އިސްރާއީލުން ޣައްޒާގެ މުވާސަލާތީ ހިދުމަތް މެދުކެނޑުމާއި ގުޅިގެން ޣައްޒާއަށް ރާއްޖޭން ދޭ އެހީ ފޯރުކޮށްދޭ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ) އާއި ޣައްޒާާއި ގުޅުން ކެނޑިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަ ކޮށްފިއެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ނިރުބަވެރިން ވަނީ ޣައްޒާގެ އިންޓަނެޓް ހިދުމަތް ހިމެނޭ ގޮތަށް މުއާސަލާތީ ހުރިހާ ހިދުމަތެއް ކަނޑާލައި، ޣައްޒާ ދެމުން އައި ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. މުވާސަލާތީ ހިދުމަތް ކަނޑާލުމާއި ގުޅިގެން ޣައްޒާގައި ތިބި އެއްވެސް ބަޔަކާއި ގުޅޭ ގޮތެއް މިހާރަކު ނެތެވެ.

އޭއައިސީން ވިދާޅުވީ، އެބޭފުޅުންނާއި ވެސް މިހާރު ޣައްޒާއާއި ގުޅުން ކެނޑިފައިވާ ކަމަށާއި އެބޭފުޅުން އަންނަނީ ދަންނަ އެންމެންނާއި، ގުޅުން އޮތް ހުރިހާ ދިމާތަކަށް ގުޅޭތޯ މަސައްކަތް ކުރަމުން ކަމަށެވެ.

އޭއައިސީއާއި ޣައްޒާއާއި މުވާސަލާތީ ގުޅުން ކެނޑުނުތާ ގިނަ އިރުތަކެއް ވެފައިވާއިރު، ޔުނިސެފް އާއި ސިއްހަތު ޖަމިއްޔާ ފަދަ ބޮޑެތި ޖަމިއްޔާތަކުން ވެސް ވަނީ ޣައްޒާގައި ތިބި އެޖަމިއްޔާތަކުގެ މީހުންނާއި ގުޅުން ކެނޑިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެޖަމިއްޔާތަކުގެ އިތުރުން ވެސް ޣައްޒާގައި ތިބި ޑޮކްޓަރުންނާއި ނުގުޅޭ ކަމަށް ބުނެ ބޭރުގެ ގިނަ ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އިސްރާއީލުން މިރޭ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރަމުން އަންނަ ގޮތުގައި މި ހަމަލާތަކަކީ އޮކްޓޯބަރު 7 ގެ ފަހުން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން އެންމެ އަނިޔާވެރި ހަމަލާތަކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިވަގުތަކީ ހުރިހާ މުސްލިމުން އެޖަތިގަޑަކަށްވެ ހަށިފޮޅާލާ ﷲ ގެ ވާޤިފުޅާއިއެކު އިސްތިއުމާރީ ބާރުތަކުގެ މައްޗަށް ގަދަވެގަނެ ﷲ ގެ ނަސްރާއި ކާމިޔާބް ލިބިގަންނަންވީ ވަގުތު !

  2. Anonymous

    މިވަގުތަކީ ހުރިހާ މުސްލިމުން އެކަތިގަޑަކަށްވެ ހަށިފޮޅާލާ ﷲ ގެ ވާޤިފުޅާއިއެކު އިސްތިއުމާރީ ބާރުތަކުގެ މައްޗަށް ގަދަވެގަނެ ﷲ ގެ ނަސްރާއި ކާމިޔާބް ލިބިގަންނަންވީ ވަގުތު !