ޙައްޖަކީ އިސްލާމްކަމުގެ ފަސްވަނަ ރުކުނެވެ. އެކަމަށް ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު ކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ. ޙައްޖަކީ، އޭގައި މުދަލުން ހޭދަކުރުމާއި، ހަށިގަނޑުން ﷲގެ މަގުގައި ބުރަތަކެއް އުފުލުން ހިމެނިފައިވާ އަޅުކަމެކެވެ. ޖުމްލަގޮތެއްގައި ހައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެކެވެ. އެތައް މުސްލިމުންނެއް އެއްވަގުތެއްގައި އެއްތަނަކަށް ޖަމާވެ ކުރާ އަޅުކަމަކަށް ވުމުން އެ އަޅުކަމުގައި ބައިބޯކަމާއި ކާރޫބާރު ބޮޑުކަން އިތުރުވެއެވެ. އުފަލަންޖެހޭ ތަކުލީފުތައް ގިނައެވެ. މިކަންކަމާ ހެދި ޙައްޖުގެ އަޅުކަން ރާވައި އިންތިޒާމުކުރުމަކީ ވަރަށްވެސް އުނދަގޫ ބުރަކަމެކެވެ. އެހެންކަމުން ދުރާލައި މިދަތުރަށް ތައްޔާރުވެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަކީ ވަރަށް މުހިއްމުކަމެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަކީ ދިވެހި ރާއްޖޭގެ ޙައްޖުގެ…