މަގުމަތީގައި އޮތް ބުޅަލަކަށް ވަޅިން ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއަކުން ފެންނަ ގޮތުގައި ނަސަންދަރު ފުރަގަހުގައި އަމީރު އަހުމަދު މަގުގައި ހުންނަ އިމާރާތެއް ކުރިމަތީ އޮތް ބުޅަލެއްގެ ކައިރިޔަށް ހުއްޓުނު މީހަކު އެބުޅަލަށް ވަޅިން ހަމަލާދިނެވެ. މި ވީޑިޔޯ ދައުރުވާން ފެށުމުން ގިނަ ބަޔަކު ދަނީ އެފަދަ ކަންތައް މާލެތެރޭ ވަރަށް އާންމު ވެއްޖެ ކަމަށް ބުނެ ނުރުހުންފާޅުކުރަމުންނެވެ.

މިވީޑިޔޯ ދައުރުވާން ފެށިތާ އިރުކޮޅެއް ފަހުން ފުލުހުން އެމީހާ ބިޑިއަޅުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑިޔޯއެއްވެސް ދަނީ ދައުރުވަމުންނެވެ. މިކަމާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.

މިކަން ހިނގާފައިވަނީ މިއަދު ހެދުނު 11 ޖަހަން އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މަގުމަތީ އޮތް ބުޅަލަށް ވަޅިން ހަމަލާ ދެނީ

މިހާރަކަށް އައިސް މާލޭ މަގުމަތީގައި ބުޅާ ވަރަށް ގިނައިން އުޅޭކަން ފާހަގަކުރެވެއެވެ. އެހެން އުޅޭ ބުޅާތަކަށް އާންމުން އަނިޔާކުރާ މައްސަލަތައްވެސް ދަނީ ފެންމަތިވަމުންނެވެ.

ޖަނަވާރުންނަށް އަނިޔާކުރުމަކީ ގާނޫނީ ކުށެކެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން، އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުމަކީ ކުށެކެވެ. އަދި މި ކުށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ގައުމެ ހާލު

    މަގުމަތީގައ އޮތ ބުޅަލަކަށ އަނިޔާކުރުމުނ ޖަލަށ. މާލިއްޔަތ ދަވާލ އަދީބ މިނިވަން

    69
    2
  2. ކޮރަލް

    ބިދޭސީ އެއް ނަމަ ވިސާ ނެތީމަ ހައްޔަރު ކުރެވޭނެ ގޮތެއް ނެތެވެ .

  3. މެން

    މީހުންގަޔައް ވަޅިހެރިޔަސް މައްސަލައެއްނެތް ބޫޅަލާނުބެހޭތީ

    44
    5
  4. ޑައެލޯގް

    އިބޫގެ ސަރުކާރުގައި ކުރެވޭކަންކަމާއި ނުކުރެވޭކަންކަން
    ކުރެވޭކަންކަން ނުކުރެވޭކަންކަން
    1. މީހުންމެރުން، ރޭޕް، ލިވާތުކުރުން 1. ބުޅަލަކަށް ވަޅިދިއްކުރުން ވަޅިއެޅުން
    2. ދައުލަތުގެ ހަޒާނާ ދަވާލުން 2. ރިހާކުރު ފުޅިއެއް ނުނެގުން
    3. ބަދަލުގެ ގޮތުގައި މިލިއަނުންދިނުން 3. ޔޯގާ ހުއްޓުވުން

  5. ޟަޒީން

    މީހުން ގަޔަށް ވަޅި ހަރާތަން ފެންނަ ވީޑިއޯ އެއް ވެސް އޮވެއްޖިއްޔާ ފުލުހުންނަށް ދައްކާ . އެ މައްސަލަ ބަލާނެ....
    މީހުން ކުށް ކުރުން އެއީ އެހެން މީހުންން ކުށްކުރަން ދެވޭ ލައިސެންސް އެއް ނޫން . ﷲ ގެ އަމުރުފުޅަށްވެސް ކިއަމަންވާން ބޭނުން ނެތީތަ؟
    ( لا تقتلوا النفس التي حرم الله الا بالحق
    ޙައްޤުގޮތް ކަނޑައެޅުމުގެ ބާރު ލިބިފައިވާ އިންސާފުގެ މަރުޙަލާ ތަކުގެ ތެރެއިން ނޫނީ އެއްވެސް ނަފްސެއް ނުމަރާށެވެ. .

  6. Anonymous

    ދާދި ފަހުން ފިހާރައެއްތެރޭ ވަޅިން ހަމަލާދިން މަންޖެ ދޫކޮއްލައިފި.

    31
  7. ޙަނި

    ރަނގަޅު. ދެރައީ މީހުން މަރާ މީހުން މިގޮތަށް ހައްޔަރު ނުކުރެވޭތީ.

    41
    1
  8. ހަސަނު

    މާފުކޮއްފަ ދޫކޮއްލާ.

    2
    2
  9. މާޔޫސް

    ބުޅާތަށް ރައްކާތެރި މާހައުލަކަށް ބަދަލު ކޮށް ބަޖެޓު ދޭންޖެހޭ،މީހުން ތިހެން ހައިޔަރު ކުރުމަކީ ހަށްލެއްނޫން

    4
    1
  10. މަސްނޫނު

    ދިރޭ ތަކެއްޗައް އަނިޔާވެރިވުުން އެއީ ވެސް އިސްލާމްދީނުގަ ހުއްދަކަމެއްނޫން. އޭގެމާނައަކީ ވަކީން އިންސާނުން އެކެއް އަނެކާއަށް އަނިޔާވެރިވުން ހުއްދަކުރުމެއްނޫން . އިންސާނުންވިޔަސް އަދި ދިރޭތަކެތި ވިޔަސް އަނިޔާވެރި ވެ އިހާނެތިކޮޮށް އަމަލުކޮށްގެންނުވާނެ. ކުރާނެކަންތައް ހުސްވެއްޖެނަމަ ހަތިމްހިފާގެން އިނދެގުރްއާން ކިޔަވާލިނަމަ ވާނީކީތްބާ؟

  11. ާދަލޭކް

    ވަލު ޖަނަވާރަށް ވުރެ އިންސާނުން ހުރުމަށް ނިކަމެތި ކުރަނީ މަގުމަތިން އިންސާނެއްގެ ގަޔަށް ވަޅިހެރިޔަސް ނުފެންނާނެ މިއޮތީވާ ޤައުމެއް.

  12. ކަމަނަ

    ފިސްފިސް މަރުހެޔޮނުވާނެ ދޫކޮށްލަން،ބޮޑުގެއްލުމެއް ނުދެނީސް އަވަހަށް ބަންދުކުރޭ ، މިއަންހެން މީހާމީ މުޅި ތިމަރަފުުއްޓަށް ވެސް ބޮޑު ބިރެއް މީހުންގެ އަގު ބޮޑެތި މުދަލައް ގެއްލުންދީފަ މިހާރުމާލެއަށް ވެސް ބޮޑު ނުރައްކަލެއްތީ ..މީނަގެ ހަގީގަތް ހަމަ ނޭގެނީތަ!

    3
    1