ޔޫތް މިނިސްޓްރީން ދީނީ ހޭލުންތެރިކަން އިތުރު ކުރަމުންދާ ސަލަފް ޖަމިއްޔާ އުވާލަން ނިންމީ ބަލަން ވާ ވަރަށް ނުބަލާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ޔޫތު މިނިސްޓްރީން ވަނީ ލިޔެކިޔުންތައް ފުރިހަމަ ނުވާ ކަމަށް ބުނެ ސަލަފް ހިމެނޭހެން 1989 ޖަމިއްޔާ އުވާލަން ލިސްޓު ކޮށްފައެވެ.

އެކަމާއި ގުޅިގެން ސަލަފުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ މޭއި މަހުގެ 31 ވަނަ ދުވަހު އެންމެ ފަހުން ޔޫތު މިނިސްޓްރީން ރަޖިސްޓްރީ ކޮށްފައިވާ އެ ޖަމިއްޔާ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވަނީ އަންނަ އަހަރުގެ މޭއި މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި ފާއިތުވި 2 އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ވެސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެހެން ކަމުން އެ ޖަމިއްޔާ އުވާލަން މިނިސްޓްރީން ނިންމީ ބަލަންވާ ވަރަށް ނުބަލާ ކަމަށް ސަލަފުން ވަނީ ބުނެފައެވެ.

"ވީމާ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އުވާލަން ލިސްޓް ކޮށްފައިވާ މަދަނީ ޖަމިއްޔާތަކުގެ ތެރޭގައި ޖަމިއްޔަތުއް ސަލަފްގެ ނަން ހިމަނާފައިވަނީ، ޖަމިއްޔާތަކުގެ ބެލެނިވެރިކަން މަތިކުރެވިފައިވާ ވުޒާރާގެ ހައިސިއްޔަތުން ބައްލަވަންވާ ވަރަށް ނުބައްލަވާ ކަމުގައި ހިތާމައާއެކު ދަންނަވަން" ސަލަފުން ބުންޏެވެ.

މިދަނޑިވަޅުގައި ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުގައި އިޖުތިމާއީ އެތައް ކަމެއްގައި ހިލޭ ސާބަހަށް މުޖުތަމައުއަށް ހިދުމަތް ކުރަމުންދާ އެތައް ސަތޭކަ ޖަމިއްޔާއެއް އުވާލަން ސަރުކާރުން ނިންމި ނިންމުމާއި މެދު ކަންބޮޑުވާ ކަމަށް ވެސް ސަލަފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހަގީގަތް

    އަޅުގަނޑުގެ ހިތައްވެސް އެރި ޖަމިއްޔާތައް އުވާލާއިރު ސަލަފު އުވާލާނެ ކަމަށް.
    ސަރުކާރު ވަރަށް ބިރުގަންނަ ޖަމިއްޔާއެއްތީ

    41
    2
  2. Anonymous

    ތި ވާނީ ތިބޭފުޅުންނަށް އޮޅިގެން ޔާމީނުގެ ގޮޅިއަށް ލިޔެކިޔުންތައް ފޮނުވުނީކަމަށް. ލޮލް

    2
    30
  3. ޕީޖޭ

    ސަލަފުން ގިނަ ބަޔަކަށް ދީނީ މައުލޫމާތު ފޯރުކޮށްދޭތީވެ ލާދީނީ ބައިގަނޑަށް ހަޖަމު ނުވީ..ތީ ގަސްދުގައި ސަލަފަށާއި އިސްލާމް ދީނަށް ކުރި ފުރައްސާރައެއް

    45
    2
  4. ޢިމްރާން

    ތީ ހަމަ އުވާލަން ވެފަ ހުރި ޖަމިއްޔާ އެއް!

    5
    49
  5. ނޫނޭ ނުލަފާ

    ހޭ ބުއްދި ފިލާފައިވާ ބަޔަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.

    45
  6. ާަމަރީ

    ތިޕާޓީއިން ކެޑިޑޭޓަކަށް ޔާމީން ނެރެންވީ..

    1
    1
  7. ކުމުންޒާނި

    މިސަރުކާރުން އެންމެބިރުގަންނަނީ ޔާމީނުދެކެ އެއަށްފަހު ސަލަފު ދެކެ ސަލަފަކީ މިގައުމުގެ އިސްލާމްދީނުގެ ދަންމަރު އެންމެފުރަތަމަ އުފުއްލި ޖަމުއިއްޔާ އެއީ އަހަރުމެން ރަށްޔަތުންނަށް ނަމާދަށް ދިއުމަށް ހިތްވަރުދޭ ޖަމުއިއްޔާއެއް އެއީ އަހަރުމެންނަށް ދީނުގެ މަގު ދަށްކާދޭ ޖަމުއިއްޔާއެއް ސަލަފު އުވާލުމަކީ މިސަރުކާރުގެ ރިޔާސީ ސިއްރުކޮށްފައިވާ ވައުދެއް.

    10
  8. Anonymous

    އުވާލަންވީ ތަނަކީ ޔޫތު މިނިސްޓްރީއެވެ. ޔޫތު މިނިސްޓްރީން ގިނައިން ކުރަނީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ޔޯގާއާއި މިއުޒިކާއި ލަވަކިޔުމާއި ނެށުން ފަދަ ކަންތަކެވެ.

    13
  9. ލަކީ

    ޙެހެ ތި ޖަމުއިއްޔާ އުވާލުން ލަސް ތީ ކޮންކަމެއް ކުރާ ޖަމާ އަތެއް އަފުއާނިސްތާނު ހަންގުރާމަޔަށް ދިވެހިން ފޮނުވާ ޖަމާ އަތެއް އެނޫން ކަމެއް ނުކުރޭ

    4
    11
  10. ދަންނަވާލަން

    2018އ ގައި އެމްޑީޕީ ކޯލިޝަނަށް ވެރިކަން ލިބިއްޖެނަމަ ސަލަފް ޖަމިއްޔާ އުވާލާނެކަމަށް އަދާލަތު ބޭފުޅުން އެއިރުވެސް ކިޔަމުން ދިޔައެވެ.

  11. މަރީ

    އިންތިޙާބު ނިމުމުން އަވާލަންފެނެ. މިވަގުތު އުވާލުން އެހާ ބުއްދިވެރި އެއް ނޫން.

    1
    5
  12. ބޭރި

    ހަދާއެއްޗެއް މިހާރު ހަދާ ޗޯރުގެ ވެރިކަމުގެ ފަހުދުވަސްކޮޅު ގުނެމުން މިހާރުމިދަނީ.

  13. ޖަވާދު

    ސަލަފް ޕާޓީ އުވާލަން ލަސްވެއްޖެ1 ތިޔަޕާޓިން ކުރި އަރުވަނީ ފިތުނަ! ދީނީ ތާކިހާ އަޅައިގެން ލާރި ދޭ ބައެއްގެ ފަހަތުގައި ސިޔާސީ ކަންތައް ހިންގާ ޕާޓީއެއް

  14. މޯލްޑިވްސް

    ތި ބައިގަނޑަށް ޖަމީއްޔާ ހަދަން ހުއްދަ ދޭން ހެޔޮނުވާނެ. މިހާރުން މިހާރަށް ވެސް އުވާލަން ވެފައި އޮތް ޖަމިއްޔާއެއް ތީ. ތި ޖަމިއްޔާގެ ވެރިން ޕޮލިހަށް ހާޒިރުކޮށް ތަހުގީގް ވެސް ހިންގަން ޖެހޭ. ހަނގުރާމަށް މީހުން ފޮނުވާކަމަށް ރަށުތެރޭގައި ކިޔާތީ.

  15. Anonymous

    މަހުލޫފުގެ ގަޓްކަން ދައްކާލަނީ. މިނިސްޓަރަކަށްކުފޫ ހަމަވާ މީހެއްނޫން ސޯލިހަށް ސަނާކިޔާގެން ވަޒީރުކަން ހޯދާގެން އުޅޭ މުކައްބައެއް.