އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް އާރްޓީއެލްގެ ހިދުމަށް ފަށައި ހުވަދު އަތޮޅާއި ހައިވޭލިންކްއަކުން ގުޅާލައިފިއެވެ.

އެމްޓީސީސީން ވިދާޅުވީ އާރްޓީއެލްގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒޯން 6 ގެ ޏ. އަދި ސ. އަތޮޅުގައި ފެރީގެ ހިދުމަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި އެ ޒޯން އާއި ޒޯން 5 (ގއ/.ގދ.) އަތޮޅާއި ހައިވޭލިންކް އަކުން ގުޅާލާފައިވާ ކަމަށްވެސް ވިދާޅުވިއެެވެ.

މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެއް ހަފްތާގެ މުއްދަތަކަށް މިއަދު އަލަށް ފެށުނު ފެރީ ރޫޓްތަކުގައި ކަސްޓަމަރުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ފެރީން ޖާގަ ހޯދުމަށް ގުޅާނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ.

ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް
އަހުލުވެރިކޮށ،ް އެ ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސުތު ދިނުމާއިއެކ،ު ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަލަށް ފެށުނު އާރްޓީއެލްހެ ފެރީ ރޫޓްތަކުން އަގު ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.

ރަސްމީކޮށް އަގު ނަގައިގެން ހިދުމަތް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލާނެއެވެ. އެ ދުވަހުން ފެށިގެން ކަސްޓަމަރުން ޓިކެޓް ނެގުމަށް ބޭނުން ކުރާޏީ އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އާރު ޓީ އެލް އަށްވުރެ މާބާރަށް އެބަދުވެޔޭ ސޯލިބޭގެ ދަރަނި ބޯޓު 60 ބިލިޔަން ރުފިޔާގެ ދަރަނި ބޯޓުން މުޅިގައުމު ވަނީ ބަނދެވިފައި ، ސޯލިބޭ އަށް ވޯޓު ދިނުން ހަތް ހަރާމުން ހަރާމް