ރަޝިޔާގެ އިދިކޮޅު ލީޑަރ އެލްކްސީ ނަވަލްނީ ވީތަނެއް ނޭގި ގެއްލިއްޖެ ކަމަށް އޭނާގެ ވަކީލުން ބުނެފިއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި އެންމެ ދެކޮޅު ލީޑަރު ނަވަލްނީ ގެއްލުނު ކަމަށް އޭނާގެ ވަކީލުން ބުނި އިރު ނަވަލްނީ ހުންނެވީ 19 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ރަޝިޔާގެ އެންމެ ފެންވަރު ރަނގަޅު އެއް ޖަލު ކަމަށްވާ އައިކޭ-6 ގައެވެ.

ނަވަލްނީ ފާހަގަވެގެން ގޮސްފައިވަނީ ރަޝިޔާގެ ރައީސް ޕޫޓިންގެ ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވާ ވަރުގަދަ އިދިކޮޅު ލީޑަރެއްގެ ގޮތުގައެވެ. ޕޫޓިންގެ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމައުން ރަޝިޔާ ބާކީ ވަމުންދާ ކަމަށާއި، އޭގެ ސަބަބުން ރަޝިޔާގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާތީ އާންމު ރައްޔިތުންނަށް އޭގެ އަސަރު އެމީހުންގެ އާންމު ދިރިއުޅުމުގައި ކުރާ ކަމަށް ނަވަލްނީ އަބަދުވެސް ދިޔައީ ވަކާލާތު ކުރައްވަމުންނެވެ.

އެކަމުގެ ސަބަބުން އޭނާ އަށް ހުޅަނގުގެ ގައުމުތަކުގެ އެހީތެރިކަމާއި މަދަދު ލިބިގެން ދިޔައެވެ. ސަބަބަކީ އޭނާގެ މަޤްބޫލުކަން ރަޝިޔާގައި އިތުރުވަމުން ދިޔުމާއި އެކު ރައީސް ޕޫޓިން ބަލިކުރެވޭނެ ބޭފުޅެއްގެ ގޮތުގައި ހުޅަނގަށް އޭނާ ސިފަކުރެވުމުންނެވެ

ނަވަލްނީ ގެއްލުމާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރަޝިޔާގެ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ރަޝިޔާގެ ކޯޓުތަކުން ހުކުމް ކޮށްފައިވާ ގައިދީންގެ މައުލޫމާތު ރަޝިޔާގެ ސަރުކާރަށް ނޭގޭނެކަމަށާއި، އެކަންކަން ކުރާ ދައުލަތުގެ މުއައްސަސާތައް ރަޝިޔާގައި ވާ ކަމަށާއި، އެ މުއައްސަސާތަކުން އެމީހުންގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރަމުންދާ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމަށެވެ. އަދި ނަވަލްނީ އަކީ ކުށްވެރިއެއް ކަމަށާއި، ރަޝިޔާގެ ސަރުކާރުން ވަކި ހާއްސަކަމެއް ވަކި ގައިދީ އަކަށް ނުދޭކަމަށްވެސް ޕެސްކޯވް ވިދާޅުވިއެވެ.

އެލްކްސީ ނަވަލްނީގެ ވަކީލުންގެ ޓީމުން ހާމަކުރާ ގޮތުގައި ޑިސެންބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން އެމީހުންނަށް އޭނާ ފެނިފައެއް ނުވެއެވެ. އަދި އެއީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އެ ޓީމުން ވަނީ ބުނެފައެވެ.

ރަޝިޔާގެ އިދިކޮޅު ލީޑަރުގެ ސަޕޯޓަރުން ވަނީ މިކަން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލްގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.

ނަވަލްނީ ޖަލަށްލާފައިވަނީ ހަރުކަށި ފިކުރު ފެތުރުމާއި ސަރުކާރާއި ދެކޮޅަށް ދޮގު ފަތުރައި ގައުމުގެ އަމަންއަމާން ކަން ނަގާލަން މަސައްކަތް ކުރުމުގެ ކުށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަވަށުމީހުން

    ތިވާނީ ޔުކްރޭންއަށް ދިޔައީކަމަށް

    9
    1
  2. އަދުލު

    ތި އެމެރިކާއާ ހުޅަނގުން މާ ޑިމޮކުރަސީއާ އިންސާނިއްޔަތުވެގެން ދައްކާ ވާހަކަތައް އަޑުއަހާކަށް ނެތިން. މުނާފިގުންތަކެއް. ތިގޮލާވެސް ތީ ހަމަ ފިތުނައިގެ އެޖެންޓެކޭ ބުނާނީ. މިހާރުގެ ފަލަސްތީން ގަތުލުއާމުން ތި ހުޅަގުގެ ނުބައިނުލަފާކަން ދައްކާލައިފި

    4
    1
  3. އަޅެ ދޮގެއްތަ؟

    ގައުމުތަކުގައި ފިތުނަ އުފައްދާ ބައިބައިކުރާމިހުންނަށް ހުޅަނގުގެ ސަޕޯޓް ހެސްކިޔާފައި އޮހޭނެ. އޭރުން އެމީހުންނަށް އެނގޭނެ އެ ގައުމެއް ކުރިއަރައިގެން ނުދާނެކަން. އަދި އެމީހުންބޭނުންވާ ގޮތްތަކަށް ސިޔާސަތުތައް ކަނޑައެޅިގެންދާނެކަންވެސް.
    ފެށުނީއްސުރެވެސް ހުޅަނގުގެ ސިޔާސަތަކީ ''ޑިވައިޑް އެންޑް ރޫލް''
    އިންސާނީ ޙައްޤުތައް ހޯދަން ހުޅަނގުގެ ގައުމުތަކުގައި އެދުމަށްވުރެ ވަކިންބޮޑު ޖޯކެއް އޮންނާނެބާ؟؟؟

    7
    1
  4. ގައްޒާ

    އެމްނެސްޓީ އިންޓަނޭޝަނަލް މީ ކޮންބައެއް... އުޅޭ ބައެއް ތަ؟