއްވާތޯ މާތް ﷲ ގެ ޙަޟްރަތަށް ދުޢާކުރަން.

      19
      1
  8. ކަމަނަ

    މިއީ އިބޫގެ ވެރިކަން ނުމުމުގެ އަލާމާތްތައް. އިންޝާﷲ ދެން މާގިނަދުވަސް ނުވެ. މިކަން ނިމޭނެ.

    30
    2
  9. ޗުމްކީ

    މާ ބޮޑައްވެސް ލަސްވެއްޖެ. ފިތުނަ ޖަމިއްޔާ

    7
    34
  10. Anonymous

    ޔޯގާ މަހްލޫފް ނުވަތަ ފަހަރި އިމްރާން ބޭނުންވާހާ ގޮތަކައް އުވާ ނުލެވޭނެ

    28
    1
  11. ޢަހުމަދުވަގާރު

    އައިސިސް އުވާލައިފު. އެކަމަކު ސަލަފު ުު އުވާ ނުލާ

    2
    10
  12. ޔޯގާ މަހޭ

    ޖަމިއްޔަތުއް ސަލަފްވަނީ 2024 އާއި ހަމައަށް ރަޖިސްޓަރީ ކޮށްފައި ކަމަށާއި، ވޭތުވެދިޔަ 2 އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު މިނިސްޓްރީއާއި ހަވާލުކޮށްފައިވާނެކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފި. މިއީ ހަމަ މަހުލޫފުގެ ނުލަފާ ކަމުން ކުރާކަމެއް

    30
    1
  13. ބައޮ

    ވަރަށް ޒަމާންވެއްޖެ އެމީހުން ސަލަފު ޖަމިއްޔާ އުވާލާނެ ގޮތެއް ބަލާތާ. އެމީހުން ކުރަންބޭނުންވެ ނުކުރެވިގެން އުޅޭ ކަމަކާ ވަރަށް ވައްތަރު.

    31
    1
  14. ޝާއިން

    މި ސަރުކާރުން ސަލަފު ޖަމްޢިއްޔާ އުވާނުލެވިގެން ދެފަޔަަށް ހިނިއަރައިގެން މި ސަރުކާރު އައިއްސުރެން އުޅެނީ ރާއްޖޭގަ ތިބި އެންމެ މޮޅު ދީނީ އިލްމުވެރިން ސަލަފްގަ ތިއްބަވާތީ އިމްރާނުމެން މަހުލޫފްމެންނަށް ހަޖަމު ނުކުރެވެނީ ތެދަށް އެބޭފުޅުން ވާހަކަފުޅުދައްކަވާތީ ރުޅިއަންނަނީ ހަޖަމް ނުކުރެވެނީ

  15. މަރީ

    އިންތިޙާބު ނިމުމުން އުވާލަންފެނެ.