މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބ. އަތޮޅުގެ މެޖޯރިޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުމުގެ ފުރުސަތު ނެތް ނަމަވެސް، ގިނަ ރަށްތަކަކުން އެމަނިކުފާނު ކުރި ހޯއްދަވާނެ ކަމަށް "ވަގުތު"ން އެ އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ ސާވޭ އިން ދައްކައިފިއެވެ. އެގޮތަށް ސާވޭ އިން ދެއްކީ އަތޮޅުގެ އެންމެ އާބާދީ ބޮޑު ބ. އޭދަފުށިން އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައިވާތީއެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، މި ސާވޭ ކުރިއަށް ގެންދިޔަ އިރު، މި އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާވޭ ކުރިއަށް ގެންގޮސްފައިވާނެއެވެ. އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ބ. ކިހާދޫ، ބ. ކަމަދޫ، ބ. ހިތާދޫ، ބ. ކުޑަރިކިލު، ބ. ކެންދޫ، ބ. އޭދަފުށި، ބ. މާޅޮސް، ބ. ފުޅަދޫ، ބ. ފެހެންދޫ، ބ. ދަރަވަންދޫ، ބ. ދޮންފަނު، ބ. ތުޅާދޫ އަދި ބ. ގޮއިދޫއެވެ. ސާވޭއިން ދައްކާގޮތުން މުއިއްޒަށް ކުރި ހޯދޭނީ އެ އަތޮޅުގެ އެންމެ ފަސް ރަށުންނެވެ. އަށް ރަށަކުން ރައީސް ސޯލިހް ކުރި ހޯއްދަވާނެ ކަމަށް ސާވޭ އިން ދައްކައެވެ.

މުއިއްޒަށް ކުރި ހޯއްދެވެނީ ހިތާދޫ، ކުޑަރިކިލު، ތުޅާދޫ އަދި އޭދަފުށިންނާއި ގޮއިދޫންނެވެ. ބާކީ ހުރި ރަށްތަކުން ކުރި ހޯއްދަވަނީ ރައީސް ސޯލިހެވެ. ސާވޭއިން ދައްކާގޮތުން އެއް ރަށުން ދެ ބޭފުޅުންނަށް ވަނީ %50 ލިބިވަޑައިގެންފައެވެ. އެރަށަކީ ފެހެންދޫއެވެ.

ބ. އަތޮޅުގައި ކުރިއަށް ގެންދިޔަ ސާވޭގެ ނަތީޖާ އަށް ބަލާއިރު، އެންމެ ގިނަ ވޯޓު ހޯއްދަވާނެ ކަމަށް ސާވޭ އިން ދައްކާ މުއިއްޒަށް ވޯޓު ދޭނެ ކަމަށް 1،516 މީހުން ބުނެފައިވެއެވެ. މުއިއްޒުއާ ވާދަކުރައްވާ ރައީސް ސޯލިހަށް ވޯޓު ދޭނެ ކަމަށް ބުނެފައިވަނީ 1،311 މީހުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ސާވޭ: ބ. އަތޮޅު

ބ. އަތޮޅު ސާވޭ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 1،311 މީހުން (%45.87)
– ޑރ. މުއިއްޒު: 1،516 މީހުން (%53.04)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން: 31 މީހުން (%1.08)
ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 2،858 މީހުން

ބ. ހިތަދޫ ސާވޭ

ބ. ހިތާދޫ ސާވޭ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 97 މީހުން (%54.5)
– ޑރ. މުއިއްޒު: 116 މީހުން (%45.5)
ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 213 މީހުން

ބ. ކަމަދޫ ސާވޭ

ބ. ކަމަދޫ ސާވޭ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 53 މީހުން (%58.9)
– ޑރ. މުއިއްޒު: 36 މީހުން (%40)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން: 1 މީހުން (%1.01)
ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 90 މީހުން

ބ. ކުޑަރިކިލު ސާވޭ

ބ. ކުޑަރިކިލު ސާވޭ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 24 މީހުން (%23.1)
– ޑރ. މުއިއްޒު: 79 މީހުން (%76)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން: 1 މީހުން (%1)
ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 104 މީހުން

ބ. ކެންދޫ ސާވޭ

ބ. ކެންދޫ ސާވޭ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 132 މީހުން (%57.4)
– ޑރ. މުއިއްޒު: 98 މީހުން (%42.6)
ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 280 މީހުން

ބ. އޭދަފުށި ސާވޭ

ބ. އޭދަފުށި ސާވޭ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 254 މީހުން (%33.1)
– ޑރ. މުއިއްޒު: 510 މީހުން (%66.5)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން: 3 މީހުން (%0.4)
ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 767 މީހުން

ބ. މާޅޮސް ސާވޭ

ބ. މާޅޮސް ސާވޭ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 94 މީހުން (%50.8)
– ޑރ. މުއިއްޒު: 86 މީހުން (%46.5)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން: 5 މީހުން (%2.7)
ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 185 މީހުން

ބ. ފުޅަދޫ

ބ. ފުޅަދޫ ސާވޭ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 49 މީހުން (%59)
– ޑރ. މުއިއްޒު: 34 މީހުން (%41)
ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 83 މީހުން

ބ. ފެހެންދޫ

ބ. ފެހެންދޫ ސާވޭ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 26 މީހުން (%50)
– ޑރ. މުއިއްޒު: 26 މީހުން (%50)
ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 52 މީހުން

ބ. ދަރަވަންދޫ

ބ. ދަރަވަންދޫ ސާވޭ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 139 މީހުން (%49.6)
– ޑރ. މުއިއްޒު: 121 މީހުން (%43.2)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން: 20 މީހުން (%7.1)
ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 280 މީހުން

ބ. ދޮންފަނު

ބ. ދޮންފަނު ސާވޭ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 96 މީހުން (%57.1)
– ޑރ. މުއިއްޒު: 71 މީހުން (%42.3)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން: 1 މީހުން (%0.6)
ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 168 މީހުން

ބ. ތުޅާދޫ

ބ. ތުޅާދޫ ސާވޭ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 227 މީހުން (%49.8)
– ޑރ. މުއިއްޒު: 225 މީހުން (%50.2)
ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 452 މީހުން

ބ. ގޮއިދޫ ސާވޭ

ބ. ގޮއިދޫ ސާވޭ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 57 މީހުން (%43.8)
– ޑރ. މުއިއްޒު: 73 މީހުން (%56.2)
ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 130 މީހުން

"ވަގުތު"ން އަންނަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުން ފެށިގެން ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބެއްގެ ކުރިން ހިޔާލު ހޯދުމުގެ ވޯޓް ނަގަމުންނެވެ. އޭގެތެރެއިން %90 ހިޔާލު ހޯދުމުގެ ވޯޓް ވަނީ އިންތިހާބުގެ އަސްލު ނަތީޖާ އާއި ދިމާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު