ޔަހޫދީންގެ ލާއިންސާނީ އަމަލުތައް ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ފަންޑް ރެއިޒިން އިވެންޓެއް ފަށައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ ކަސްޓަމްސްގެ މައި އިމާރާތް ކުރިމަތީގައެވެ.

ކަސްޓަމްސް އިން ބުނީ މި އިވެންޓްގައި ޣައްޒާ ފައިސާ ހަދިޔާ ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުންވެސް ފަންޑް ރެއިޒިންގ ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސްޓޯލުން ތަފާތު ބާވަތްތަކުގެ ތަކެތި ގަނެވޭނެއެވެ. އޭގެ ތެރޭގައި، ޕިން ބެޖް، ކޮފީ، ޗާއި، އަދި އެހެނިހެން ބުއިން ތަކާއި ލުއި ކާނާ ވެސް ހިމެނެއެވެ. މި ތަކެތި ގަންނަ ރުފިޔާ ދާނީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށްޓަކި ހުޅުވާލެވިފައިވާ ފަންޑަށް ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެެވެ.

ކަސްޓަމަސްގެ ފަންޑު ފޮއްޓެއް މައި އޮފީހުގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެއާރ ކާރގޯ އެކްޒާމް ސަރަހައްދުގައި ވެސް ބެހެއްޓިފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހަރަކާތްތައް ހިންގަމުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންޑް ރެއިޒިންގ އިވެންޓްތައް ދަނީ ކުރިއަށެވެ. އަދި މާދަމާވެސް މާލެ ސަރަހައްދުގައި މިފަދަ ބޮޑެތި ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ.