އިސްރާއީލުގެ ނިރުބަވެރިން ފަލަސްތީންގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުކޮށްލަމުންދާއިރު، ފަލަސްތީނުގެ ދިފާއުގައި އަރަބި ގައުމުތަކުން އެކަށީގެންވާ ވަރުގަދަ ރައްދެއް ދޭތަން ނުފެންނާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ

މައުމޫން އަރަބި ބަހުން ކުރެއްވި އެކްސްއެެއްގައި ވިދާޅުވީ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ނިރުބަވެރި އިސްރާއީލު ސިފައިން ދެމުންގެންދާ އަނިޔާވެރި ހަމަލާތަކާއި، އެމީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު ޝަހީދުކޮށްލާތަން ފެނުމަކީ ދުނިޔޭގެ މުސްލިމުންނަށް ލިބޭ ހިތާމައެއް ކަމަށެވެ.

"އަދި އެންމެ ފަހުގެ ހަތިޔާރާއެކު ވަރުގަދަ ލަޝްކަރުތައް ގެންގުޅުނު ނަމަވެސް، އެމީހުންގެ މިނިވަންކަމާއި ކަރާމާތުގެ ދިފާއުގައި އަރަބި ގައުމުތަކުން ވަރުގަދަ ރައްދެއް ދޭތަން ފެނިފައެއް ނުވެއެވެ. މި ލަޝްކަރުތަކުން ލިބޭ ފައިދާއަކީ ކޮބައި ހެއްޔެވެ؟،". މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު ދިވެހި ބަހުން ކުރެއްވި އިތުރު އެކްސްއެއްގައި ވިދާޅުވީ، ރެއާއި ދުވާލު މެދު ނުކެނޑި އިސްރާއީލުން ޣައްޒާއަށް ބޮން އަޅައި ތަފާތު ޙަމަލަތައް ދެމުން ގެންދާ ކަމަށާއި ކުށެއްނެތް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދުވަމުންދާ ކަމަށެވެ.

އަދި ތިޔަ ވިދާޅުވާ ބައިނަލް އަގްވާމީ މުޖުތަމައު ކޮބައިތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހުއްޓެމެއް ނެތި ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާގެ 7،700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ޣައްޒާއަށް ރެއަކީ ބިރުވެރި އަދި އެހާމެ ނުރައްކާތެރި އެއް ރެއެވެ. ރޭ ޣައްޒާގެ އެތަންމިނަތަނަށް ބޮން އަޅާ ހަމަލާތައް ދިންއިރު، މުވާސަލާތުގެ ހިދުމަތް ގާތްގަނޑަކަށް މުޅިން ވަނީ މެދުކަނޑައިލާފައެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި ނިރުބަވެރިން ރޭ ޣައްޒާއަށް ހަމަލާތައް ދިނުމަށް 100 އާ ގާތް ކުރާ އަދަދެއްގެ އަސްކަރީ ޖެޓް ބޭނުންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުހައްމަދު ސާލިހް

    ރައީސް އަލްޢުސްތާޒް މައުމޫން އަބްދުލް ޤައްޔޫމްއަށް މާތްﷲ އަބަދުވެސް ހެޔޮގޮތް މިންވަރު ކުރައްވާށި.

  2. ނަސީރު

    އަރަބި ގަެުމުތސކުގެ ވެރިންނަކީ ގައްދާޒަޔޮނިސްޓު ޔަހޫދީ ބައިގަނޑަށް ވާގިވެރިވާ ފިނޑިންތަކެއް. މިބައިމީހުންނާއރކު ހަސަންކުރުސީ ކިޔާ މަލްޢޫނަކާ ޝަހީދު ކިޔާ ދައްޖާލެއް އެބައިގަނޑާ ބައިވެރިވެފައި ވަނީ. މިހުރިހާ ނުބައި ޝައިޠާނުން ހަލާކު ކުރައްވސއި ނިމުން ހިތި ކުރައްވާށި! ސައުދީ އާއި ޔޫއޭއީގެ ވެރިންނަކީ މުސްލިމުންގެ ދުޝްމަނުން. ސައުދީ އަތްދަށުން މަސްޖިދުލްޙަރާމް އާއި މަސްޖިދުއްނަބަވީ ވެސް މިނިވަނއ ކުރަންޖެހޭ. ޔާ ه ހިޖާޒަށް ވެރިވެގެންތިބި ނަޖުދުބަދަވީންގެ ކިބައިން މުސްލިމުނަށް ނަސްރު ދެއްވާ!

  3. Anonymous

    މައުމޫނު ރައްދު ދިން ދުވަހު މައުމޫނަށް ކުރިމަތިކުރުވި މުސީބާތްތައް އެނގޭނީ ހަމަ މައުމޫނަށް. މައުމޫނު ވެސް އެންމެފަހުން ކަރުގައި ސޮލީބު އަޅައިގެން މާފަށް އެދުނީޔޭ ކިޔާ އަޑު އިވޭ. އެއަށްފަހު މައުމޫނަށް މާފުނުކޮށް މައުމޫނުގެ ވެރިކަން ވައްޓާލި ގޮތް ވެސް މައުމޫނަށް މާބޮޑަށް އެނގޭނެ.

  4. ވާނުވާ

    މަނިކުފާނަކީ އަރަބި އަދި އިނގިރޭސި ބަހަށް ފަރިތަ ބޭފުޅެއް . އިނގިރޭސި ނުވަތަ އަރަބިން ޓްވީޓް ނުކުރެއްވީ ކީއްވެ ތޯ ؟

  5. ލާދީނީ

    ފަލަސްތީނަށްވާނެ ހައެތިވެނިމުނީމަ ކީކޭތިކިޔަނީ. ބޮންއަޅާތާ 22 ދުވަހުންތަ ތިކަން ރޭކާލީ. ތީވެސް އިސްމާމީ އުއްމަތުގެ ކުރީގެވެރިއެއް. ދިވެހިންގެ ފައިސާއިން ކަމެއްނުކޮށް އޮފީސް ހިންގާއިރު އެއޮފީހުން އިސްލާމީ ވެރިނަށް ވަރުގަ އިންޒާރެއްވެސް ފޮނުވާލިނަމަ.އާންމުން ދައްކާކަހަލަ ވާހަކަދެއްކީމަ ރީއްޗެއްނޫން.

  6. Anonymous

    މަނިކިފާނު ތިޔަ ވިދާޅުވީ ހަމަ ހައްޤުބަހެއް ކަން ހިގަމުންދާ ގޮތުގެ ހުލާސާއެއް، މަނިކިފާނަކީވެސް މިއުއްމަތުގެ ލީޑަރެއް !