ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ، މޯލްޑިވްސް ތާޑުވޭ ޑިމޮކްރަސީ(އެމްޓީޑީ) އިން ވައިވެވަޑައިގެންފި އެވެ.

މުއާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޓީޑީގެ ނާއިބު ރައީސްގެ މަގާމުންނާއި އަދި އެ ޕާޓީގެ އެންމެހާ މަސްއޫލިއްޔަތުތަކުން އަދި ޕާޓީގެ މެންބަރުކަމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ.

މުއާޒް "ވަގުތު"އަށް ވިދާޅުވީ އެމްޓީޑީން ވަކިވި ނަމަވެސް އެ ޕާޓީގެ އިސް ބޭފުޅުންނާމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

އެކަމަކު މިހާރު ބޭނުންވަނީ ސިޔާސީ ގޮތުން ވަރުގަދަ ޕާޓީއަކާ ގުޅެން ކަމަށާއި އަދި ދެ ދުވަހެއްގެ ތެރޭގައި ޕާޓީއަކާ ގުޅޭނެ ކަމަށް މުއާޒް ވިދާޅުވި އެވެ.

ކުރިން ޕީޕީއެމްގައި އުޅުއްވައި އެ ޕާޓީން މުއާޒް ވަކިވެވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުތާ ދުވަސް ކޮޅެއް ފަހުންނެވެ. އަދި އޭގެ ފަހުން އެމްޓީޑީއާ ގުޅިވަޑަިއގެންނެވިއެވެ.

އަދި އޭގެ ފަހުން ސިޔާސީ ހަރަކާތްތަކުން މުއާޒް ވަރަށް ނުފެނެއެވެ. އޭނާ މިހާރު ބޮޑަށް އުޅުއްވަނީ ކާރު އެތެރެ ކުރަން ފަދަ އަމިއްލަ ވިޔަފާރިތަކުގައެވެ

ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވާ އިރު ކުރިން ސިޔާސީ މަސައްކަތްތަކުގައި އުޅުއްވި ބޭފުޅުން ވެސް މިހާރު ދަނީ އަނެއްކާވެސް ޕާޓީތަކަށް ސޮއިކުރަމުންނެވެ.

އެގޮތުން ގިނަ އެފަދަ ބޭފުޅުން ގުޅެމުންދަނީ އެމްޑީޕީ އަދި ޕީޕީއެމްއާއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ވަހީދު

    މުއާޒު ވަންނާނީ އެމް.ޑީ.ޕީ ނޫނީ ޖުމްހޫރީ ޕާޜޓީ އަށް

    • ކައުސަރު

      ވައި ނޮޓް ޕީޕީއެމް

      • އަލީ

        ޕީޕީއެމަކުން ޖާގައެއް ނުލިބޭނެ

  2. ޢަސްމަ

    ކެރޭ މުރާލި ސޮރެއް މީ. ސިޔާސީ ދާއިރާއިމް ފެނުނު ވަރަށް ތާއީދުކުރާ ޒުވާނެއް. މުއާ އަށް ކާމިޔާބަށް އެދެން!

  3. ސައީދު

    އެކުވެރިއެއްގެ ހައސިއްޔަތުން މުއާ ސިޔާސޫ ދާއިރާއިން ނުފެންނާތީ މިހުންނަނީ ވަރަށް ދެރަވެފަ. އުއްމީދުތަކަށް ނިމުން އައިސް މުއާގެ ހަބަރު ލިބުމުން ހިތްވަރު އާވެއްޖެ. ކުރޔަށް ވަޑައިގަންނަވާ. މިތިބީ މުއާ އާ އެކު.

  4. ތަރުޖަމާނު

    ރައީސެއްގެ ދުލުގެ ޒިއްމާ އަމާނާތްތެރިކަމާއެކު ކޮލިޓީކޮށް ދައުރެއް ނިމެންދެން އަދާކޮށްލި ހިތްވަރުގަދަ ޒުވާނާ އަށް މަރުހަބާ! އަދިވެސް ޤައުމު އެދެނީ މުއާފަދަ ހިތްވަރު ހުރި ޒުވާނުންނަށް.

  5. ދައްތަ

    އޭ މުއާ މީ ދައްތަ. ދުވާފަރު ދައްތަ. މިހާރު އެނގޭނެ މުއާއަށް. ނަމަ ނަމަ ދެން ޕީޕިއެމަށް ނުދާތި. މިއީ ދައްތަ ދޭ ނަސޭހަތެއް. އައްދުރަހީމުމެން މުއާއަކަށް ހެވެއް ނޭދޭނެ. ކުރިޔަށް ދޭ ދަރިފުޅާ އިންޝާﷲ ކާމިޔާބުވާނެ. ތިޔައީ ހިތްވަރުގަދަ ޒުވާން މޫނެއް. މާޝާﷲ ދޫ ފަރިތަ ދުލެއްގެ ވެރިއެއް. މުރާލި އެންމެނާ ގުޅޭ ހިތްތިރި ދަރިއެއް!

  6. ފޮއްދޫ

    މުޅި ފޮއްދޫ/ވެލިދޫ އިން އުފެދުނު ކުޅަދާނަ ސިޔާސީ ޒުވާން މޫނެއް. މުއާ ގޮތެއް ނިންމާ އަވަހަށް. ވޯޓު އަޅާ ފުރާލާނަން! މިތިބީ މުއާގެ ފަހަތުގައި.

  7. ތޯހިރު

    ބްރޯ ކައިރިން ސަލާމަތް ވީތީ ހަމްދު ކުރަން. ތިޔައީ ވަރަށް ތާއީދުކުރި ފަރާތެއް. އެކަމޖ ބުރޯ ޕާޓީއަށް ދިޔަފަހުން ވަރަށް ކަމުނުދިޔަ. ކުރިމަގުގައި ރަނގަޅު ނިންމުމެއް ނިންމާ. ތިޔައީ ވަރަށް ކެރުންގެރި މުރާލި ކުއްޖެއް!

  8. މުޢާ

    ތިއީ ސުމެއްގެ މީހެއް. ވެރިކަން ނިމުމުން ޔާމީނުގެ ބޮލުގައި އެޅުވި ކަންކަން އަދިވެސް އިއްޔެ ވީ ކަމެއްހެން ހަނދާން އެބަހުރި. އުއްމީދު ކުރަން ޕީޕީއެމް އިން ޖާގަ ނުދޭނެކަމަށް

  9. ފަހުދާ

    ޕީ.ޕީ.އެމް ގެ ޢާއްމު މެމްބަރެއްގެ ހައިސިއްޔަތުން ބުނެލަންއޮތީ އެތައް ދިވެހި ރައްޔިތުންގެ ހިތުގެ ރަސްގެފާނު ރައީސް ޔާމީންގެ ސަރުކާރު ނިމުމާއެކު ތިޔަ މުއާޒު ވެސް ގެލިިއްޖެ. ދެންފެންނަންފެށީ އަދީބުގެޕާރޓީއިން. . ތިހެން އުޅޭ މީހުންނަކީ ޕާރޓީ ތަކަށް މާ ބޭނުންތެރި ބައެއްނޫން. އަނެއްކާވެސް އަނެއް ޕާރޓީ އެއް ސަރުކާރާ ވަކިވެ ހާލުގަޖެހޭ ދުވަހުބޭކާރު ވާހަކަ ދައްކާ މީހުން ފަލީހަތް ކުރާ މީހުންނަކީ ވަރަށް ނުބައި ބައެއް.