ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ގޮތުގައި ހިމެނޭ ތަކެތީގެ ލިސްޓެއް ހޯމް މިނިސްޓްރީން މިއަދު އާއްމުކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގައިވާ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ރާއްޖޭގައި އުފެއްދުމަށް ހުއްދައަށް އެދެން ވާނެ ބާވަތްތަކުގެ ލިސްޓެއް ގެޒެޓް ކޮށްފައެެވެ.

އެގޮތުން އެ ލިސްޓުގައ 27 ބާވަތެއްގެ ތަކެތި ހިމެނެއެވެ.

  1. ކަނޑި އާއި ހަންޖަރު، ޑައިވިން ނައިފް
  2. މަސް ބާނާ ބަޑި
  3. މޯނިންގ ސްޓަރ (Morning Star)
  4. ނަކުލް ވެޕަން (Knuckle Weapon)
  5. ތީރު
  6. ޝުރިކެން (Shuriken)
  7. ފްލެއިލް (Flail)
  8. ސްޕިއަރ (Spear)
  9. ޓްރައިޑެންޓް (Trident)
  10. ލާންސް (Lance)
  11. ސައިތު (Scythe)
  12. ފްލިކް ނައިފް (Flick Knife)
  13. ބަޓަރފްލައި ނައިފް (Butterfly Knife)
  14. ރޭޒަރު ތިލައާއި، ކަޓަރާއި، ކަޓަރު ތިލަ
  15. ކަތިވަޅިއާއި، ފުރޯއާއި، ކޯރާޑިއާއި މުޅޯ
  16. ސިލިންގ ޝޮޓް (Sling shot)
  17. ބިޑި (Hand cuff)
  18. ހަންޓިން ބިލް ހުކް ނައިފް (Hunting Billhook knife)
  19. ޕޮކެޓް ނައިފް (Pocket Knife)
  20. ފޯލްޑިން ނައިފް / ފޯލްޑެބަލް ނައިފް (Folding Knife / Foldable Knife)
  21. ފްލިޕް ނައިފް (Flip Knife)
  22. ބޯން ނައިފް (Bone Knife)
  23. އެގްރިކަލްޗަރ ނައިފް (Agriculture Knife)
  24. ސަރވައިވަލް ނައިފް (Survival Knife)
  25. ބޯއަ ނައިފް (Boa Knife)
  26. ކުކްރީ ނައިފް (Kukri Knife)
  27. ހައިކިން ނައިފް (Hiking Knife)

އެ މިނިސްޓްރީން ވިދާޅުވީ، މީގެ އިތުރުން ވެސް ލިސްޓުގައި ހިމެނިފައި ނުވާ، އެހެން ނަމަވެސް މީހަކަށް އަނިޔާއެއް ދެވިދާނެ މި ނޫންވެސް ތޫނު އެއްޗަކީ ނުރައްކާތެރި ހަތިޔާރު އަދި ތޫނު އެއްޗެހީގެ ގޮތުގައި ހިމެނޭނެ ތަކެތި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވާހިދު

    ކޮންފަދަ ބަލާއެއް؟ ކީއްވެ ލިސްޓަށް ގާބުރި އިތުރު ނުކުރީ؟ އޭގެއިންވެސް ތިޔަބުނާ ކަމެއް ކުރެވިދާނެ.. މައްސަލައަކީ ހަތިޔާރު އެކަންޔެއްނޫން މައްސަލައަކީ ގާނޫނު ތަންފީޒު ނުކުރުން) ދިވެހިންނަކީ މަސްވެރިކަމާއި އެބައިމީހުނގެ ދިރިއުޅުން ލާމެހިފައިވާ ބައެއް. ޒަމާނީގޮތުން ސްޕިއާރ އިން މަހެއް ހިފާލެވޭކަށްވެތް.. ރަޖިސްޓްރީ ކުރެވިގެން މި ހުއްދަ ދޭންޖެހޭ..

    16
    2
  2. ހުސޭނުބޭ

    ޕްލާސްޓިކް ކޮތަޅެއް ނުހިމެނޭތަ؟ ހާދަ ނުރައްކާތެރިވީމައޭ ޓެކްސްގެ ގޮތުގައި ކޮންމެ ކޮތަޅަކުން 2 ރުފިޔާ ނަގަނީ!

    13
  3. ސިފޫން

    އެއްމެ އެއްޗެއްގެ ނަންޖަހާފަ މިނޫންވެސް ތޫނު ހަތިޔާރަކީ ނުރައްކާ އެއްޗެހިކަމަށް ލިޔެލިނަމަ..ތިހާ ދިގުކުރާކަށް ނުޖެހޭނެ.

    15
  4. އަބްދޫ

    އެއްވެސް ގެއްގަ ވަޅިއެއްވެސް ނުގެންގުޅެވެނީތަ؟

    11
  5. ސަނާ

    މަގެން ގުޅޭ ގަލަން ވެސް ބޭނުން ކުރެވިދާނެ ބޯގޯސް ގަވައިދު

    14
  6. ނޮޅިމުހައްމަދު

    އަތް، ފައި، ދަތްޕިލަ ވެސް ހިމަނާލާ

    6
    1
  7. ޗޯރުއިބުރޭ

    މައްސަލައަކީ ސިޔާސީ މީހުން ސިޔާސީމީހުންގެ ނުފޫޒުން މިގައުމު މިފުޑެނީ....އަބަދުވެސް މީހަކު ޒުވާނުން ގޯސްވާނީ ރާއްޖޭގެ ޖުޑިސަރީ އަބަދުވެސް ސިޔާސީ މީހުން އައްބާނާގެން އެމީހުންބޭނުން ވާގޮތައް މައްސަލަތައް އަބުރަނީ މިވަގު ސަރުކާރު އަދި މާކުރީގަ އުޅެނީ

  8. Anonymous

    ތި ލިސްޓުން އުނި ވާ އެއްޗެއް ނެތް ދޯ

  9. Anonymous

    ތޫނު ހަތިޔާރަކަށް ދަތްޕިލަވެސްވޭ. ދަތް އަޅައިގެން ތަންތަން ބުރިވެސްކުރެވޭ ކަނޑާވެސްނެގޭ.