ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެއެވެ.

މާލެއަށް މިރޭ ވާރޭ ވެހި، ފެން ބޮޑުވެފައިވާއިރު، އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ މާފަންނު ސަރަހައްދުގައެވެ.

މިދުވަސްކޮޅަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްކޮޅެއް ކަމުން، މެޓުން ވަނީ މިއަދު މެންދުރު 14:00 އާއި ހަމައަށް ށ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އަދި މިރޭ 20:15 އިން ފެށިގެން 00:30 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.

މެޓުން ނެރުނު ހުދު ސަމާލުގައި ވަނީ އެވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ހޮޅިތައް އަޅަންވީ

  2. ކަމަނަ

    އެންމެ ފުރަތަމަވެސް މިޖެހުނީ ފެނުގެ މައްސަލަ ހައްލުކުރަން މޫކޭ ކޮބޭ އަދި މިކަންހައްލުކުރަން ޖެގޭނީ މޫކޭމެން އަވަސްކުރޭ

    1
    1
  3. ގުންޑާ

    މުއިއްޒުގެ ސުންޕާކަން ލައިގަތީ.....

    1
    4
    • އަން

      ރަހްމަތުގެ ވާރޭ

      2
      1
  4. ޟމ

    މޫކޭ މުއިއްޒުއަށް އެއްޗެހި ގޮވަގޮވާފަ، އަމީނީ މަގު ފެންބޮޑު ނުވާގޮތަށް ރަނގަޅު ކުރެވިއްޖެތަ، އަދިވެސް މީހުންނާ ގެޅޭތި

    2
    1