މި ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ހިންގާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިމަށް އަރބަންކޯއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

އެގޮތުން ފަލަސްތީނަށް އެހީވުމަށް ވަނީ ބޮޑު ތިން އިވެންޓްއެއް މި ހަފްތާ ބަންދުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ހިމެނޭ އިވެންޓް ތަކަކީ؛

  1. އިލްމުވެރިންގެ ގުޅުން، ހިދުމަތް ޖަމިއްޔާއިން މާދަމާ ، ފޭސް 2 ހިޔާ ޕާރކްގައި " ފަލަސްތީނުގެ ހާލަތާއި މެދު" މި މައުޟޫއަށް ދީނީ އިލްމުވެރިންނާއިއެކު ކުރިއަށް ގެންދިމަށް ހަމަ ޖެހިފައިވާ ޕެނަލް ޑިސްކަޝަން.
  2. މޯމްސަ އެން.ޖީ.އޯ އިން ހޮނިހިރު ގައި ހިޔާ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިންގ އިވެންޓް.
  3. ކޭކް ޑޯނާރސް އިން 28،29،އަދި 30 އޮކްޓޯބަރ ގައި ބެއްވުމަށް ހަމަ ޖެހިފައިވާ ފަންޑް ރައިޒިންގް އިވެންޓް.

އަރބަންކޯގެ އެދުމަކީ ވިހާވެސް ގިނަ ބަޔަކު މި އިވެންޓްތަކުގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެމީހަކަށް ވީވަރަކުން އެހީވެދިނުން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.