މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި ށ. އަތޮޅުގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޯއްދަވާނެ ކަމަށް "ވަގުތު"ން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، މި ސާވޭ ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ ދެއްކި ގޮތުން ވެސް އެ އަތޮޅުން މެޖޯރިޓީ ނަންގަވާފައި ވަނީ މުއިއްޒެވެ.

ފުރަތަމަ ބުރުގެ އިންތިހާބަށް ފަހު، ށ. އަތޮޅުގައި ކުރިއަށް ގެންދިޔަ ސާވޭގައި ބައިވެރިވި 2،511 މީހުންގެ ތެރެއިން 1،285 މީހުން ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ މުއިއްޒަށް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ 1،167 މީހުންނެވެ. ވޯޓުލާން ނުދާނެ ކަމަށް 59 މީހުން ބުނެފައިވެއެވެ. ށ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ހަތް ރަށަކުން ކުރި ހޯއްދަވާފައި ވަނީ ރައީސް ސޯލިހެވެ. މުއިއްޒަށް ކުރި ހޯއްދެވުނީ ހަ ރަށުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ސާވޭ: ށ. އަތޮޅު

ށ. އަތޮޅުގެ ސާވޭ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 1،167 މީހުން (%46.5)
– ޑރ. މުއިއްޒު: 1،285 މީހުން (%51.02)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން: 59 މީހުން (%2.3)
ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 2،511 މީހުން

ށ. އޮތަޅުގެ މެޖޯރިޓީ ވޯޓު މުއިއްޒު ނަންގަވާނެ ކަމަށް ދެއްކެވި ނަމަވެސް، އެ އަތޮޅުގެ ގިނަ ރަށްރަށުގެ މެޖޯރިޓީ ހޯއްދަވަނީ ރައީސް ސޯލިހެވެ. އެ ތަފާތު ދައްކަނީ ށ.މިލަންދޫ ފަދަ އާބާދީ ބޮޑެތި ރަށްރަށުގެ މެޖޯރިޓީ މުއިއްޒު ނަންގަވާފައިވާތީއެވެ. ރައީސް ސޯލިހް މެޖޯރިޓީ ނަންގަވާނެ ކަމަށް ސާވޭ އިން ދައްކާ ރަށްތަކުގެ ތެރޭގައި ހިމެނެނީ މަރޮށި، ނަރުދޫ، ނޫމަރާ، މިލަންދޫ، މާއުނގޫދޫ، ގޮއިދޫ އަދި ޅައިމަގެވެ. މުއިއްޒަށް މެޖޯރިޓީ ނެންގެވެނީ ބިލެތްފަހި، ފުނަދޫ، ކޮމަންޑޫ، ކަނޑިތީމު، ށ. ފީވައް އަދި ށ. ފޭދޫންނެވެ.

ށ. ނަރުދޫ ސާވޭ ނަތީޖާ

ށ. ނަރުދޫ ސާވޭ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 58 މީހުން (%54.2)
– ޑރ. މުއިއްޒު: 47 މީހުން (%43.9)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން 2 މީހުން (%1.9)
– ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 107 މީހުން

ށ. މަރޮށި ސާވޭ ނަތީޖާ

ށ. މަރޮށި ސާވޭ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 30 މީހުން (%55.6)
– ޑރ. މުއިއްޒު: 24 މީހުން (%44.4)
– ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 54 މީހުން

ށ. ނޫމަރާ ސާވޭ ނަތީޖާ

ށ. ނޫމަރާ ސާވޭ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 15 މީހުން (%83.3)
– ޑރ. މުއިއްޒު: 3 މީހުން (%16.7)
– ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 18 މީހުން

ށ. ބިލެތްފަހި ސާވޭ ނަތީޖާ

ށ. ބިލެތްފަހި ސާވޭ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 46 މީހުން (%43.4)
– ޑރ. މުއިއްޒު: 60 މީހުން (%56.6)
– ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 106 މީހުން

ށ. ފުނަދޫ ސާވޭ

ށ. ފުނަދޫ ސާވޭ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 227 މީހުން (%39.7)
– ޑރ. މުއިއްޒު: 326 މީހުން (%57)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން 19 މީހުން (%1.9)
– ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 572 މީހުން

ށ. ކޮމަންޑޫ ސާވޭ ނަތީޖާ

ށ. ކޮމަންޑޫ ސާވޭ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 157 މީހުން (%45.6)
– ޑރ. މުއިއްޒު: 176 މީހުން (%.51)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން 11 މީހުން (%3.2)
– ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 344 މީހުން

ށ. މިލަންދޫ ސާވޭ ނަތީޖާ

ށ. މިލަންދޫ ސާވޭ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 169 މީހުން (%50.9)
– ޑރ. މުއިއްޒު: 158 މީހުން (%.47.6)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން 11 މީހުން (%1.5)
– ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 332 މީހުން

ށ. ކަނޑިތީމު ސާވޭ ނަތީޖާ

ށ. ކަނޑިތީމު ސާވޭ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 58 މީހުން (%42.6)
– ޑރ. މުއިއްޒު: 74 މީހުން (%54.4)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން 4 މީހުން (%1.5)
– ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 136 މީހުން

ށ. ކަނޑިތީމު ސާވޭ ނަތީޖާ

ށ. މާއުނގޫދޫ ސާވޭ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 61 މީހުން (%42.6)
– ޑރ. މުއިއްޒު: 59 މީހުން (%54.4)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން 2 މީހުން (%1.5)
– ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 1.6 މީހުން

ށ. ފީވައް ސާވޭ ނަތީޖާ

ށ. ފީވައް ސާވޭ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 38 މީހުން (%32.5)
– ޑރ. މުއިއްޒު: 74 މީހުން (%63.2)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން 5 މީހުން (%4.3)
– ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 117 މީހުން

ށ. ފޭދޫ ސާވޭ ނަތީޖާ

ށ. ފޭދޫ ސާވޭ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 52 މީހުން (%45.2)
– ޑރ. މުއިއްޒު: 59 މީހުން (%51.3)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން 5 މީހުން (%4.3)
– ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 115 މީހުން

ށ. ގޮއިދޫ ސާވޭ ނަތީޖާ

ށ. ގޮއިދޫ ސާވޭ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 57 މީހުން (%50.4)
– ޑރ. މުއިއްޒު: 54 މީހުން (%47.8)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން 2 މީހުން (%1.8)
– ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 113 މީހުން

ށ. ޅައިމަގު ސާވޭ ނަތީޖާ

ށ. ޅައިމަގު ސާވޭ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

– ރައީސް ސޯލިހް: 63 މީހުން (%57.3)
– ޑރ. މުއިއްޒު: 45 މީހުން (%40.9)
– ވޯޓު ނުލާނެ ކަމަށް ބުނާ މީހުން 2 މީހުން (%1.8)
– ސާވޭގައި ބައިވެރިވި މީހުންގެ އަދަދު: 110 މީހުން

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗޯރު

    އިންޝާﷲ ޗޯރޭ ބަލިވާނެ