ޔަހޫދީ އިސްރާއިލްގެ ދައުލަތުން ލުބުނާނުގެ ސިފައިންގެ އަމާޒުތަކަށް ގަސްތުގައި ހަމަލާތައް ދޭ ކަމަށް ބުނެ އެމެރިކާގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުން ފާއިތުވި ދިޔަ ދެ މަސް ދުވަސް ތެރޭގައި އިސްރާއީލުން ވަނީ ލުބުނާންގެ ސިފައިންގެ އެކި މަރުކަޒު ތަކަށް އެކި އާލާތްތަށް ބޭނުން ކޮށްގެން ހަމަލާތަށް އަމާޒުކޮށްފައެވެ. މީގެ ތެރޭގައި މިސައިލް ހަމަލާތަކާއި، ވައިގެ މަގުން ބޮމުގެ ހަމަލާތަކުގެ އިތުރުން ޑުރޯން ބޭނުން ކޮށްގެން ވެސް ވަނީ ހަމަލާތައް ދީފައެވެ.

އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި މީގެ ތެރެއިން ބައެއް ހަމަލާތަކަކީ ގަސްތުގައި ދީފައިވާ ހަމަލާތަކެއްގެ ގޮތުގައި ނުބެލެވެއެވެ. ނަމަވެސް ބައެއް ހަމަލާތަށް ދިނުމުގެ ފަހަތުގައިވާ ސަބަބު ދެނެގަންނަށް އުނދަގޫ ކަމަށްވ އޮފިޝަލުން ބުނެއެވެ.

އެމެރިކާ އަދި އިސްރާއީލާއި ދެކޮޅަށްވެސް ރަސްމީކޮށް ހަނގުރާމަ އިއުލާން ކޮށްފައިވާ ހިޒްބުﷲ ޖަމާއަތް ވެސް ބޯޑަރު ސަރަހައްދުގައި ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރި ވަމުން ދާތީ، އިސްރާއީލްގެ ބައެއް ހަމަލާތަކަކީ ހިޒްބުﷲ އަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށް ބެލެވުމުގެ ފުރުސަތު އެބަ އޮތް ކަމަށް މި ހަނގުރާމަ ދިރާސާކުރައްވާ މުރާސިލުން ވިދާޅުވެއެވެ.

ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާއި ދެކޮޅަށް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ދައުލަތުން ހަނގުރާމަ ފެށިފަހުން ހިޒްބުﷲ އާއި އިސްރާއީލުން ވަނީ އިސްރާއީލު އަދި ލުބުނާން ގުޅޭ ސަރަހައްދީ އިމުގައި ހަމަލާތަކެއް ބަދަލުކޮށްފައެވެ. އަދި މި ހަމަލާތަކުގައި ދެ ފަރާތުން ވެސް ވަނީ މީހުން މަރުވެފައެވެ. މި ހަމަލާތަށް ވަރުގަދަ ކުރުމަށްޓަކައި އިސްރާއީލުން ވަނީ ސަރަހައްދީ އިމުގެ ވަށައިގެންވާ އިސްރާއީލުގެ އަވަށްތަކުން މީހުން ހުސްކޮށް، ހިޒްބުﷲ އާއި ދެކޮޅަށް ބޮޑު ކުރިމަތިލުމަކަށް ދިއުމަށް ވަރަށް ބޮޑަށް ތައްޔާރުވެސް ވެފައެވެ. އަދި ހިޒްބުﷲ އިން ވެސް ވަނީ ހަނގުރާމަ އަށް ތައްޔާރުކަމަށް ބުނެ އިސްރާއީލަށާއި އެމެރިކާ އަށް އިންޒާރުދީފައެވެ. މި އިންޒާރު ދިނީ ހިޒްބުﷲ ގެ ވެެރިޔާ ނަސްރުﷲ ޓީވީ މެދުވެެރިކޮށް އިއްވި ތަޤުރީރެއްގައެވެ.

ހާލަތު މިހެން އޮތް ކަމުގައި ވިޔަސް ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވާން އެމެރިކާ އިން ބޭނުމެއް ނުވެއެވެ. ސަރަހައްދީ ހަނގުރާމަ އަކަށް ނުދިޔުމަށް އެމެރިކާއިން ކެނޑިނޭޅި އިސްރާއީލަށް ދަނީ އަންގަމުންނެވެ.

ލުބުނާންގައި މިހާރު އޮތް އަސްކަރިއްޔާ އަކީ އެމެރިކާ އިން ހަރަދު ކޮށްގެން އެމީހުން ތަމްރީނު ކުރުވާފައިވާ އަސްކަރިއްޔާ އެކެވެ. މެދުއިރުމަތީގައި އެމެރިކާގެ ބާރު ދަމަހައްޓަން އެމީހުންނަށް އިސްރާއީލު މުހިންމު ވާހެން ލުބުނާނުގައި އެމެރިކާގެ ބާރު ދަމަހައްޓަން މިހާރު އޮތް ސަރުކާރާއި އަސްކަރިއްޔާ ރަނގަޅު ފައްތަރެއްގައި ބޭއްވުން އެމެރިކާ އަށް މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދުނިޔެ

    ދުނިޔެއަމާންތަނަކަށްވުމަށްއެދޭނަމަ އެމެރިކާސައިޒްކުރަންޖެހޭ.

    16
  2. އަލީ

    ތީއަސްލުވާނީ އެމެރިކާއިން މާބޮޑަށް ތިކަމާ ރުހެނީކަމަށް.